ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސްކިތްތަކާބެހޭ ޤައުމީ މަޖްލިސް އެކުލަވާލަނީ

ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު. ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މިސްކިތްތަކާބެހޭ ޤައުމީ މަޖްލިސް އެކުލަވާލަން ނިންމަވާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައިދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި މިސްކިތްތަކަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވަން ވައުދުވެފައި ވުމާއެކު، މިސްކިތްތަކާބެހޭ ޤައުމީ މަޖްލީހެއް އަލުން އެކުލަވާލަން މިނިސްޓްރީންވަނީ ނިންމާފަ ކަމަށެވެ.

އެއީ މިސްތަކާއި އިމާމުންގެ ކަންކަމުގައި އިސްތިޝާރީ ލަފާދޭ މަޖްލީހެއް ކަމަށްވެސް މިނިސްޓަރު ވަނީ ފާހަގަ ކޮށްފައި ވެއެވެ. އެގޮތުން ރާއްޖޭގައި މިވަގުތު 1،000 އަށް ވުރެ ގިނަ މިސްކިތް އެބަހުރި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން އިސްލާމްދީނާއި ޤައުމިއްޔަތާއ،ި ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތަށް ދަރިވަރުން އަހަންމިއްޔަތުކަންދޭ މިންވަރު އިތުރުކުރުމަށް ޓަކައ،ި ސްކޫލްތަކުގައި ޤައުމީ ފެންވަރުގެ ޚާއްޞަ ޕްރޮގްރާމުތަކެއް ވެސް ހިންގޭނެ ކަމަށެވެ.  މިއީ ވެރިކަމުގެ ފުރަތަމަ 100 ދުވަސްތެރޭ ހިންގަން ނިންމާފއިވާ ކަންކަމުގެ ތެރޭން ކުރަން ތާވަލް ކޮށްފައިވާ ކަންތައްތައް ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: