ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްޖާޖީންނަށް އެހީވުމާއި އެކު ދިވެހި ދަރިވަރުންނަށް ހައްޖުވުމުގެ ފުރުސަތު ސައުދީން ދެއްވައިފި

ހައްޖުގެ އަޅުކަމަށް، މީގެ ކުރިން ރާއްޖޭގެ ހައްޖުވެރިން ކުރި ދަތުރެއްގެ ތެރެއިން: --- ފޮޓޯ: ހައްޖު ކޯޕަރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ހައްޖުވެރިންނަށް އެހީވުމަށާއި ސައުދީގައި ކިޔަވަން ތިބޭ ދިވެހިރާއްޖޭގެ ދަރިވަރުންނަށް ހައްޖުގެ އަޅުކަން ކުރުމުގެ ފުރުސަތު ސައުދީގެ ހައްޖު މިނިސްޓްރީއިން ދީފާވާކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ، ސައުދީގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނަށް ކޮންމެ އަހަރެއްގެ ހައްޖު މޫސުމުގައި ހާޖީންނަށް އެހީތެރިވުމުން ހައްޖުވުމުގެ ފުރުސަތު ދިނުމަށް އެދި ދިވެހި ސަރުކާރުން ހުށަހެޅި ހުށަހެޅުން އެ ގައުމުގެ ހައްޖު މިނިސްޓްރީން ބަލައިގެންފައިވާ ކަމަށެވެ.

ސައޫދީގެ ހައްޖު މިނިސްޓްރީން ކަނޑައަޅާފައި އޮންނަ ގޮތުން ނަމަ، އެ ގައުމުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ހައްޖުވުމުގެ ފުރުސަތު ލިބެނީ ކޮންމެ ފަސް އަހަރަކުން އެއް ފަހަރުކަމަށާއި، އެއީ ސައޫދީގެ ރައްޔިތުންނާއި އެ ތަނުގައި ދިރިއުޅޭ މީހުންނަށް ވެސް ހިނގާ އުސޫލްކަން މިނިސްޓަރ ފާހަގަކުރައްވާފައިވެއެވެ.

އެހެންކަމުން ސައުދީގެ މިނިންމުމާއި އެކު އެ ގައުމުގެ ޔުނިވާސިޓީތަކާ ގުޅިގެން ދިވެހި ދަރިވަރުންގެ ދަފުތަރެއް އެކުލަވާލާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ދަރިވަރުންނަށް މި ފުރުސަތު ދޭނީ ސަރުކާރުން ކޮންމެ އަހަރަކު ވެސް ކަނޑައަޅާ ވަކި އަދަދަކަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދަރިވަރުން ބޭނުންކޮށްގެން ހައްޖާޖީންނަށް އެހީވުމަށް ނިންމާފައިމިވަނީ ހައްޖުގައި ހޭދަވާ ދުވަސްތަކުގައި އެ ގައުމުގެ އެތެރޭގެ ޓްރާންސްޕޯޓް ބަސްތަކުގައި އަރަބި ބަސް ދަންނަ މީހުން ތިބުމަކީ މުހިއްމު ކަމެއް.ކަމަށް ދެކި، އަރަބި ބަސް ދަންނަ މީހުން މަދުވުމުން މިކަމަށް ހައްލެއް ގެނައުމަށާއި އަދި ސައުދީގެ ހައްޖު މިނިސްޓްރީއިން މި ދިން ފުރުސަތުގެ ސަބަބުން މި ލިބުނު ހުއްދައާ އެކު އެކަމަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: