ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫތް މިނިސްޓަރ އަސްވާޑު ކ. އަތޮޅަށް؛ ރައްޔިތުންގެ ކަންބޮޑުވުން ކެބިނެޓަށް ހުށަހަޅުއްވާނެ!

ޔޫތް މިނިސްޓަރ އަދި އެންސްޕާގެ ސީއީއޯ ކ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މާފުއްޓަށް ވަޑައިގަތުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ކ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެއްކުރެވޭ މައުލޫމާތުތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތައް ކެބިނެޓަށް ހުށަހަޅުއްވާނެކަމަށް ޔޫތް މިނިސްޓަރ އިބްރާހީމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެ އެވެ.

ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިން އަދި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހިމެނޭ ގޮތަށް ސަރުކާރުގެ ޓީމްތައް ރާއްޖޭގެ ހުރިހާ އަތޮޅުތަކަކަށް ހަފްތާ ބަންދުގައި ގެންދަވަނީ ދަތުރު ކުރައްވަމުންނެވެ.

މި ދަތުރުތަކަކީ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ގާތުން ބައްލަވަައި ރައްޔިތުންގެ ކަންކަން ފަހިކޮށް ދެއްވުމަށް ކުރައްވާ ދަތުރުތަކެކެވެ.

އެގޮތުން ޔޫތް މިނިސްޓަރ އިބްރާހީމް ވަހީދު (އަސްވާޑް) އާއި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ހިމެނޭހެން ކ އަތޮޅަށް މިއަދު ދަތުރުތައް ކުރެއްވިއެވެ. މި ދަތުރުގައި އެންސްޕާގެ ސީއީއޯ ހީނާ ވަލީ ދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ގުރައިދޫގެ ކައުންސިލް ރައީސް އާއި އަދި އެހެންވެސް އިސްވެރިންނާއި ބައްދަލު ކުރެއްވުމަށް މީޑިއާއަށް މައުލޫމާތުދެއްވަމުން އަސްވާޑް ވިދާޅުވީ މިއީ ސީދާ ރައީސް ޑރ މުއިއްޒުގެ ލަފާފުޅުގެ މަތިން ކުރައްވަމުން ގެންދަވާ ދަތުރެއްކަމަށެވެ.

މި ދަތުރުގައި އެއް ކުރެވޭ މައުލޫމާތުތައް ރިޕޯޓެއްގެ ސިފައިގައި އާދިއްތަ ދުވަހުގެ ކެބިނެޓު ބައްދަލުވުމަށް ހުށައަޅުއްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އަމާޒަކީ މި މައުލޫމާތުތަކުގެ ބޭނުން ހިފައިގެން ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދައިދެއްވުންކަމަށް ވިދާޅުވިއެވެ.

ޔޫތް މިނިސްޓަރ އަދި އެންސްޕާގެ ސީއީއޯ ކ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގުރައިދޫގެ އިސްވެރިންނާއިއެކު.

ކައުންސިލްގެ ރައީސް ހުސައިން ޔާމީން ވަނީ ވެރިކަމުގެ ފުރަތަމަ ދުވަސްވަރުން ފަށައިގެން ރަށްތަކަށް ވަޒީރުންނާއި، އެމްޑީއިން ދަތުރު ކުރައްވާ ރައްޔިތުންގެ ހާލު ބެއްލެވުމަށް މި ސަރުކާރުން ނިންމެވި ނިންމެވުމަށް ޝުކުރު އަދާ ކުރައްވާފައެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިންއިން ފެށިގެން ރައީސް ޑރ މުއިއްޒު ދެއްކެވި ވާހަކަތަކުގެ ތެދު މިއަދު ފެނިގެންދާކަމަށް ޔާމީން ވިދާޅުވިއެވެ.

އަޅުގަނޑުމެން ބައްދަލުކުރިން ރަށުގައި ގާއިމް ކުރެވިފައި ހުރި ހުރިހާ މުއައްސަސާތަކަކާއި، ހުރި ހުރިހާ މައްސަލަަތަކެއް ޓީމުން ދެނެގަނެއްޖެ. އަޅުގަނޑުމެން ރައްޔިތުންގެ ގިނަ ބަޔަކާއި ބައްދަލުވެއްޖެ، ހުރި ކަންބޮޑުވުންތައްވެސް އަޅުގަނޑުމެންނަށް އައިޑެންޓިފައި ކުރެވިއްޖެ.
ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ސަރުކާރުގެ އިސްވެރިން ބައްދަލު ކުރައްވާ ކުރެއްވި މަސައްކަތުން ރަށޫގެ ހުރިހާ މުއައްސަސާތަކުގެ ވެރިންނާއި ބައްދަލު ކުރެވި މައްސަލަތައް ދެނެގަނެވިފައިވާކަމަށެވެ. މި މައްސަލަތައް ރައީސް އާއި ހަމައަށް ގެންދަވާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވާފައިވާކަން ޔާމީން ފާހަގަކުރެއްވިއެވެ. ނަތީޖާ ނެރުމަށް ވަގުތު ބޭނުންވާނެކަމަށް ފާހަގަކުރައްވާ ޔާމީން ވިދާޅުވީ އުއްމީދަކީ މާ ލަސްތަކެއް ނުވެ މައްސަލަތަކަށް ހައްލު ލިބިގެންދާ ފެށުންކަމަށެވެ.

މީގެ އިތުރުން މިއަދު ޔޫތް މިނިސްޓްރީގެ ޓީމާއި، އެންސްޕާގެ ސީއީއޯ ހިމެނޭހެން މާފުއްޓަށް ވަޑައިގެން މާފުށީގެ ކައުންސިލާއި އަދި އިސްވެރިންނާއި ބައްދަލުކޮށް ޝަކުވާ އަޑު އައްސެވިއެވެ.

ޔޫތް މިނިސްޓަރ އަދި އެންސްޕާގެ ސީއީއޯ ކ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މާފުށީގެ އިސްވެރިންނާއިއެކު.

ރަށްތަކުން ހުށައަޅާ ކަންކަމާއި، ރަށްތަކުގައި މައްސަލަތައް އާދިއްތަ ދުވަހުގެ ކެބިނެޓު މީޓިންއަށް ހުށައަޅާ ހައްލު ހޯދުމަށް މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރު އަސްވާޑް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: