ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިހާބުގައި އެމްޑީޕީގައި ތިބެ އެންޓި ކެމްޕެއިން ކުރި މީހުންނަށް ޕާޓީގެ ޓިކެޓެއް ނުލިބޭނެ: އިބްރާހީމް ވަހީދު

އެމްޑީޕީގެ އިންތިހާބީ ކޮމިޓީގެ މުގައްރިރު އަދި ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރު އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއި ދެކޮޅަށް ކެމްޕެއިން ކޮށްފައިވާ އެއްވެސް މީހަކަށް މަޖިލީހުގައި ވާދަކުރުމަށް އެ ޕާޓީގެ ޓިކެޓެއް ނުދޭނެކަމަށް އެމްޑީޕީއިން ބުނެފިއެވެ.

އެމްޑީޕީގެ ފަރާތުން މަޖިލީހަށް ވާދަ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލިކަން އިއުލާންކުރުމަށް އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ޗެއާޕާސަންގެ ނައިބު އިދާރީ އިބްރާހީމް ވަހީދު ވިދާޅުވީ މިކަމަށް ކުރިމަތިލެވޭ މީހުންގެ ތެރޭގައި ޕާޓީން އެއްވެސް ފިޔަވަޅެއް އަޅާފައިވާ މީހެއްތޯ ބަލާނެ ކަމަށެވެ.

އެ ޕާޓީން ނެރުނު ރިޔާސީ ކެންޑިޑޭޓާއި އިދިކޮޅަށް ކެމްޕެއިންކޮށްފައިވާ މީހެއް ކަމަށް ފާހަގަވެއްޖެނަމަ އެ މީހަކަށް ޕާޓީގެ ޓިކެޓެއް ނުދޭނެ ކަމަށްވެސް ވިދާޅުވިއެވެ. މިއީ އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ނިންމާފައިވާ ނިންމުމެއްކަމަށް އިބްރާހީމް ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ކުށުގެ ރެކޯޑް ސާފުކުރަން އިލެކްޝަން ކޮމިޝަން (އީސީ) އިން ކުރިން ބަލަނީ ހަމައެކަނި މާލޭގައި ހުރި ސުޕީރިއާއި ކޯޓްތަކާއި އެމީހަކު ނިސްބަތްވާ ރަށުގެ ކޯޓްތައް ނަމަވެސް މިހާރު ހުރިހާ ކޯޓުތަކެއް ވެސް ބަލާކަމަށެވެ. އިބްރާހީމް ވަހީދު ވިދާޅުވީ އިންތިހާބުގައި އެމްޑީޕީން ނެރޭނެ ކެންޑިޑޭޓުން ކަނޑައަަޅަން ބާއްވާ ޕްރައިމަރީގައި ވާދަކުރެވޭނީ ކުށުގެ ރެކޯޑް ސާފުކޮށްގެންކަމަށެވެ.

ޕްރައިމަރީގައި ވާދަކުރުމަށްޓަކައި ފުރަން ޖެހޭ ފޯމް އެމްޑީޕީގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް ވިދާޅުވިއެވެ. އަދި އެ ފޯމާއެކު ކުށުގެ ރެކޯޑް ސާފުކުރާ ފޯމުވެސް ލިބޭނެކަން ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: