ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމެރީ މާދަމާ؛ 289 ކެންޑިޑޭޓުން، ވޯޓުލެވޭ 71،597 މީހުން

ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރައީސް މުއިއްޒުއާއި ބައެއް ސަޕޯޓަރުން/ ފޮޓޯ: ކެމްޕެއިން ޓީީމް
ޝެއާރކޮށްލާ ކަހަލަދޯ؟

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ، ޕީޕީއެމް/ޕީއެންސީގެ ޕްރައިމެރީގައި ހަތްދިހާހަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާކަމަށް އެ ކޯލިޝަނުން ހާމަކޮށްފި އެވެ.

ދެ ފަހަރެއްގެ މަތީން ތާރީހަށް ބަދަލު ގެނައުމަށް ފަހު މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގެ މައުލޫމާތުތައް ދެއްވައި އެ ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މާދަމާ ހެނދުނުގެ 10:00 އިން ހަވީރު 17:00 އާއި ހަމައަށް ވޯޓުލުން ކުރިޔަށް ދާނެކަމަށެވެ. އަދި ޕްރައިމެރީގައި ޖުމްލަ 73 ދާއިރާއަކުން 71،597 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާކަމަށް ހީނާ މައުލޫމާތު ދެއްވި އެވެ.

މާދަމާ އޮތް އިންތިހާބުގައި ޖުމްލަ 289 ކެންޑިޑޭޓުން ވާދަކުރެއެވެ. އަދި 13 ދާއިރާއަކަށް ޕްރައިމެރީއަކާއި ނުލައި ކެންޑިޑޭޓުންނަށް ޓިކެޓު ވަނީ ކަށަވަރުކުރެވިފަ އެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ޕްރައިމެރީއަށް 227 ވޯޓު ފޮށި އަތޮޅުތެރޭގައި ބަހައްޓާނެ އެވެ.

މާލޭގެ ވޯޓު ފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ހެންވޭރު ދަނޑުގަ އެވެ. އޭގެ އިތުރުން ކަލާފާނު ސްކޫލާއި، ތާޖުއްދީން ސްކޫލް އަދި ޖަމާލުއްދީން ސްކޫލާއި، ވިލިމާލޭގެ ޔޫތް ސެންޓަރުގެ އިތުރުން ކާމިލްދީދީ ސްކޫލާއި ރެހެންދި ސްކޫލުގައި ވެސް ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާކަމަށް ހީނާ ވިދާޅުވި އެވެ.

ޕްރައިމެރީއަކާއި ނުލައި ޓިކެޓު ލިބުނު ކެންޑިޑޭޓުންނަކީ:

  • ފޮނަދޫ ދާއިރާ: ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ
  • ހިތަދޫ މެދު ދާއިރާ: މަޝްހޫރު ނޫސްވެރިޔާ އަހުމަދު އަޒާން
  • ހުޅުދޫ ދާއިރާ؛ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު)
  • ބާރަށު ދާއިރާ: އިބްރާހިމް ޝުޖާއު
  • އޭދަފުށި ދާއިރާ: މިހާރު ވެސް ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
  • މަހިބަދޫ ދާއިރާ؛ މިހާރު ވެސް ދާއިރާގެ މެމްބަރު އަހުމަދު ތާރިގު (ޓޮމް)
  • ނިލަދޫ ދާއިރާ: ފާތިމަތު ސައުދާ
  • ތިމަރަފުށި ދާއިރާ: އިބްރާހިމް ސަނާހް (ސަންޓޯ)
  • ގަލޮޅު ދެކުނު ދާއިރާ: އިބްރާހިމް މުހައްމަދު
  • ހެންވޭރު ހުޅަނގު ދާއިރާ: އަލީ އިބްރާހިމް
  • ހުޅުމާލެ މެދު ދާއިރާ: އަބްދުﷲ ޝަޒީމް
  • ހޯރަފުށި ދައިރާ: އަލީ މޫސާ
  • ހަނިމާދޫ ދާއިރާ: އިދުރީސް އަބްދުﷲ

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: