ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމު ހިންގުމަށް ފުރުސަތު ފަހިވާނީ މަޖިލީހުގެ އެއްބާރުލުން އޮވެގެން: އެމްޑީ މަތީން

އަބްދުﷲ މަތީން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރަށް ގައުމު ހިންގުމަށް ފުރުސަތު ތަނަވަސްވަނީ ރައްޔިތުންގެ މަޖިލީހުން އެއްބާރުލުން ދީގެންކަމަށް އެމްޑަބްލިއުއެސްސީގެ އެމްޑީ އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއިމެދު ވާހަކަދައްކަވަމުން މަތީންވަނީ މެޖޯރިޓީ ނެތުމުން ކުރިމަތިވެފައިވާ ބައެއް ދަތިތަކުގެ މައްޗަށް އަލިއަޅުއްވާފައެވެ. އޭނާ ވިދާޅުވީ، ސަރުކާރަށް ގައުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ފުރުސަތު ފަހިވެގެންދަނީ މަޖިލީހުގެ އެއްބާރުލުމާއި އެކުކަމަށެވެ.

މަތީން ވިދާޅުވީ، ކޮންމެ އަހަރަކުވެސް ދައުލަތުގެ ބަޖެޓު މަޖިލީހަށް ގެންދަންޖެހޭކަމަށެވެ. އަދި ކުރިއަށް އޮތް އަހަރު އާމްދަނީ ހޯދާނެ ގޮތާއި ލިބޭނެކަމަށް ލަފާކުރާ ވަރާއި ހަރަދުތައް ހުންނާނެ ގޮތް ފަދަ ތަފްސީލުތައް ހިއްސާކުރަންޖެހޭކަމަށާއި އެހެންކަމުން މަޖިލީހުން އެ ބަޖެޓު ފާސްކުރުމުގައި ޒިންމާދާރުކަމާއިއެކު އަމަލުނުކުރާނަމަ ސަރުކާރަށް ގައުމެއް ނުހިންގޭނެކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އަހަރީ ބަޖެޓު ފާސްނުވާ ނަމަ އެންމެ ކުޑަވެގެން ސަރުކާރުގެ މުއައްޒަފުންނަށް މުސާރަވެސް ނުދެވޭނެކަމަށެވެ. އަދި ދިވެހިރާއްޖޭގެ އިގްތިސާދީ މައްސަލަތައް ހައްލުކުރުމަށާއި އާމްދަނީ އިތުރުކުރުމުގެ ގޮތުން ޓެކްސްގެ އުސޫލަށް ބަދަލުތައް ގެނައުން ފަދަ ކަންކަންވެސް ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެއްބާރުލުން ދީގެންކަމަށް ވިދާޅުވިއެވެ. މަތީން ވިދާޅުވީ، ކޮންމެ ކަމެއްވެސް ގުޅިފައިވަނީ ރައްޔިތުންގެ މަޖިލީހާއި ސަރުކާރި ގުޅިގެން މަސައްކަތްކުރުމާއި ކަމަށެވެ.

މަތީން ވިދާޅުވީ، ދައްކަވަމުންދަނީ ސަރުކާރުން ބުނާ ހުރިހާ ކަމެއްގައި ރަބަރު ސްޓޭމްޕު ޖަހާ ވާހަކަ ނޫންކަމަށެވެ. އަދި ދައްކަވަމުންދަނީ އެޅިހާ ބަތަކަށް ރިހަ ކިޔާ ވާހަކަވެސް ނޫންކަމަށާއި ނަތީޖާ ނެރެވޭނީ ރައްޔިތުންގެ މަޖިލީހާއި ސަރުކާރު އެކުގައި މަސައްކަތްކޮށްގެންކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިހާރު ރާއްޖެ އޮތް ހާލަތަށް ބާލާއިރު، ރައްޔިތުންގެ މަޖިލީހުގެ ބާރުތައް އޮތީ އިދިކޮޅު ޕާޓީގެ އަތުގައިކަން ފެނިގެންދާކަމަށާއި އެމްޑީޕީއަށް ލިބިފައިވަނީ މަޖިލީހުގެ ސުޕަރ މެޖޯރިޓީކަމަށްވެސް ފާހަގަކުރެއްވިއެވެ. އަދި ސަރުކާރަށް އޮތީ ވަރަށް ކުޑަ މައިނޯރިޓީއެއްކަމަށާއި ފެންނަމުންދާ ނަތީޖާއަކީ ރައްޔިތުން އައްޔަނުކުރި ސަރުކާރެއްގެ ކެބިނެޓަށްވެސް ރުހުން ނުދިނުންކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: