ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީސް އިންތިޙާބުގައި ރައްޔިތުން ވޯޓުލާން ނިކުމެދާނެތީ، ރައީސް މުއިއްޒު ދަނީ އީސީއަށް ނުފޫޒު ފޯރުވަމުން: އިބްރާހީމް ވަހީދު

އެމްޑީޕީގެ އިންތިހާބީ ކޮމިޓީގެ މުގައްރިރު އަދި ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީސް އިންތިހާބު ރޯދަ މަހުގެ ތެރޭގައި ބޭއްވުމަށް ނިންމީ ސަރުކާރުގެ ނުފޫޒުންކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެއެވެ،

ރޭ އެމްޑީޕީއިން ބޭއްވި ޖަގަހަ ޖަލްސާގައި އިބްރާހީމް ވަހީދު ވަނީ އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރުމަށް ފަށާފައިވާތީ އެކަމާއި ގުޅިގެން ދެކެވޭ ބައެއް ވާހަކަތައް ސާފުކޮށްދެއްވާފައެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތްތައް މަޖިލީހުގައި ދެން ކުރާނީ ދެ ޕާޓީ އެކުގައިކަމަށް ބުނެފައިވާތީ، މިކަމާއި ގުޅިގެން 20 ވަނަ މަޖިލީހަށް ދެ ޕާޓީ އެކުގައި ނިކުމެދާނެކަމަށް ބައެއް ފަރާތްތަކުން ދަނީ ލަފާ ކުރަމުންނެވެ.

އިބްރާހީމް ވަހީދު ވިދާޅުވީ ޑިމޮކްރެޓްސްއާއިއެކުގައި ކޯލިޝަން ހެދުމުގެ އަދި އެކުގައި މަޖިލީހަށް ވާދަ ކުރުމުގެ ވިސްނުންވެސް ނެތްކަމަށެވެ. އަދި އެކުގައި ކުރާ ހަމައެކަނި މަސައްކަތަކީ ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތްކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އިބްރާހީމް ވަހީދު ވަނީ ރައްޔިތުންގެ މަޖިލީސް އިންތިހާބާއި ގުޅިގެން ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަމަލު ކުރަމުން އައީ އިންތިހާބުތަކާއި ގުޅިގެން ގައުމީ ލަފާދޭ ކޮމިޓީއިން ދިން ލަފާތަކާއި އެގޮތަށްކަމަށެވެ. ނަމަވެސް މިއަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކަން ކުރަނީ އަންނަނީ މިހެން ނޫންކަމަށެވެ. ހުރިހާ ފަރާތަކުން އިންތިހާބު ބޭއްވުމަށް އެދުނީ ރޯދައިގެ ފަހުން ނަމަވެސް ސަރުކާރުގެ ނުފޫޒުން ގޮތް ނިންމީ، އިންތިހާބު ރޯދަ މަހުގެ ތެރޭގައި ބޭއްވުމަށްކަމަށް އޭނާ ވިދާޅުވިއެވެ.

ރޯދަ މަހުގެ ތެރޭގައި އިންތިހާބު ބާއްވައިފިނަމަ ވޯޓާސް ޓާން އައުޓް ދަށްވާނެކަމަށް ފާހަގަކޮށް ސިޔާސީ ޕާޓީތަކުން ކަންބޮޑުވުން ފާޅު ކުރަމުން އަންނަ މި ދަނޑިވަޅުގައި އިބްރާހީމް ވަހީދު ވިދާޅުވީ ގިނަ ރައްޔިތުން ނިކުމެ ވޯޓުލާން ސަރުކާރުން ބޭނުން ނުވާކަމަށެވެ. ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އެ ދުވަސް ކަނޑައެޅުމުން މައްސަލަ ހައްލުވާނެކަމަށް ބުނި ނަމަވެސް، އަމިއްލަ ތަންތަނުގައި މަސައްކަތް ކުރާ ފަރާތްތަކަށް މި ފަސޭހަ ނުލިބޭކަން އިބްރާހީމް ވަހީދު ފާހަގަކުރެއްވިއެވެ.

މުއިއްޒުގެ އެންމެ ބޮޑު ބޭނުމަކީ މި އިންތިހާބުގައި ވޯޓުލާ މީހުންގެ އަދަދުތަކެއް މަދުކޮށް، އެހެންވީމާ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ މިކަހަލަ އަމަލުތަކެއް ހިންގާ އަދި މި ދެންނެވި ލަފާދޭ ކޮމިޓީގައި ތިއްބެވި ހުރިހާ ފަރާތްތަކުން އެދުނީމައިވެސް އެ ލަފާ އިލެކްޝަންސް ކޮމިޝަނުން ގަބޫލު ނުކުރުމުން، އޭގެ ފަހުން އެމްޑީޕީއިން އެ ބައްދަލުވުންތަކުގައި ބައިވެރިއެއް ނުވަން.

އިބްރާހީމް ވަހީދު ވިދާޅުވިއެވެ.

ޕާޓީތަކުންނާއި، މުއައްސަސާތަކުން ދޭ ލަފާ އީސީއިން ބަލައި ނުގަންނާތީ އެމްޑީޕިއިން މި ބައްދަލުވުންތަކުގައި މިހާރު ބައިވެރިނުވާކަމަށް އިބްރާހީމް ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން އިބްރާހީމް ވަހީދު ވަނީ ވެހިކަލް ރަޖިސްޓްރީގެ މައްސަލައިގައި ވާހަކަދައްކަވާފައެވެ. މި ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރު މަސައްކަތް ކުރައްވަނީ މި މަސައްކަތުގައި ކުރީ ސަރުކާރުން ގޯހެއް ހަދާފައި އޮތްކަން ދެއްކުމަށްކަމަށާއި، ނަމަވެސް ވެހިކަލް ރަޖިސްޓްރީ ކުރުމުގެ މައްސަލަ ކޮންޓްރޯލް ނުވީ ސިޓީ ކައުންސިލްގެ މެޖޯރިޓީ ޕީޕީއެމް/ޕީއެންސީއަށް ލިބި ރައީސް ޑރ މުހައްމަދު މުއިއްޒުގެ މޭޔަރކަމުގެ ދަށުގެކަމުގައިކަމަށް އިބްރާހީމް ވަހީދު ވިދާޅުވިއެވެ. އެތަކެއް ގަރާޖުތަކެއް ރަޖިސްޓްރީކޮށް އެންމެ ގަރާޖެއްގެ ދަށުގައި އެތައް ވެހިކަލެއް އެބައޮތްކަމަށް ވިދާޅުވިއެވެ.

ކުރީ ސަރުކާރުގެ ނާގާބިލުކަން ދެއްކެވުމަށް މިނިސްތަރު ދެއްކި ވާހަަކއިން ހާމަވީ ރައީސް މުއިއްޒުގެ ނާގާބިލުކަންކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: