ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު އެޕް ބޭނުންކުރައްވާ ފަރާތްތަކަށް ރޯދަމަހަށް ހާއްސަ އޮފާތަކެއް!

ރާގުން މި އަހަރުގެ ރޯދަމަހަށް "ހެޔޮ ހިތުން" ތީމެއްގެ ގޮތުގައި ކަނޑައަޅާ ރޯދަ އޮފާތައް ތައާރަފް ކުރުން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގުން މި އަހަރުގެ ރަމަޟާން މަހަށް ހާއްސަ ކޮށްގެން އެ ކުންފުނީގެ އެޕްލިކޭޝަން ބޭނުންކުރައްވާ ފަރާތްތަކަށް އޮފާރްޒްތަކެއް ތައާރަފްކޮށްފިއެެވެ.

ދިރާގުގެ ފަރާތުން މައުލޫމާތު ދީފައިވާގޮތުން ކުރީ އަހަރުތަކާއި ހިލާފަށް މި އަހަރު އެ ކުންފުނިންދަނީ އެޕްލިކޭޝަންއަށް ކަސްޓަމަރުން އަހުލުވެރިކުރުމުގެ މަސައްކަތްތަކަށް އަހައްމިއްޔަތު ދެމުންކަމަށެވެ. ދިރާގުގެ އެސިސްޓަންޓް މެނޭޖަރ އިވެންޓްސް އެންޑް އެޑްވަރޓައިޒިންގް ޝާރިއު އާދަމް ވިދާޅުވީ، ރޯދަމަހަށް ހާއްސަ “ހެޔޮ ހިތުން” އޮފާރޒްގެ ބޮޑު ބައެއް ހާއްސަކޮށްފައިވަނީ އެ ކުންފުނީގެ އެޕް ބޭނުންކުރާ ކަސްޓަމަރުންނަށްކަމަށެވެ.

އޭނާ ވިދާޅުވީ، އޭނާ ވިދާޅުވީ، ހަތަރު ގޮތެއް މެދުވެރިކޮށް އެޕް ބޭނުންކުރައްވާ ކަސްޓަމަރުންނަށް އިތުރު ފައިދާތަކެއް ލިބިގަތުމުގެ ފުރުސަތު ފަހިކަމަށެވެ. އަދި އެ އޮފާރްޒްތައް ފަރުމާކޮށްފައިވަނީ މިހާރުވެސް އެޕް ބޭނުންކުރައްވާ ކަސްޓަމަރުންނާއި ކުރިއަށް އޮތްތާނގައިވެސް ބޭނުންކުރައްވާނެ ކަސްޓަމަރުންނަށްވެސް ވީހާވެސް ގިނަ ފައިދާތައް ލިބިގެންދާނެ ގޮތަށްކަމަށެވެ.

އޭނާ ވިދާޅުވީ، ދިރާގުން ތައާރަފްކޮށްފައިވާ އީޒޯނަކީ ސީދާ އެންޓަރޓެއިންމެންޓަށް ފޯކަސްކޮށްގެން ފާހަގަކޮށްފައިވާ ޒޯނެއްކަމަށެވެ. އޭނާ ވިދާޅުވީ، އެ ޒޯނުން މޯބައިލް އަދި އެހެނިހެން ކޮންސޯލުތަކުން ކުޅޭ ގޭމުތަކަށް ބޭނުންވާ ގިފްޓްކާޑް ފަދަ ތަކެތި ވަރަށް ފަސޭހައިން ގަނެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާނެކަމަށާއި ސީދާ ދިރާގު ބިލު ނުވަތަ ޕްރީޕެއިޑް ބެލެންސް ބޭނުންކޮށްގެންވެސް ގަނެވޭނެކަމަށް ވިދާޅުވިއެވެ.

ޝާރިއު ވިދާޅުވީ، ގިނަ ތަފާތު ކޮންޓެންޓުވެސް އެ ޒޯނުގައި ހުންނާނެކަމަށެވެ. އަދި މިއީ ރޯދަ މަސްކަމަށް ވުމުން ގިނަ މީހުންނަށް އެކަމުގެ ފައިދާތައް ލިބިގެންދާނެގޮތަށް ދިރާގުން ތަފާތު ސަޕްރައިޒްތަކެއް ހިމަނާފައިވާނެކަމަށާއި ޓްރަޔަލްކޮށް ގޭމުތަކާއި ކޮންޓެންޓްވެސް ތަޖުރިބާކުރެއްވުމުގެ ފުރުސަތު ފަހިވެފައިވާކަން ހާމަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ދިރާގު އެޕް ބޭނުންކުރައްވާ ފަރާތްތައް އެޕު ހުޅުވާލުމުން ސްނެޕްޗެޓު ފަދަ އެޕްލިކޭޝަންތަކުގައި ވާ ފަދަ ގޮތަކަށް އެޕް މެދުވެރިކޮށް ހާޓުތަކެއް އެއްކުރެވެމުންދާނެކަމަށާއި އެއާއި އެއް ހަމަ އަދަދަކަށް ޕޮއިންޓު ލިބިގެންދާނެކަމަށެވެ. އަދި އެ ޕޮއިންޓުތައް ބޭނުންކޮށްގެން އެޕް މެދުވެރިކޮށް އަގު ހުރި އިނާމުތަކެއް ރިޑީމް ކުރެވޭނެކަމަށް ހިއްސާކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މި އަހަރުގެ ކެމްޕެއިން ތީމުކަމަށްވާ “ހެޔޮ ހިތުން” ޝިއާރުގެ ދަށުން ލިބިވަޑައިގަންނަވާ އިނާމެއް ރައްޓެއްސެއް ނުވަތަ އާއިލީ ބޭފުޅަކަށް ހަދިޔާކުރެއްވޭނެ މަގުވެސް ފަހިވެފައިވާކަމަށެވެ. އަދި މި އަހަރުވެސް ރޯދަ ބޯނަސްގެ ގޮތުގައި ބޫސްޓާ ނެންގެވުން ފަދަ ކަމެއް ކުރެއްވުމުން އިތުރު ޑާޓާ ލިބޭނެކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މި އަހަރުވެސް ކުރީ އަހަރުތަކެކޭ އެއްގޮތަށް ދިރާގުގެ ތަށިބަރި މޫވްމެންޓާއި ގުޑިފެސްޓުވެސް ކުރިއަށް ގެންދާނެކަން ހާމަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: