ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ހަފްތާގައި 100 މިލިއަން ޑޮލަރަށްވުރެ ބޮޑު ރިނިއުބަލް އެނާޖީގެ މަޝްރޫއަކަށް އިންޓަރިމް ޕާމިޓް ދޭނެ: ސައީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ހަފްތާގެ ތެރޭގައި ސްޕެޝިއަލް އިކޮނޮމިކް ޒޯންގެ މަޝްރޫއެއްކަމަށްވާ 100 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ރިނިއުބަލް އެނާޖީގެ މަޝްރޫއަކަށް އިންޓަރިމް ޕާމިޓް ދޭނެ ކަމަށް އިނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު ޕްރޮގްރާމްގައި” ސައީދު ވިދާޅުވީ ރާއްޖޭގެ އިކޮނޮމީ ފަސް އިންސައްތައިގައި ކުރިއަރައި ދިޔަނަމަވެސް ރާއްޖޭގެ މާލީ ހާލަތުއޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށެވެ. ހަމައެއާއި އެކު އެތެރޭގެ ވަރަށްގިނަ ރިޕޯމް ތަކެއް ނަގަންޖެހޭ ކަމަަށާއި ގިނަ ކަންކަން އިސްލާހު ކުރުމަށް ހުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ހާއްސަކޮށް ފިސްކަލް މެނޭޖްމެންޓުގެ ރިފޯމްތަކެއް ގެންނަން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ބިދޭސީން ވިޔަފާރި ކުރާ މައްސަލައަކީ އަބަދުވެސް ރާއްޖޭގައި ވަރަށް ޝަކުވާ ބޮޑު މައްސަލައެއް ކަމަށެވެ. ކުދި ވިޔަފާރީގެ ތެރޭގައި އަބަދުވެސް ބިދޭސީން އުޅޭ މައްސަލަ ބޮޑު ކަމަށް ސައީދު ވިދާޅުވިއެވެ.

“އަޅުގަނޑު ހޯމް މިނިސްޓްރީ އާއި ފުލުހުންނާއި ބައްދަލުކުރިން މީގެ ދެމަހެއްހާ ކުރިން. އެނގިވަޑައިގަންނަވާނެ ބިދޭސީންގެ ކޯޓާ ދިނުމުގެ މަސައްކަތަކީ ހޯމްލޭންޑް ސެކިއުރިޓީން ކުރިއަށްގެންދާ މަސައްކަތެއް. އިކޮނޮމިކް މިނިސްޓްރީ އަކުން ނޫން ކޯޓާ ދިނުމުގެ މަސައްކަތް ކުރަމުންދާނީއެއް. ހަމައެއާއި އެކު ތަންފީޒީ އިދާރާއަކީ ފުލުހުން. އެހެންމަ އަޅުގަނޑުމެން ފުލުހުންނާއި ހޯމްލޭންޑް ސެކިއުރިޓީ އަދި އިމިގްރޭޝަންއާއި ވެސް އެއްކޮށް މިކުރާ މަސައްކަތަކީ އަޅުގަނޑުމެން އެދުނީ ޕޮލިހުންނާއި ހޯމް ލޭންޑްގައި އަޅުގަނޑުމެންނަށް ޝަކުވާ، މިސާލަކަށް ހުއްދަނެތި ބިދާސީއަކު ވިޔަފާރިކުރާ ޝަކުވާ އަޅުގަނޑުމެންގެ މިނިސްޓްރީއަށް ހުށަހަޅައިފިނަމަ އެތަނަކަށް ފިޔަވަޅުއެޅުމުގެ އުތުރަށް އެ ވިޔަފާރިއެއް ހުއްޓުވާނެކަން”

ބިދޭސީއެއް ވަގު ވިޔަފާރި ނުވަތަ ހުއްދަބެތި ކޮށްފިނަމަ ހުއްޓުވާނެ ކަމަށް ސައީދު ވިދާޅުވިއެވެ. ބައެއް ހާލަތްތަކުގައި ބިދޭސީއެއް ކުރިއަށްނެރެފައި ދިވެހިން ވެސް ތިއްބަވާ ކަމަށް ސައީދު ފާޙަގަކުރެއްވިއެވެ. އެތަނެއްގެ ހިންގުމާއި ހަވާލުވެ ހުންނަ މީހައަކީ ދިވެއްސެއްކަން އެނގެނީ މައްސަލައެއް ކޮށްގެން އެ ތަނަކަށް ދިއުމުން ނުވަތަ އިންވެސްޓިގޭޝަންއެއް ކުރުމުން ކަމަށް ސައީދު ވޮދާޅުވިއެވެ.

ސައީދު ވިދާޅުވީ ނުގަވައިދުން އުޅޭ ބިދޭސީންނާއި އަދި ނުގަވައިދުން ވިޔަފާރި ކުރާ ބިދޭސީންގެ ކަންކަން ހުރިހާ މުވައްސަސާއަކުން ގުޅިގެން މަސައްކަތް ކޮށްފިނަމަ ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވޭނެކަމަށައި އެފަދަ ކަންކަމަކީ ކޮންޓްރޯލް ކުރެވޭނެ ކަންކަން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: