ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ދައުރަކީ ޖެއްސުންކޮށް ބިރުދެއްކުމެއް ނޫން، މަސައްކަތް ކުރަން ޖެހޭނީ ރައްޔިތުންގެ ހައްގުގައި: މަތީން

އެމްޑަބްލިޔުއެސްސީ ގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ މަތީން މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ދައުރަކީ ސަރުކާރަށް ޖެއްސުންކޮށް ބިރުދެއްކުމެއް ނޫންކަމަށާއި އެ މުއައްސަސާގެ ދައުރަކީ ގޯހެއް ހަދާނަމަ އެކަމެއް ރަނގަޅުކޮށް ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ސަރުކާރަށް އެއްބާރުލުން ދިނުންކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރަށް އުނދަގޫކޮށް ޖެއްސުން ކުރާކަމުގެ ތުހުމަތާއި އެކު ރައީސް ޑރ. މުއިއްޒު ވެސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ސަރުކާރަށް މަޖިލީހުގެ އަޣުލަބިއްޔަތު ދިނުމަށެވެ. އެކަން ފާހަގަކޮށް ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި މަތީން ވިދާޅުވީ ރައްޔިތުން ސަރުކާރަށް މަޖިލިސް މެޖޯރިޓީ ދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އޭނާ ވިދާޅުވީ ސިޔާސީ މަސްރަހުގައި މަސައްކަތްކޮށް ގިނަ ދުވަސްވި މީހެއްގެ ހައިސިއްޔަތުން ރައްޔިތުންގެ ވިސްނުން ސަރުކާރާއި މެދު ހުރި ގޮތް އަންދާޒާ ކުރެވޭ ކަމަށެވެ.

މަތީން ވިދާޅުވީ، ކެމްޕެއިންގެ މަސައްކަތްތަކުގެ ތެރެއިން ކުރެވިފައިވާ ތަޖުރިބާތަކާއި އިވިފައިވާ އަޑުތަކަށް ބެލުމުންވެސް ކުރިއަށް އޮތް އިންތިހާބުގައި ސަރުކާރަށް ބޮޑު އަގުލަބިއްޔަތެއް ލިބޭނެކަމަށް ފެނިގެންދާކަމަށާއި އެގޮތަށް ވިދާޅުވަނީ ގިނަ ސަބަބުތަކެއް ހުރުމުންކަމަށެވެ.

އޭނާ ވިދާޅުވީ، ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބައްޓަންކޮށްފައިވާގޮތުން ފެހި ގާނޫނުއަސާސީގެ ދަށުން ދިވެހިރާއްޖޭގެ ވެރިކަމުގެ ތިން ބާރު ވަނީ ވަކިކުރެވިފައިކަމަށެވެ. އެހެންނަމަވެސް ތިން ބާރުގެވެސް މައިގަނޑު އަމާޒެއްގެ ގޮތުގައި އޮންނަންޖެހެނީ ރައްޔިތުންގެ މަސްލަހަތަށްޓަކައި މަސައްކަތްކުރުމާއި ގައުމުގެ ކަންކަން ކުރިއަށް ގެންދިއުންކަމަށްވެސް ވިދާޅުވިއެވެ. މަތީން ވިދާޅުވީ، ހަގީގަތުގައި ތިން ބާރު އެކުގައި އެއް އަމާޒަކަށް މަސައްކަތްކުރަންޖެހޭކަމަށެވެ.

މަތީން ވިދާޅުވީ، އެ އަމާޒަކީ ރާއްޖޭގައި ހުރި މައްސަލަތައް ހައްލުކޮށްދިނުންކަމަށާއި ރައްޔިތުން ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށްދިނުންކަމަށެވެ. އެހެންކަމުން ސަރުކާރާއި މަޖިލީސް ދެ ބާރެއްގެ ގޮތުގައި އޮތް ނަމަވެސް ސަރުކާރުން ވެރިކަމަށް އަންނަނީ މެނިފެސްޓޯއެއް ވިއްކައި ރައްޔިތުންނަށް ވައުދުތަކެއް ވެ އެތައް އުންމީދެއްވެސް އާލާކޮށްގެންކަމަށެވެ. އޭނާ ވިދާޅުވީ އިންތިހާބު ކުރާ ސަރުކާރަކާއި ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާކަމަށާއި އެހެންނަމަވެސް އެ އުންމީދުތަކާއި އެކު ސަރުކާރެއް ގެނައި ނަމަވެސް ރައްޔިތުނަށް ސަރުކާރަށް މަޖިލީހާއި ނުލާ ގައުމު ނުހިންގޭނެކަން ސާފުވާނެކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މަޖިލީހުގެ ދައުރަކީ ސަރުކާރަށް ޖެއްސުންކުރުން ނޫންކަމަށެވެ. އަދި މަޖިލީހުގެ ދައުރަކީ ވެރިކަން ވައްޓާލާނެކަމަށް ބިރުދެއްކުންވެސް ނޫންކަމަށާއި އެ މީހުންގެ ޒިންމާއަކީ ގޯހެއް ހަދާނަމަ އެކަން ރަނގަޅުކުރުމާއި ގައުމީ މަސައްކަތްތަކުގައި އެއްބާރުލުން ދިނުންކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: