ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުން ސަރުކާރަށް ޖެއްސުންކޮށްގެން މައްސަލަތަކަށް ހައްލެެއް ލިބިގެންނުދާނެ: ލަތީފް

ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު ލަތީފް: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އަޑުގަދަކޮށް ހަޅޭލަވައި ސަރުކާރަށް ޖެއްސުންކޮށްގެން ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ނުލިބޭނެކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުލް ލަތީފް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަަވަމުން ލަތީފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ސަރުކާރާއި އެއްކޮޅަށާއި ދެކޮޅަށްވެސް މެމްބަރުން ތިއްބަވާކަމަށެވެ. އެހެންކަމުން ގިނަ ފަހަރުތަކުގައި ސަރުކާރާއި ދެކޮޅު ފަރާތްތަކުން ދިމާކުރުމާއި ޖެއްސުންކުރުން ނުވަތަ އެއްޗެހި ކިއުން ފަދަ އަމަލުތައް ހިންގާކަަމަށާއި އެކަންކުރަމުންދަނީ ކުރެވޭ މޮޅު ކަމެއްގެ ގޮތުގައި ދެކިގެންކަމަށްވެސް ހިއްސާކުރެއްވިއެވެ.

އެހެންނަމަވެސް އެފަދަ އަމަލުތަކުގެ ސަބަބުން ދާއިރާތަކުގެ ރައްޔިތުންނަށް ކުރިއެރުންތަކެއް ލިބިގެން ނުދާކަމަށާއި އެފަދަ އަމަލުތައް ހިންގުމުން ސިއްހީ ނިޒާމު ފަދަ ނިޒާމުތަކުގައި ހުރި މައްސަލަތަކަށް ހައްލު ލިބިގެން ނުދާކަމަށްވެސް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ، ހަޅޭ ލަވައިގެން ދާއިރާގެ ތައުލީމީ ނިޒާމުގެ ތެރޭގައި ހުރި ގޮންޖެހުންތަކަށްވެސް ހައްލުތަކެއް ލިބިގެން ނުދާނެކަމަށެވެ. އޭނާ ވިދާޅުވީ، ސަރުކާރާއި ދެކޮޅަށް އަޑުގަދަކޮށް ފުރައްސާރަތަކެއް ކުރިމަތިކޮށްގެން ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުއިލިބިގެން ނުދާނެކަމަށެވެ.

ލަތީފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް އަންނަނީ ދާއިރާއެއް ތަމްސީލުކުރުމަށްކަމަށެވެ. އޭނާ ވިދާޅުވީ، މެމްބަރުންގެ މަގާމަށް އިންތިހާބުވެގެންދަނީ އެ ދާއިރާއަށް ލިއްބައިދޭނެ ލާބައާއި މަންފާތަކުގެ ވައުދުތަކާއިއެކުކަމަށްވާއިރު، އެ މަސައްކަތްތައް ކުރުމުގެ ބަދަލުގައި ސަރުކާރަށް ޖެއްސުންކޮށް މަލާމާތްކޮށް ހަދާ މަންޒަރު ފެނިގެންދާކަަމަށާއި ފެނިގެންދަނީ މެމްބަރުންގެ ޒިންމާތަކާއި މުޅިން ތަފާތު މަންޒަރުތަކެއްކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފެނިގެންދަނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޑްރާމާތައް ކުޅޭ މަންޒަރުކަމަށެވެ. ލަތީފް ވިދާޅުވީ، ރައްޔިތުނަށް ވެފައިވާ ވައުދުތަކާއި އެއްގޮތަށް ކަންކަން ކުރިއަށް ނުދާކަމަށެވެ. އެހެންކަމުން އެ ކަންކަން ފުރިހަމަ ނުކުރެވޭނެ ރައްޔިތުންގެ ތެރޭގައި މާޔޫސްކަން އުފެދިގެންދާނެކަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ފަހަކަށް އައިސް ރައްޔިތުން މެމްބަރުންނާއިމެދު ހިތްހަމަނުޖެހޭނެ ފަދަ އެތައް ކަމެއް ފެނިފައިވާކަމަށާއި ހަވާލުކުރެވިފައިވާ ޒިންމާތަކާއި ވާޖިބުތައް އަދާކުރާނަމަ ދާއިރާތަކުގެ ރައްޔިތުންނަށް މިހާރަށްވުރެ ފާގަތި ދިރިއުޅުމެއް ލިބޭނެކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް ސަރުކާރު ޒިންމާދާރު ކުރުވުމުގެ ނިޔަތުގައި މަސައްކަތްތަކެއް ކުރުމުގެ ބަދަލުގައި ކުރަމުންދާ މަސައްކަތްތަކަކީ ސަރުކާރަށް ޕްރެޝަރުކުރުންކަމަށާް ވިދާޅުވިއެވެ. ލަތީފް ވިދާޅުވީ، އިދިކޮޅު ފަރާތްތައް ކުރަމުންދަނީ ސަރުކާރަށް އުނދަގޫތަކެއް ޖެއްސުމުގެ މަސައްކަތްތައްކަމަށާއި އިދިކޮޅުން އަމާޒުކުރަނީ ސަރުކާރު ހުއްޓުމަކަށް ގެނައުމަށްކަމަށްވެސް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މަސައްކަތްކުރަމުންދަނީ ސަރުކާރު ހުއްޓުވާލައިގެން ވެރިކަން ބަދަލުކުރުމުގެ މަސައްކަތްތައްކަމަށާއި އެހެންނަމަވެސް އަކަމުގައި ކާމިޔާބީ ލިބިގެން ނުދާނެކަމަށް ހިއްސާކުރެއްވިއެވެ. އޭނާ ވިދާޅުވީ، ހުރިހާ އެންމެނަށް ދޫދީގެން އެންމެންވެސް ގޮވައިގެން ކުރިއަށް ވަޑައިގެންނެވުމުގެ ސިފަ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ކިބައިން ފެނިގެންދާކަން ގަބޫލުކުރަންޖެހޭކަމަށެވެ.

ލަތީފް ވިދާޅުވީ، އިދިކޮޅު ޕާޓީވެސް ޝާމިލުކޮށްގެން ގައުމުގެ ކަންކަން ކުރިއަށް ގެންދެވޭތޯ އެމަނިކުފާނު މަސައްކަތްކުރައްވާކަމަށާއި ރާއްޖޭގެ ބޮޑެތި މައްސަލަތައް ހައްލުކުރަން ހުރިކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި ދީނީ ގޮތުން ޖެހިގެންދާ މައްސަލަތަކާއި، މިނިވަންކަމާއި ގުޅުން ހުރި މައްސަލަތަކުގެ އިތުރުން އިގްތިސާދާއި ޒުވާނުންގެވެސް ހައްލުތައް ބޭނުންވެފައިވާ ބޮޑެތި މައްސަލަތައެް ހުރިކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: