ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުގައި ހާހަކަށްވުރެ ގިނަ ސިޔާސީ މުވައްޒަފުން، ގިނައީ ރައީސް އޮފީހުގައި!

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މީގެ ކުރިން ކެބިނެޓާ ބައްދަލުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އޮފީސް ނުހިމަނާ މި ސަރުކާރުގައި ތިބީ 719 ސިޔާސީ މުވައްޒަފުން ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވެއްޖެއެވެ.

އިބްރާހިމް ވަހީދު މިހެން ވިދާޅުވީ އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ތިއްބަވާ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރު ނުކުރާނެކަން މިއަދު ހާމަކޮށްފައިވާތީއެވެ. އަދި މި އަދަދު ހަމަކުރާނީ ސަރުކާރުގެ ވުޒާރާތަކާއި ރައީސް އޮފީހާއި ރައީސްގެ ގެކޮޅާއި ނައިބު ރައީސްގެ ގެކޮޅުގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނޭހެންކަމަށް ފިރުޒުލް ވިދާޅުވިއެވެ.

އިބްރާހިމް ވަހީދު ވިދާޅުވީ ރައީސް އޮފީހުގެ ހުރިހާ މަގާމް ތަކަކީ ސިޔާސީ މަގާމް ތަކެއްކަމަށެވެ. އަދި ރައީސް އޮފީސް ނުހިމަނާ މި ސަރުކާރުގައިވެސް ތިބީ 719 ސިޔާސީ މުވައްޒަފުން ކަމަށް ވިދާޅުވިއެވެ.

މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 1063 އަށް އަރާކަން ފިރުޒުލް ފާހަގަކުރައްވާފައިވާއިރު، އިބުރޭ ވިދާޅުވީ ގޮތުގައި މި ސަރުކާރުގެ 344 ސިޔާސީ މުވައްޒަފުންނަކީ ރައީސް އޮފީހުގެ މުވައްޒަފުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ސިޔާސީ މަޤާމްތަކުގެ އަދަދު 808 އަށް ވުރެ ވެސް މަދު އަދަދެއްކަމަށްވެސް ފިރުޒުލް ފާހަގަކުރެއްވިއިރު، މި ސަރުކާރު ސިޔާސީ އެކި ފަރާތްތަކުން ސިފަ ކުރަނީ މަތިބަރު ސަރުކާރެއްގެ ގޮތުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 80%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: