ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގުން 6 ޓީވީ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއަށް ހަދިޔާކޮށްފި

ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުތުބާ ކިޔާ މީހާ ފެންނަ ގޮތަށް އިސްލާމީ މަރުކަޒުގެ ހުރިހާ ފަންގިފިލާއެއްގައި ޓީވީ ހަރުކުރުމުގެ މަސައްކަތަށް އެހީތެރިވުމަށް ދިރާގުން 6 ޓީވީ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއަށް ހަދިޔާކޮށްފިއެވެ.

ދިރާގުން އެ ވުޒާރާއަށް ފޯރުކޮށްދެއްވި އެހީތެރިކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައިދު ވަނީ އެ ކުންފުންޏަށް ޝުކުރު އަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަން މުހައްމަދު މިރްޝާން ހަސަން އަދި އެކްޓިންގ ސީއީއޯ އެންޑް ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި މިނިސްޓްރީގެ ފަރާތުން ޓީވީތަކާ ހަވާލުވެވަޑައިގަތީ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޝަހީމެވެ.

ޝަހީމް ވިދާޅުވީ އިސްލާމީ މަރުކަޒުގެ ފަންގިފިލާތަކުގައި ޓީވީ ބެހެއްޓި ޚަޠީބު ފެންނަ ގޮތަށް އިންތިޒާމު ކުރެވެން ފަށާފައިވާ ކަަމަށެވެ. އަދި މި މަސައްކަތުގައި ދިރާގުގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ނަމޫނާއަކަށް ބަލައިގަން އެހެން ކުންފުނިތަކުންވެސް އިސްލާމީ ކަންކަމަށް އެހީ ފޯރުކޮށްދިނުމަށް ޝަހީމް ވަނީ އެދިވަޑައިގެންފައެވެ.

އިސްލާމީ މަރުކަޒުގައި ޓީވީ ހަރުކުރުމުގެ މައިގަނޑު ބޭނުމަކީ އަޑުއިވުމުން މަހުރޫމްވެފައިވާ ފަރާތްތަކާއި އެހެން ގައުމުތަކުގެ މީހުންނަށް ފަސޭހައިން ހުތުބާ އަޑު އަހައި ބެލޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ.

އިސްލާމިކް މިނިސްޓްރީން މިފަދަ ނިންމުމެއް ނިންމާފައިވާއިރު ކެބިނެޓް އެކުލަވާލުމާއެކު އިސްލާމިކް މިނިސްޓްރީގެ މަސައްކަތް ފަށައި މިސްކިތް ފަންޑު ތަރައްގީ ކުރުމުގެ މަސައްކަތާއި “ދި މެސެޖު” ގެ ނަމުގައި ތަރައްގީ ކުރާ ޒަމާނީ ދީނީ ޕްލެޓްފޯމެއް ހެދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: