ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

289 ކެންޑިޑޭޓުން ވާދަކުރާ ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމެރީގެ ވޯޓުލުން ފަށައިފި

ޕްރޮގްރެސިވް ކޮންގްރެސްގެ މަޖިލީސް ޕްރައިމަރީގެ ވޯޓުލުން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

200 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމެރީގެ ވޯޓުލުން ފަށައިފި އެވެ.

ދެ ފަހަރެއްގެ މަތީން ތާރީހަށް ބަދަލު ގެނައުމަށް ފަހު މިއަދުގެ ހެނދުނު ފެށި އިންތިހާބުގެ ހަވީރު 17:00 އާއި ހަމައަށް ވޯޓުލުން ކުރިޔަށް ދާނެ އެވެ. އަދި ޕްރައިމެރީގައި ޖުމްލަ 73 ދާއިރާއަކުން 71،597 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާކަމަށް އެ ކޯލިޝަނުން މައުލޫމާތު ދެއެވެ.

މި އިންތިހާބުގައި ޖުމްލަ 289 ކެންޑިޑޭޓުން ވާދަކުރެއެވެ. އަދި 13 ދާއިރާއަކަށް ޕްރައިމެރީއަކާއި ނުލައި ކެންޑިޑޭޓުންނަށް ޓިކެޓު ވަނީ ކަށަވަރުކުރެވިފަ އެވެ.ޕްރައިމެރީއަށް 227 ވޯޓު ފޮށި އަތޮޅުތެރޭގައި ވަނީ ބަހައްޓާފަ އެވެ.

މާލޭގެ ވޯޓު ފޮށިތައް ބަހައްޓާފައި ވަނީ ހަމަޖެހިފައި ވަނީ ހެންވޭރު ދަނޑުގަ އެވެ. އޭގެ އިތުރުން ކަލާފާނު ސްކޫލާއި، ތާޖުއްދީން ސްކޫލް އަދި ޖަމާލުއްދީން ސްކޫލާއި، ވިލިމާލޭގެ ޔޫތް ސެންޓަރުގެ އިތުރުން ކާމިލްދީދީ ސްކޫލާއި ރެހެންދި ސްކޫލުގައި ވެސް ވޯޓު ފޮށި ވަނީ ބެހެއްޓިފަ އެވެ.

ޕްރައިމެރީއަކާއި ނުލައި ޓިކެޓު ލިބުނު ކެންޑިޑޭޓުންނަކީ:

  • ފޮނަދޫ ދާއިރާ: ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ
  • ހިތަދޫ މެދު ދާއިރާ: މަޝްހޫރު ނޫސްވެރިޔާ އަހުމަދު އަޒާން
  • ހުޅުދޫ ދާއިރާ؛ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު)
  • ބާރަށު ދާއިރާ: އިބްރާހިމް ޝުޖާއު
  • އޭދަފުށި ދާއިރާ: މިހާރު ވެސް ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
  • މަހިބަދޫ ދާއިރާ؛ މިހާރު ވެސް ދާއިރާގެ މެމްބަރު އަހުމަދު ތާރިގު (ޓޮމް)
  • ނިލަދޫ ދާއިރާ: ފާތިމަތު ސައުދާ
  • ތިމަރަފުށި ދާއިރާ: އިބްރާހިމް ސަނާހް (ސަންޓޯ)
  • ގަލޮޅު ދެކުނު ދާއިރާ: އިބްރާހިމް މުހައްމަދު
  • ހެންވޭރު ހުޅަނގު ދާއިރާ: އަލީ އިބްރާހިމް
  • ހުޅުމާލެ މެދު ދާއިރާ: އަބްދުﷲ ޝަޒީމް
  • ހޯރަފުށި ދައިރާ: އަލީ މޫސާ
  • ހަނިމާދޫ ދާއިރާ: އިދުރީސް އަބްދުﷲ
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: