ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެ މެންބަރަކު ވާދަކުރައްވާ ދާއިރާގެ ހައްގުގައި ވާކާލާތުކުރުމަކީ އެންމެ ރަނގަޅުގޮތް: އީވާ

ގަލޮޅުއުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރަށް ނުވަތަ އިދިކޮޅަށް މަޖިލިސް އަގުލަބިއްޔަތު ދިނުމަށް ގޮވުމުގެ ބަދަލުގައި އެ މެންބަރެއް ވާދަކުރައްވާ ނުވަތަ ތަމްސީލު ކުރައްވާ ދާއިރާގެ ހައްގުގައި މަސައްކުރުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމްގައި އީވާ ވިދާޅުވީ ތަފާތު އެކި ސަރުކާރުތަކުގައި މަޖިލީހުގެ ކަންކަން ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ. އަދި މެޖޯރިޓީ އާއި މައިނޯރިޓީ ޕާޓީގެ މެންބަރެއް ގޮތުގައިވެސް މަޖިލީހުގައި އިންނަވާފައިވާ ކަމަށް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ އެއްވެސް ޕާޓީއަކަށް މާ ބޮޑު އަގުލަބިއްޔަތެއް ލިބޭ ހާލަތުގައި އެ އަގުލަބިއްޔަތުގެ ބޭނުން ނަހަމަގޮތުގައި ހިފާ މަންޒަރު ފެންނަ ކަމަށެވެ. ޑިމޮކްރެސީއޭ ބުނުމުން އެކަން ވަރަށް ލުއި ގޮތަކަށް ގިނަ މީހުން ސިފަކުރައްވާ ކަމަށް އީވާ ފަހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ އަގުލަބިއްޔަތު ބުނިހާ ގޮތެއް ހެދުމަކީ މަގުމަތޫގައި ޑިމޮކްރެސީ މާނަކުރާ ގޮތް ކަމަށެވެ. އީވާ ވިދާޅުވީ ހަގީގަތުގައި ޑިމޮކްރެސީ، ޑިމޮކްރެސީއަކަށް ވަނީ އަގުލަބިއްޔަތަށް ސަރުކާރު ލިބުނުނަމަވެސް މައިނޯރިޓީވެސް ހިމާޔަތް ކުރެވުމުން ކަމަށެވެ.

“ކޮންމެހެން އަގުލަބިއްޔަތު ނޫން އަނެއްފަޅީގައި ހުންނަ މީހާގެ ވެސް، އޭނަގެ ހައްގުތައްވެސް ހިމާޔަތްކުރުން. އޭގެ ބަދަލުގައި އަޅުގަނޑުމެންނަށް މި ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ ޕާޓީއަކަށް ފުލް މެޖޯރިޓީ ލިބުނެއް ކަމަކު އެ އަގުލަބިއްޔަތު ބޭނުންކޮށްގެން ބޭނުންހާ ގޮތެއްހަދާ ތަން. ވަރަށް ފަސޭހައިން ބޭނުންހާ ގޮތެއްހަދާތަން”

ފެނިގެންދަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު އެއްކޮށްހެން ބަންދުކޮށްލާތަން ކަމަށް އީވާ ވިދާޅުވިއެވެ. ސަރުކާރު ހިންގާ ޕާޓީއަށް އަގުލިބަިޔްތު ލިބުމުން ބޭނުންހާގޮތެއް ހައްދަވާ ކަމަށާއި، ސަރުޚާރު ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ވަރަށް ހަނިކޮށްލާ ކަމަށް އީވާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން އިދިކޮޅު ފަރާތްތަކަށްވެސް މާބޮޑު އަގުލަބިއްޔަތެއް ލިބިއްޖެނަމަ ސަރުކާރުން ބުނަމުންދަނީ ޖެއްސުން ކުރާ ވަހަކަ ކަމަށް އީވާ ވިދާޅުވިއެވެ. ރައްޔިތުންގެ ަޖިލީހުގެ ދައުރަކީވެސް އަދި މެންބަރުންގެ ދައުރަަކަށް ވާންޖެހޭނީ އޭނާ ތަމްސީލު ކުރާ ދާއިރާއަށް އެންމެ ރަނގަޅުގޮތް ހަދައިދިނުން ކަމަށް އީވާ ވިދާޅުވިއެވެ.

އެހެންނަމަވެސް ސަރުކާރަކުންވެސް ރަނގަޅުކަމެއް ކޮށްދެއްވާނަމަ އެކަމަށް މަގުފަހިކޮށްދޭން ޖެހޭކަމަށާއި ސަރުކާރަކުން ނާޖާއިޒް ގޮތެއްގައި ކަންކަން ދާނަމަ އެކަން ހަމަމަގަށް ގެމައުމަށްޓަކައި މަސައްކަތް ކުރައްޖެހޭނެކަމަށް އީވާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: