ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދާއިރާތަކުގެ ކަންކަމުގައި ހިދުމަތް އަވަސްކުރުމަށް، އިސްލާމިކް މިނިސްޓްރީން ހާއްސަ މަންދޫބެއް

 ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު --- ފޮޓޯ: ރަސް އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދާއިރާތަކުގެ ކަންކަމުގައި ހިދުމަތް އަވަސްކުރުމަށް، ރައްޔިތުންގެ މަޖިލީހަށް އަލަށް ހޮވުނު މެމްބަރުންނަށް އިސްލާމިކް މިނިސްޓްރީން ހާއްސަ މަންދޫބެއް ހަމަޖައްސައިފިއެވެ.

މިކަން ހާމަކޮށް ފޭސްބުކްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް ވިދާޅުވީ މަޖިލިސް މެމްބަރުންގެ ހިދުމަތުގައި މަންދޫބެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު ޔާސީން ނައީމްކަމަށެވެ.

ޔާސީން މެދުވެރިކޮށް މެދުވެރިކޮށް އިސްލާމިކް މިނިސްޓްރީ އިން ބޭނުންވާ ހުރިހާ ހިދުމަތެއް ދާއިރާތަކަށް ވީ އެންމެ އަވަހަކަށް ފޯރުކޮށްދޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދުކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ. ޕާޓީތައް ތަފާތު ކުރުމެއް ނެތި އެންމެހާ މެމްބަރުންނަށް ހިދުމަތް ދޭނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މަޖިލިސް މެމްބަރުންނަކީ ރައްޔިތުންގެ މަންދޫބުން ކަމުން އެ ބޭފުޅުންނަށް މިނިސްޓްރީން އަހައްމިއްޔަތުކަން ދޭނެ.

މިނިސްޓަރު ވިދާޅުވިއެވެ.

މިދިޔަ އާދިއްތަ 66 ގޮނޑި ކާމިޔާބުކޮށްގެން ވެރިކަން ކުރާ ޕީއެންސީން ވަނީ 20 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފައެވެ. އަދި އޭގެ އިތުރުންވެސް އިންތިހާބުގައި ވާދަކުރެއްވި ހަ އަމިއްލަ ކެންޑިޑޭޓުން ވަނީ ޕީއެންސީއަށް ސޮއިކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: