ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރުގެ މިހާތަނަށް ބޭސްފަރުވާއަށް ދިއުމަށް 1922 ޓިކެޓް އިޝޫކުރި!

އެންސްޕާގެ ސީއީއޯ ހީނާ ވަލީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

މި ޖެނުއަރީ މަހުގެ 1 އަކުން 25 އަށް ބޭސްފަރުވާއަށް ދިއުމަށް 1922 ޓިކެޓް އިޝޫކޮށްފައިވާކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

އެންސްޕާގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ހީނާ ވިދާޅުވީ ބޭސްފަރުވާ ކުރުމަށް އެދި ހުށައަޅާ ފަރާތްތަކަށް އެއޮންނަ އުސޫލުގެ ތެރެއިން އެކަން ހަމަޖައްސައި ދެނީ އެންސްޕާއާއި އާސަންދައިންކަމަށެވެ. އެކޭސްތަކަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވާ އުސޫލެއް ނޯންކަމަށް ހީނާ ވިދާޅުވިއެވެ.

މި މަހުގެ މިހާ ހިސާބަށް އިޝޫކޮށްފައިވާ ޓިކެޓުގެ 97.2 އިން ސައްތަ އަކީ ބޭސް ފަރުވާއަށް އިންޑިއާއަށް ދިއުމަށް އިޝޫ ކޮށްފައިވާ ޓިކެެޓްކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ މިފަދައިން ވިދާޅުވީއިރު، މި ސަރުކާރުން މިހެން ބޭސް ފަރުވާއަށް އެދޭ ފަރާތްތަކަށް އެ އެހީ ނުދޭކަމުގެ ކަންބޮޑުވުންތަކެއް ފާޅު ކުރެވިގެން ދިޔައެވެ. އެގޮތުން ގއ. ވިލިނގިލި ހޮސްޕިޓަލުގައި ކުޑަކުއްޖެއް ހާލު ދެރަވެ އިމަޖެންސީގައި މާލެ ނުގެނެވުނު މައްސަލަގައިވެސް ގިނަ ބަޔަކު ކުށްވެރި ކުރީ ސަރުކާރެވެ.

އިންޑިއާގެ ޑޯނިއާގެ މަތިންދާބޯޓު ބޭނުން ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންގެވިކަމަށް ބުނެ އެ ރަށުގެ ހޮސްޕިޓަލް ސަރަހައްދަށް ރައްޔިތުން އެއްވެ އިހުތިޖާޖު ވެސް ކުރިއެވެ. އެއަށް ފަހު އެ ކުއްޖާ މާލެ ގެނެސް އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ހޮނިހިރު ދުވަހުގެ 11:30 ވަނީ ނިޔާވެފައެވެ.

މި މައްސަލައިގައި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވީ، މީގެ ތިން އަހަރުކުރިން ފެށިގެން، ގިނަ ބަލިމީހުން އުފުލުމުގެ މަސައްކަތްކޮށްފައި ވަނީ ގައުމީ އެއާލައިން މޯލްޑިވިއަން މެދުވެރިކޮށް ކަމަށެވެ. ބަލިމީހުން އުފުލުމަށްޓަކައި ރައީސްގެ ހުއްދަ ހޯދަން ނުޖެހޭކަމަށެގެ.

މިއާއިއެކު މޯލްޑިވިއަންގެ އުސޫލަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެމަޖެންސީ ކޭސްއެއް އަތުވެޖެނަމަ، ފްލައިޓް ޝެޑިއުލުން އެންމެ އިސްކަމެއް ދީގެން އެމަޖެންސީކޮށް އުފުލަންޖެހޭ ފަރާތް އުފުލާގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ. އުސޫލަށް ގެނައި ބަދަލާއިއެކު، ހޮސްޕިޓަލަކުން އެމަޖެންސީ ކޭސްއެއްގެ މައުލޫމާތު ލިބުމާއެކު މޯލްޑިވިއަންގެ އެންމެ އިސްކަމަކަށް ވާނީ، އެމަޖެންސީގައި އުފުލަންޖެހޭ ފަރާތް އުފުލުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: