ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ހާއްސަކޮށް ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމެއް!

ފޮޓޯ: އިސްލާމިކް މިނިސްޓްރީގެ އެކްސް އެކައުންޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ހާއްސަކޮށް ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ކުރި އިއުލާނާއި އެއްގޮތަށް، ދަރުސް ދިނުމުގެ ޕްރޮގްރާމެއް މިއަދު ކުރިޔަށް ގެންގޮސްފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތުންނަށް ހާއްސަކޮށެވެ.

ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ މުސްލިމުންނަށް ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށްޓަކައި ބެންގާލީ ބަހުން ދަރުސް ދޭނެ ދީނީ އިލްމުވެރިންގެ ޕޫލެއް އެކުލަވާލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފެށީ މިދިޔަ މާޗު މަހުގެ ތެރޭގަ އެވެ. އެކަމާ ގުޅޭގޮތުން މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ މުސްލިމުންނަށް ދަރުސްތައް ދިނުމުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ބެންގާލީ ބަހުން އެ މަސައްކަތް ކުރެވޭނެ އިލްމުވެރިންގެ ޕޫލެއް އެއް އަހަރު ދުވަހުގެ މުއްދަތަށް އެކުލަވައިލަން ބޭނުންވާ ކަމަށެވެ.

ބެންގާލީ ބަހުން ހިންގާ ދީނީ ހޭލުންތެރިކަމުގެ ސެޝަނަކަށް 500 ރުފިޔާ އަދި ދިވެހި ބަހުން ބެންގާލީ ބަހަށް ތަރުޖަމާކުރާ ކޮންމެ ދީނީ ދަރުސަކަށް 1،000 ރުފިޔާ ލިބޭނެކަމަށް އެ އިއުލާނުގައި ވެއެވެ.

މީގެއިތުރުން އެއިއުލާނުގައި ވަނީ މިކަމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި، ސުންނީ މުސްލިމަކަށް ވުމާއި އިސްލާމިކް މިނިސްޓްރީން ގަބޫލުކުރާ ޔުނިވާސިޓީއަކުން ދީނީ އިލްމުން މަދުވެގެން ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައިވުމުގެ އިތުރުން ދީނީ އެއްބައިވަންތަކަމުގެ ގާނޫނާ ހިލާފު ވެގެން ޝަރުއީ ކޯޓަކުން އެއްވެސް ހުކުމެއް ސާބިތުވެފައި އޮތް މީހަކަށް ވެގެން ނުވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: