ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯޓު ވިއްކައިފިއްޔާ ފަހުން ހާލުގައި ޖެހޭނެ: އިންތި

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފައިސާއަށް ވޯޓު ނުވިއްކުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު އިމްތިޔާޒްވަނީ އޭޕްރިލް މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއިމެދު ވާހަކަދައްކަވާފައެވެ.

އޭނާ ވިދާޅުވީ، އިންތިހާބުގައި ދެވަނަ ދައުރެއް ކާމިޔާބުކުރެއްވުމަށް މަސައްކަތްކުރައްވަމުންދާ މެމްބަރުންނަށް ވޯޓުދިނުމުގައި ކޮށްފައިވާ މަސައްކަތްތަކަށް ރިއާޔަތްކޮށް ވޯޓުދެއްވާނެކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކުރިއަށް އޮތް އިންތިހާބުގައި ފައިސާއަށް ވޯޓު ނުވިއްކުމަކީވެސް މުހިންމު ކަމެއްކަމަށާއި އެފަދަ ގޮތަކަށް އަމަލުކޮށްފި ހާލަތެއްގައި ކުރިއަށް އޮތްތާނގައި ރައްޔިތުން ވަރަށް ނިކަމެތިވެގެންދާނެކަމަށް ހިއްސާކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެފަދަ ގޮތަކަށް އަންނަ ކެނޑިޑޭޓުން މަސައްކަތްކުރާނީ އެ މީހެއްގެ ދުނިޔެ ބިނާކޮށް ޖާހަތު ބޮޑުކުރުމަށް ކަަމަށެވެ.

އިމްތިޔާޒް ވިދާޅުވީ، އެފަދަ މީހަކު މުޅި ދައުރު އެކީވެސް މަސައްކަތްކުރާނީ އަމިއްލަ މަސްލަހަތު ހިމެނޭކަންކަން ފުރިހަމަކޮށް އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށްކަމަށެވެ. އަދި ވަޒީފާއާއި މަގާމުތައް އާއިލާ މީހުންނަށް ހޯދައިދިނުންފަދަ އަމަލުތައްވެސް ހިންގަމުންދާނެކަމަށާއި އެހެންކަމުން ކުރިއަށް އޮތީ ރައްޔިތުން ވަރަށް ވިސްނާވަޑައިގަންނަވަން ޖެހޭނެ ދުވަސްތަކެއްކަމަށް ވެސް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މިވަގުތު މަޖިލީހަށް އެންމެ މުހިންމީ ކޮރަޕްޝަނާއި ދެކޮޅަށް އެފަދަ ކަމެއްގައި ނުޖެހި މަސައްކަތް ކުރާނެ މީހުން އިންތިހާބުކުރުންކަމަށެވެ. އަދި އެ މީހުންނަކީ ރައްޔިތުންގެ މަޖިލީހުގެ އެތެރެއިންނާއި ބޭރުން ހިތްވަރުކުރާނެ މީހުންނަށްވެސް ވާންޖެހޭކަމަށާއި އެ މީހުންނަކީ ގަނެލައި ފަސޭހައިން އަނބުރާލެވޭނެ މީހުންނަށް ނުވުމަކީވެސް ކޮންމެހެން މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: