ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެހިކަލްތަކުގެ އަދަދު ކަނޑައަޅާ ގަވައިދަށް އިސްލާހު ގެނެސް އާންމުކުރަނީ!

ބޮޑުތަކުރުފާނު މަގުގައި ފޮރިން މިނިސްޓްރީ ކުރިމަތީ ޓްރެފިކް ތޮއްޖެހިފައި/ ފޮޓޯ: މިހާރު އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި، ވެހިކަލްތަކުގެ އަދަދު ކަނޑައަޅާ ގަވައިދަށް އިސްލާހު ގެނެސް އެ އާންމުކުރާނެކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ކުރިޔަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި މާލޭގައި ދުއްވޭނެ ވެހިކަލްތަކުގެ ލިމިޓް ކަނޑައެޅުމާއި ގުޅޭގޮތުން ދާދިފަހުން މާލޭގެ މޭޔަރުކަމަށް އިންތިހާބުވެވަޑައިގެންނެވި އާދަމް އާޒިމް ވަނީ ވިދާޅުވެފަ އެވެ.

އަމީން މިއަދު ވިދާޅުވީ ވެހިކަލްތަކުގެ އަދަދު ކަނޑައަޅައި ގަވައިދު އިސްލާހު ނުކޮށް އޮތުމުގެ ސަބަބުން އެއްގަމުގައި ދުއްވޭނެ އުޅަނދު ކަނޑައެޅުމުގައި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ދިމާވާ ގޮންޖެހުންތައް ފާހަގަކުރެވުނު ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ރިއާޔަތްކޮށް، އެކުލަވައިލައިފައިވާ، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކަށް އުޅަނދުގެ އަދަދު ކަނޑައެޅުމާ، އުޅަނދުތަކުގެ އަދަދު ކަނޑައަޅާ ފަރާތްތަކުން އަމަލުކުރަންޖެހޭނެ ކަމަށް އެގަވާޢިދުގެ 7 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ޓަކައި ހަދަންޖެހޭ އެސެސްމަންޓުގެ އަސާސީ މިންގަނޑުތަކާއި ގުޅިގެން، ސިޓީ އަދި ރަށު ކައުންސިލުތަކަށް މި ގަވާއިދު ތަންފީޒުކުރުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވާ ކަމަށެވެ.

އެހެންވެ ސިޓީ އަދި ރަށު ކައުންސިލުތަކުން ރަށްރަށުގައި ދުއްވޭނެ އުޅަނދުތަކުގެ އަދަދު ކަނޑައެޅުމުގައި، ކުރިމަތިވެފައިވާ ގޮންޖެހުމަށް އެކަށީގެންވާ ޙައްލެއް ހޯދައިދިނުމަށް، ގަވާއިދަށް ބަދަލުގެނެސް ކުރިޔަށްއޮތް 2 މަސް ދުވަހުގެ ތެރޭގައި އާންކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މާލޭގެ ތޮއްޖެހުން ކުޑަ ކުރުމުގެ ގޮތުންނާއި، އުޅަނދުތައް ދުއްވުމުގައި ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށް އޭޖް ލިމިޓެއް ކަނޑައެޅުމުގެ މަޝްވަރާތަކެއް ޓްރާންސްޕޯޓު މިނިސްޓްރީ އާއި ކުރީގެ ސިޓީ ކައުންސިލާއި ދެމެދު ވެސް ކުރިޔަށް ގެންދިޔަ އެވެ. އެހެން ނަމަވެސް އޭރު އެ މަޝްވަރާތަކުގައި ވަކި ގޮތެއް ނިންމާފައި ނުވީ ނަމަވެސް ޓްރާންސްޕޯޓު މިނިސްޓްރީން ވެސް ވަނީ، މާލޭގެ ޓްރެފިކަށް އޮތް ހައްލަކީ އޭޖް ލިމިޓު ކަނޑައެޅުންކަން ފާހަގަކޮށްފަ އެވެ.

ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ލިބިގެންވާއިރު، ސިޓީ ކައުންސިލް މޭޔަރަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވިއިރު އެ މަސައްކަތް އެމަނިކުފާނު ކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: