ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަކާތުގެ ހައުސްގެ ވެބްސައިޓް ލޯންޗުކޮށްފި

ފޮޓޯ: ޒަކާތު ހައުސް ވެބްސައިޓް
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރައިން ޒަކާތުގެ ހައުސްގެ ވެބްސައިޓް ލޯންޗުކޮށްފިއެވެ.

މި ވެބްސައިޓް ލޯންޗުކޮށްފައިވަނީ އިސްލާމިކް މިނިސްޓްރިން ބޭއްވި ރަސްމިއްޔާތެއްގައި މަސްޖިދުއް ސުލްތާން މުހައްމަދު ތަކުރުފާނުލްއަޢުޘަމްގެ އިސް އިމާމު އައްޝައިހް މުހައްމަދު ލަތީފެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު، ރާއްޖޭގެ ޒަކާތު ހައުސް ރަސްމީކޮށް އިފްތިތާހުކޮށް ދެއްވީ މިމަހުގެ 2 ވަނަ ދުވަހުއެވެ.

ޒަކާތު ހައުސްއަކީ ވަރުގަދަ އަޒުމެއްގައި މުހިންމު މަސައްކަތްތަކެއް ކުރުމަށް އުފެދުނު އިދާރާއެކެވެ. ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ލޯގޯއާއި ކުލަ ދައްކާލާފައިވެއެވެ. ޒަކާތު ހައުސް އިން ކުރާނެ މައިގަނޑު ކަންތައްތަކަކީ ޒަކާތުގެ ކަންކަން އިތުރަށް ހަރުދަނާކޮށް އައު ހަރުފަތަކަށް ގެންދިޔުމާއި ޒަކާތުގެ އިލްމު ފެތުރުމާއި ޒަކާތުގެ ހުކުމްތަކާމެދު އާންމުން ހޭލުންތެރިކުރުވުމެވެ. އަދި ޒަކާތް އަދާކުރާ މިންވަރު އިތުރުކޮށް، ޒަކާތު ފަންޑު ގުނަކޮށް ރާއްޖެއިން ފަގީރުކަން ނައްތާލުމަށް މަސައްކަތް ކުރުމެވެ.

މޯލްޑިވްސް ޒަކާތު ހައުސްގެ ގާއިމުކުރީ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްގީ ކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައެވެ. މޯލްޑިވްސް ޒަކާތު ހައުސްއަށް ދިވެހިބަހުން ބޭނުންކުރަން ހަމަޖައްސަވާފައިވާ ރަސްމީ ނަމަކީ “ދިވެހިރާއްޖޭގެ ޒަކާތު ހައުސް” އެވެ. ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، މޯލްޑިވްސް ޒަކާތު ހައުސްއަށް ލިޔުއްވާ ސިޓީގައި ޖައްސަވާނީ 496 އެވެ.

މޯލްޑިވްސް ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޒަކާތް ހައްގުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ. މީގެ އިތުރުން ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިސާބު އިޢުލާނުކުރުމާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަގީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ރާއްޖޭގެ ޒަކާތު ހައުސް އަކީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން އުފެއްދެވި އިދާރާއެކެވެ. އެމަނިކުފާނު މި އިދާރާ އުފެއްދެވީ 18 ޑިސެމްބަރު 2023 ގައެވެ. މިއީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިންގުމަށް ނިންމަވާފައިވާ ތަނެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: