ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑެތި ބިޔަ މަޝްރޫޢުތައް ހިންގަން އިންވެސްޓުމެންޓު ބޭނުންވޭ: ފައިސަލް

މިނިސްޓަރު އިބްރާހިމް ފައިސަލް: ފޮޓޯ/ ޓުއަރިޒަމް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ބޮޑެތި ބިޔަ މަޝްރޫޢުތައް އެކަށީގެންވާ ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށް އިންވެސްޓުމެންޓް ބޭނުންވާކަމަށް ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

އދގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައިސަލް ވާހަކަ ދެއްކެވީ ދިވެހިރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށެވެ. މިނިސްޓަރ ވިދާޅުވީ، ރާއްޖެއިން ވަނީ އާމްދަނީ ހޯދުމާއި އިތުރުކުރުމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިކަމަށެވެ. އަދި ވިދާޅުވީ މައިގަނޑު ގޮތެއްގައި ދިވެހިރާއްޖެއަށް ފައިސާ ވަންނަނީ ފަތުރުވެރިކަމުގެ ދާއިރާގެ ކާމިޔާބީތަކުގެ ސަބަބުންކަމަށެވެ.

ފައިސަލް ވިދާޅުވީ ރާއްޖެއަކީ މެދު ފަންތީގެ އާމްދަނީއެއް ލިބޭ ގައުމަކަށްވުމާ އެކު ހަމަހަމަކަން ގާއިމުކުރެވިގެންދާ ފަދަ އިޖްތިމާއީ ކުރިއެރުމަށް ބޮޑެތި ބިޔަ، އިންފްރާސްޓްރަކްޗާ މަޝްރޫޢުތަކަށް އިންވެސްޓުމެންޓުތައް ބޭނުންވާކަމަށެވެ. އެކަން ދެމެހެއްޓިނިވި ގޮތެއްގެ މަތިން ހާސިލުކުރުމަށްޓަކައި އަތް ފޯރާ ފަށުގައި ފައިނޭންސިންގް ހަމަޖެހިގެންދިއުން މުހިންމުކަމަށާއި އެހެންނަމަވެސް ރާއްޖެއަކީ މެދު މިންގަނޑެއްގައި އާމްދަނީ ލިބެމުންދާ ގައުމެއްކަމަށްވުމުން ކޮންސެޝަނަލް ނުވަަތަ ކުޑަ އިންޓްރެސްޓު ރޭޓުތަކާއި އެހެނިހެން ފައިދާވަނިވި ހާލަތްތަކުގައި ފައިނޭންސް ހޯދުން ދަތިވާކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.

މިނިސްޓަރ ވިދާޅުވީ ބޮޑެތި އަގުތައް ދައްކަން ޖެހޭ ގޮތަކަށް ފައިސާ ހޯދުން ނޫން މަގެއް ނެތުމުން މަޖުބޫރީ ހާލަތަށް ވެއްޓިގެންދާކަމަށާއި އެކަމުގެ ސަބަބުން ދަރަނިތައް ދެއްކުން ދަތިވެ ރާއްޖޭގެ ތަރައްގީއަށް ކުރަމުންދާ މަަސައްކަތްތަކުގެ ދުވެއްޔަށްވެސް މަޑުޖެހުމެއް އަންނަކަމަށެވެ. ފައިސަލް ވިދާޅުވީ، ދަރަނި ދެއްކުމުގެ އަގު މަތިވުމުގެ ސަބަބުން ސަރުކާރުތަކަށް މުހިންމު އިންފްރާސްޓްރަކްޗާ މަސައްކަތްތަކަށް ފައިސާ ހިމެނުމުގައި ދަތިތައް ކުރިމަތިވާކަމަށެެވެ

ލޯނު ނަގަމުންދިއުމާއި ގުޅޭގޮތުންވެސް މިނިސްޓަރު ވަނީ މި ފުރުސަތުގައި ވާހަކަދައްކަވާފައެވެ. އެގޮތުން ލޯނުތަކަކީ ދިވެހިރާއްޖޭގެ ތަރައްގީގެ މަސައްކަތްތަކަށް މުހިންމު ކަމެއްކަމަށް ސިފަކުރެއްވިއިރު، އެއީ އަތް ފޯރާ ފަށުގައި ލިބެންޖޭހޭ އެއްޗެއްކަމާއި އެއީ ދެމެހެއްޓިނިވި ގޮތެއްގެ މަތިން ކުރެވެން ޖެހޭ މަސައްކަތްތަކެއްކަމަށްވެސް މިނިސްޓަރ ހިއްސާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: