ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުސްއަބު ވަޒީފާއިން ވަކިކުރީ ގޯސްކޮށް، ބަދަލަށް އެއް މިލިއަން ދޭން އެންގި ބައި ބާތިލް!

އިސްލާމިކް މިނިސްޓްރީގެ ޕީއެސްގެ މަގާމު އަދާ ކުރި މުއްސަބު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކޭޓްރީ މުއްސަބު އަބްދުﷲ ވަޒީފާއިން ވަކި ކުރި މައްސަލައިގެ ބަދަލެއްގެ ގޮތުން 1.1 މިލިއަން ރުފިޔާ ދޭން އެދިފައިވާ ބައި ސުޕްރީމް ކޯޓުން ބާތިލުކޮށްފި އެވެ.

2017،  މެއި 29 ގައި މުއްސަބު ސަސްޕްންޑު ކުރީ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެންނެވެ. އޭގެ ފަހުން އޭނާ މަގާމުން ވަކި ކުރުމާއި ހަމައަށް އެކި ފަހަރު މަތީން 30 ދުވަހުން، އެ މުއްދަތު އިތުރު ކުރަމުން ދިޔަ އެވެ. އެކި ފަހަރު މަތިން ސަސްޕެންޝަން އިތުރު ކުރުމަށް ފަހު، އެންމެ ފަހުން މުއްސަބު ސަސްޕެންޑުކޮށްފައި ވަނީ 2019 ސެޕްޓެމްބަރު ގަ އެވެ.

މައްސަލައިގައި މުއްސަބު ބަދަލު ހޯދައިދެން އެދި ސިވިލް ސާވިސް ކޮމިޝަނާއި ދެކޮޅަށް މައްސަލަ ހުށަހެޅި އިރު، އޭނާއާއި މެދު އަމަލު ކުރެވުނީ އިންސާފުން ނޫންކަމަށް ބުނެ މަޖިލީހުގައި ވެސް ބަހުސް ކުރެވުނެވެ. އެއީ އޭނާގެ ފަރާތުން އޭރުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް، ފޮނުވި ސިޓީގެ މައްސަލައިގަ އެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ މުއްސަބު ވަޒީފާއިން ވަކި ކުރީ ގާނޫނާއި ހިލާފަށްކަމަށް ހައިކޯޓުގެ ނިންމުމަށް ތާއީދުކޮށްފަ އެވެ. އެކަމަކު ބަދަލެއްގެ ގޮތުން އޭނާއަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދޭން ޖެހޭކަމަށް ހިކުމުގައި އޮތްބައި އެ ކޯޓުން ބާތިލު ކުރި އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ، މުއްސަބު ވަކި ކުރި ސަބަބަކީ ދައުލަތުގެ ލިއުމެއް ސޯޝަލް މީޑިއާގައި އާންމު ކުރުންކަމަށް ވަޒީފާއިން ވަކިކުރި ލިއުމުގައި ބަޔާންކުރި ނަމަވެސް އެއީ ސިއްރު ލިޔުމެއްކަން ސާބިތުކޮށްނުދެވޭ ކަމަށެވެ. އަދި އެކަމަކީ ގާނޫނުގެ ދަށުން އެޅޭ އެންމެ ހަރުކަށި ފިޔަވަޅުކަމަށްވާ ވަޒީފާއިން ވަކިކުރަން ޖެހޭ އެކަށީގެންވާ ސަބަބެއް ނޫންކަމަށާއި މުއްސަބު ވަކިކުރީ ގާނޫނާއި ހިލާފަށްކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވެއެވެ.

ބަދަލެއްގެ ގޮތުގައި 1.1 މިލިއަން ނަގައިދޭން ދަށު ކޯޓުގެ ހުކުމުގައި އޮތުމުން އެކަމަށް ސުޕްރީމް ކޯޓުން ބުނީ މުއްސަބުގެ ފަރާތުން ބަދަލު ނަގައިދޭން އެދިފައިވަނީ ހައިކޯޓުގެ މަރުހަލާގައިކަމަށް ވާތީ އާއި ބަދަލު ނަގައިދިނުން އެއީ ފުރަތަމަ ނަރުހަލާގައި ގޮތް ނިންމަން ޖެހޭކަމެއް ކަމަށެވެ.

އެ ސަބަބަށް ރިއާޔަތްކޮށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި މުއްސަބަށް އެއް މިލިއަން ބަދަލެއްގެ ގޮތުގައި ދޭން ހުރި ހުކުމުގެ ބައި ސުޕްރީމް ކޯޓުން ބާތިލު ކުރި އެވެ. މިގޮތަށް ކޯޓުން ނިންމި ނަމަވެސް، ހުކުމުގައި ވަނީ މުއްސަބުގެ ފަރާތުން ބަދަލެއް ހޯދުމަށް އެދޭނަމަ އެކަމަށް ވަކިން މައްސަލައެއް ހުށަހެޅުމުގެ ހައްގު އޭނާއަށް އޮންނާނެ ކަމަށެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްފާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

މައްސަލައިގެ ބެންޗު ބެލެހެއްޓެވީ ފަނޑިޔާރު ޝުޖޫންއެވެ.

މި މައްސަލައިގައި ވަޒީފާ އިޔާދަކޮށްދޭން މުއްސަބު އެދިފައި ނުވެ އެވެ. އޭނާ އެދުނީ މަގާމުން ވަކި ކުރީ ގޯސްކޮށްކަމަށާއި، އެކަމުގެ ބަދަލު ނަގައިދިނުމަށެވެ. އެހެންވެ ޝަރީއަތުން ނިންމެވީ މުއްސަބު ވަކި ކުރީ ގަވައިދާއި ހިލާފަށްކަމުން އޭނާއަށް އޭގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށެވެ.

ހައިކޯޓުން ކުރި ހުކުމުގައި ވަނީ މުއްސަބުގެ ސަސެޕެންޝަން މުއްދަތުގައި އޭނާއަށް އިނާޔަތްތައް ހިމެނޭހެން މުސާރައިގެ ގޮތުގައި ލިބެން ޖެހޭ 86،333 ރުފިޔާ އާއި ވަޒީފާއިން ވަކި ކުރި ތާރީހުން ފެށިގެން އެއްބަސްވުމުގައި ވާ މުއްދަތު ހަމަވާއިރަށް ވާ މުސާރައިން 1.113 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: