ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގުން ބައިނަލްއަގުވާމީ މީޑިއާ ކުންފުނި ލަޔަންސްގޭޓާއިއެކު އެއްބަސްވުމަކަށް!

ދިރާގު އަދި ލަޔަންސްގޭޓު ޕްލޭގެ ލޯގޯ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި ހިސާބަށް ޕްރިމިއަމް ޑިޖިޓަލް ކޮންޓެންތު ގެނެސްދިނުމުގެ މަގުސަދުގައި ދިރާގުން ބައިނަލްއަގުވާމީ ކުންފުނި ލަޔަންސްގޭޓުގެ، ލަޔަންސްގޭޓު ޕްލޭއާއިއެކު ޕާޓުނާރޝިޕެއް ގާއިމުކޮށްފިއެވެ.

ބައިންލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުން، ދިރާގާއި ލަޔަންސްގޭޓު ޕްލޭ ދެމެދު ވެފައިވާ މި އެއްބަސްވުމުގެ ދަށުން ދިރާގުގެ ކަސްޓަމަރުންނަށް މިހާރު ލަޔަންސްގޭޓު ޕްލޭ މޯބައިލް އެޕަށް ދިރާގުގެ އީޒޯން މެދުވެރިކޮށް ސަބްސްކްރައިބް ކުރެވޭނެއެވެ. އަދި އެއީ ދިރާގުގެ “ވަން ސްޓޮޕް އެންޓަރޓެއިންމެންޓު އެންޑް ގޭމިންގް” ޕްލެޓުފޯރމުކަމަށްވެސް އަލިއަޅުވާފައިވެއެވެ.

ލަޔަންސްގޭޓު ޕްލޭ އަދި މަޝްހޫރު ބައިނަލްއަގުވާމީ މާސްމީޑިއާ އެންޑް އެންޓަރޓެއިންމެންޓް ކުންފުނި ލަޔަންސްގޭޓުގެ ސްޓްރީމްކުރުމަށް ހާއްސަ މޯބައިލް އެޕްލިކޭޝަންއެވެ. އަދި މި އެޕަކީ، ބޭނުންކޮށްގެން ބަލާލެވޭ ފިލްމުތަކަށާއި ސީރީޒްތަކުގެ އިތުރުން ޖުމުލަ ކޮންޓެންޓަށްވެސް މަގުބޫލުކަން ހާސިލުކޮށްފައިވާ އެޕެއްކަމަށް ރިޕޯޓުތަކުގައިވާއިރު، އެ ކުންފުނިން ޕްރޮޑިއުސްކޮށްފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ހަންގާރ ގޭމްސް ޖޯންވިކް ފަދަ މަޝްހޫރު ފިލްމުތައް ހިމެނޭކަންވެސް ފާހަގަކޮށްފައިވެއެވެ.

ދިރާގު ދިރެކްޓަރ ބްރޭންޑް އެންޑް މާރކެޓިންގް ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން ލަޔަންސްގޭޓު ޕްލޭގެ ހިދުމަތްތައް ކަސްޓަމަރުންނާއި ހިސާބަށް ވާސިލުކޮށްދެވޭކަމާއިމެދު އެ ކުންފުނިން އުފާ ފާޅުކުރެއެވެ. އަދި މި ގުޅުމަކީ ދިރާގަށް ލިބިގެންދިޔަ ބޮޑު ކުރިއެރުުމެއްކަމަށާއި މިއާއިއެކު ރާއްޖެއިން ލަޔަންސްގޭޓު ޕްލޭގެ ހިދުމަތްތައް ލިބިގެންދާ އެންމެ ފުރަތަމަ މީހުންނަށް އެ ކުންފުނީގެ ކަސްޓަމަރުން ވެގެންދާނެކަމަށްވެސް ހިއްސާކޮށްފައިވެއެވެ.

އޭނާ ބުނެފައިވާޣޮތުން މިހާރު، އްެ ކުންފުނީގެ ކަސްޓަމަރުންނަށް ގިނަ އަދަދެއްގެ އެންޓަރޓެއިންމެންޓް އޮޕްޝަންތައް ފަސޭހަކަމާއިއެކު ލިބިގެންދާނެއެވެ. އަދި ލަޔަންސްގޭޓު ޕްލޭއަށް އެ ކުންފުނީގެ އީޒޯން މެދުވެރިކޮށްވެސް ފަސޭހަކަމާއިއެކު ވަދެވޭކަމަށްވެސް ބުނެފައިވެއެވެ.

ލަޔަންސްގޭޓު ޕްލޭ އޭޝިއާގެ ރައީސް ރޯހިތް ޖައިންވެސް ވަނީ މި މުނާސަބާ އާއި ގުޅުވައި މީޑިއާތަކާއި މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން ދިރާގާއިއެކު ގާއިމުކުރެވިފައިވާ ގުޅުމުގެ ސަބަބުން އޭޝިއާގައި އެ ކުންފުނީގެ ފައިތިލަ ސާބިތުކުރުމުގައި ބޮޑެތި ކުރިއެރުންތައް ލިބިގެންދިޔަކަމަށާއި ރާއްޖޭގެ މާކެޓުގައިވެސް ގާތް ގުޅުންތަކެއް ބަދަހިކުރެވިފައިވާކަމަށް ފާހަގަކުރިއެވެ.

އޭނާ ހިއްސާކުރިގޮތުން، އަލަށް ގާއިމުކުރެވިފައިވާ ޕާޓުނާރޝިޕުގެ ދަށުން ރާއްޖޭގެ ރައްޔިތުންނަށް މެދުކެނޑުމެއް ނެތި ފަސޭހަކަމާއިއެކު ލަޔަންސްގޭޓު ޕްލޭގެ ޕްރިމިއަމް ކޮންޓެންޓު ލިބިގެންދާނެއެވެ. އަދި އެކަމުގެ ސަބަބުން އެ ކުންފުނީގެ ކަސްޓަމަރުންނަށް ދޭ ހިދުމަތް އިތުރަށް ފުރިހަމަކުރުމަށް މަގުފަހިވެގެންދާނެކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: