ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޯއައިސީގެ ޖަލްސާއަށް ޑރ. ޝަހީމް ސަޢުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފި

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލުން މެދުކެނޑުމެއްނެތި ފަލަސްޠީނަށް ދެމުންދާ ހަމަލާތަކާއި ގުޅޭ ގޮތުން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބާއްވާ ޚާއްޞަ ބައްދަލުވުމެއްގައި ރާއްޖޭގެ ފަރާތުން ބައިވެރިވުމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ސަޢުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.

މި ބައްދަލުވުން ކުރިއަށްދާނީ މިމަހު 4 އިން 5 އަށް، ސައޫދީ އަރަބިއްޔާގެ ޖިއްދާގައެވެ. މި ބައްލުވުމުގެ މަޤްސަދަކީ ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ޣައްޒާއާއި ރަފަޙުގައި އިސްރާއިލުން ކުރިއަށްގެންދާ އަސްކަރީ އަނިޔާވެރި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރުމެވެ. އަދި ސަޢުދީ އަރަބިއްޔާގައި ބޭއްވުނު ޖޮއިންޓް އެރެބް އިސްލާމިކް ސަމިޓުގައި ފާސްކުރެވުނު ޤަރާރުތަކާއި ނިންމުންތަކާއި ގުޅޭ ގޮތުން މަޝްވަރާކުރުމެވެ. އޯއައިސީގެ ބައްދަލުވުމަކީ ސަޢޫދީ ޢަރަބިއްޔާގެ ދަޢުވަތަކަށް ބާއްވާ ބައްދަލުވުމެކެވެ.

ފަލަޞްޠީނުގެ މައްސަލައިގައި ރާއްޖެއިން ވަނީ ބައިނަލްއަޤުވާމީ ފެންވަރުގައި ގިނަ މަސައްކަތްކުރަން ފަށާފައެވެ. ފަލަސްޠީނުގެ މައްސަލައަކީ ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ މައްސަލައެއްކަން އިސްލާމިކް މިނިސްޓްރީއިން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: