ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ފުރަތަމަ މިސްކިތް އަޅަން ބިން ހަވާލުކޮށްފި

ފޮޓޯ: އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ 3 ގެ ފުރަތަމަ މިސްކިތް އިމާރާތް ކުރުމަށް އެޗްޑީސީން އިސްލާމިކް މިނިސްޓްރީއަށް މިއަދު ބިން ހަވާލުކޮށްފިއެވެ.

އެޗްޑީސީން ބުނެފައިވަނީ ހުޅުމާލޭގައި މިސްކިތް އިމާރާތް ކުރުމަށް އިތުރު ދެ ބިން އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ. އެއީ ހުޅުމާލެ 2 އަދި 3 ގައި އިމާރާތްކުރާ މިސްކިތެއް ކަމަށް އެ އެޗްޑީސީން ވަނީ ބުނެފައެވެ.

މިސްކިތް އިމާރަތްކުރުމަށް ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އެޗްޑީސީން ބުނެފައިވަނީ އެ މިސްކިތްތަކަކީ ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ބިނާކުރާ މިސްކިތަކާއި، ހުޅުމާލޭ 3 ވަނަ ފިޔަވަހީގައި ބިނާ ކުރާ މިސްކިތް ކަމަށެވެ.

އެޗްޑީސީން ބުނެފައިވަނީ މިސްކިތް ބިނާކުރުމަށް ހުޅުމާލޭ 2 ވަނަ ފިޔަވަހިން ދޫކޮށްފައިވަނީ 27،920 އަކަފޫޓުގެ ބިމެއްކަމަށެވެ. އަދި ހުޅުމާލޭ 3 ވަނަ ފިޔަވަހިން ދޫކޮށްފައި ވަނީ 21،952 އަކަފޫޓޫގެ ބިމެއްކަމަށެވެ.

އެޗްޑީސީން ބުނެފައިވަނީ ހުޅުމާލޭގައި ދިރިއުޅޭ އާބާދީއަށް ބޭނުންވާ ހިދުމަތްތަކާއި ވަސީލަތްތައް ފުރިހަމަކޮށްދިނުމަށް އެޗްޑީސީން މަސައްކަތް ކުރަމުންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: