ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގުން ގދ އަތޮޅު ތައުލީމީ މަރުކަޒުގެ ލަރނިންގ ސަޕޯޓް ކުލާހަށް އެހީތެރިކަން ފޯރުކޮށްދީފި

ދިރާގުން އެހީދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ދިރާގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު) ޕްރޮގްރާމްގެ ދަށުން ގދ. ތިނަދޫގައި ދިރާގުން ތައުލީމީ މަރުކަޒުގެ ލާރިނިން ސަޕޯޓް ކުލާހަަށް އެހީތެރިކަން ފޯރުވައިފިއެވެ.

ދިރާގުން ހިއްސާކޮށްފައިވާގޮތުން ގދ އަތޮޅުގެ ތައުލީމީ މަރުކަޒުގައި ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތެއްގައި އެ ކުންފުނިންވަނީ  ލަރނިންގ ސަޕޯޓް ކުލާހަށް ބޭނުންވާ ވަސީލަތްތައް ހަދިޔާކޮށްފައެވެ. އެގޮތުން ކޮމްޕިއުޓަރ ސިސްޓަމް، މަލްޓިފަންކްޝަނަލް ޕްރިންޓަރ، ހެޑްސެޓް ފަދަ ތަކެތީގެ އިތުރުން ކްލާސްރޫމަށް ބޭނުންވާނެ ބީން ބޭގާއި ފްލޯމެޓް ފަދަ ތަކެތިވެސް އެ ކުންފުނިންވަނީ ހަދިޔާކޮށްފައެވެ.

ދިރާގުން ބުނެފައިވާގޮތުން ސީއެސްއާރްގެ ދަށުން ދީފައިވާ އެހީގެ ސަބަބުން ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މި ސްޕެޝަލް އެޑިއުކޭޝަން ޔުނިޓްގެ ކްލާސްރޫމް ސެޓަޕް އިތުރަށް ފުރިހަމަވެގެންދާނެކަމަށް އެ ކުންފުނިން އުންމީދުކުރެއެވެ. މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތީ ދިރާގުގެ މުއައްޒަފުންނާއި ތައުލީމީ މަރުކަޒުގެ މެނޭޖުމެންޓުގެ އިތުރުން ދަރިވަރުންގެ ބެލެނިވެރިންނެެވެ.

ދިރާގުގެ ޑިރެކްޓަރ، ކަސްޓަމަރ ސަރވިސް އެންޑް ރީޖަނަލް އޮޕަރޭޝަންސް މަސްއޫދު އަލީވަނީ އެއްވެސް ދަރިވަރަކު ބާކިނުވާ ގޮތަކަށް މުޅި މުޖުތަމައުވެސް ހިމެނޭހެން ތައުލީމީ ސިޔާސަތުތައް ބައްޓަަަންކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާފައިކަމަށްވާއިރު، ދަރިވަރުންނަށް ކުރިއެރުންތައް ހޯދުމަށް ފަހި މާހައުލެއް ގާއިމުކުރުމާއިމެދުވެސް ވާހަކަދެއްކެވިކަމަށް އެ ކުންފުނިން ހިއްސާކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: