ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާގައި ފަންނާނުނަށް ހައްލުތަކެއް ލިބިގެންދާނެ: ފައިސަލް

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން ދިވެހި ފަންނާނުނަށް ކުރިމަތިވެފައިވާ ދަތިތަކަށް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ހައްލުތަކެއް ލިބިގެންދާނެކަމަށް ޓުއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ، ރައީސް ޑރ މުހަައްމަދު މުއިއްޒުގެ ސަރުކާރުން ދިވެހި ފަންނާނުނަށް ގެއްލުންވާ ފަދަަ އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހި ފަންނާނުމަށް ފަހި ފުރުސަތުތަކެއް ހޯއްދަވައިދެއްވުމަކީ ރައީސް މުއިއްޒުގެ އަމާޒެއްކަަމަށެވެ. ފައިސަލް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މައްސަލަތައް ހައްލުކުރުމަށްޓަކައި ކަމާއި ގުޅުން ހުރި މީހުންނާއި ބައްދަލުކުރައްވާނެކަމަށެވެ. އަދި ކަންބޮޑުވުންތައް އަޑުއަހައި ރައީސްގެ ލަފާއާއިއެކު އެ ކަންކަމަށް ހައްލުތަކެއް ގެނެސްދެއްވާނެކަމަށް ވިދާޅުވިއެވެ.

ސަރުކާރުން ދިވެހި ފަންނާނުނަށް އިހުމާލުނުވާނެކަމުގެ ޔަގީންކަން ދެއްވާފައިވާއިރު، ރައީސް މުއިއްޒުވަނީ ދިވެހިރާއްޖޭގެ އިގްތިސާދީ ސިނާއަތުގެ ތެރެއިން ބައެއް ދާއިރާތައް ދިވެހިންނަށް ހާއްސަކުރައްވާނެކަމަށް ވަައުދުވެވަޑައިގެންފައިކަން ފާހަގަކުރެވެއެވެ. އެ ދާއިރާތަކުގެ ތެރޭގައި ރިސޯޓު މިއުޒިކު ކުޅުންވެސް ހިމެނޭކަން ފާހަަގަކުރެވޭއިރު، އެކަން ކުރުމުން ނޭދެވޭ އަސަރުތައް ކުރުމުގެ ފުރުސަތު އޮތްކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: