ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީރުންނަށް ރުހުން ދިނުމުގައި ޒިންމާދާރު ގޮތަކީ ކޮމިޓީގެ ނިންމުމާއި އެއްގޮތަށް ކުރިއަށް ދިއުން: ތާރިގު

މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތާރިގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށް ރުހުން ދިނުމުގައި ޒިންމާދާރު ގޮތަކީ ކޮމިޓީގެ ނިންމުމާއި އެއްގޮތަށް ކުރިއަށް ދިއުންކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ގެންދާ ރައްޔިތންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާގެ އެޖެންޑާގައި މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ވަނީ ހިމަނާފައެވެ.

މި މައްސަލައިގެ ބަހުސްގެ މަރުހަލާގައި ތާރިގު ވަނީ އޭނާގެ ވާހަކައިގައި މީގެ ކުރީގައި ކޮންމެ ވެރިކަމެއްގައި ހުށައެޅި ކެބިނެޓަށްވެސް މަޖިލީހުން ރުހުން ދީފައިވާކަން ފާހަގަކުރައްވާފައެވެ. ގާނޫނުގައިވާ ޝަރުތުތައް ރައީސުލްޖުމްހުރިއްޔާ ހުށައެޅުއްވި ކެބިނެޓުގައި ހަމަވާތީ މަޖިލީހުގެ ކޮމިޓީއިން ވަޒީރުނަށް ރުހުން ދީފައިވާކަމަށާއި، އެހެންކަމުން މަޖިލީހުގެ ތަޅުމުންވެސް އަމަލު ކުރަން ޖެހޭނީ އެގޮތަށްކަމަށް ތާރިގު ވިދާޅުވިއެވެ. ގާނޫނު އަސާސީ ތަރުތީބު ކުރެވިފައި އޮތް ގޮތުން އެކަން ހިނގަން ޖެހެނީ އެހެންކަމަށް އޭނާ ވިދާޅުވިއެވެ.

ވަޒީރުންނާއިމެދު ތަފާތު ކުރުން ގެންގުޅުމަކީ ގާނޫނުއަސާސީ ދަންނަކަމެއް ނޫންކަމަށް ފާހަގަކޮށް ތާރިގު ގޮވާލެއްވީ ޒާތީ ކަންކަމަށް ބަލާ ތަފާތު ކުރުން ނުގެންގުޅުމަށެވެ. އަދި އެއީ ޑިމޮކްރެޓިކް އުސޫލެއް ނޫންކަމަށް ފާހަގަކުރެއްވިއެވެ.

މިހާރު އިދިކޮޅުގައި އޮތް އެމްޑީޕީއަކީ ދެ ފަހަރު ވެރިކަންކޮށް، ތަސައްރަފު ފުދިފައި އޮތް ޕާޓީއެއްކަމަށާއި، އެމްޑީޕީއަކީ ޒިންމާދާރު ސިޔާސީ ޕާޓީއެއްކަމަށް ވަކާލާތު ކުރަމުންދާކަމަށް ތާރިގު ވިދާޅުވިއެވެ. ޒިންމާދާރު ސިޔާސީ ޕާޓީއަކަށްވާނީ ޒާތީ ނުވެ ސަރުކާރު ޖަވާބުދާރީ ކުރެވިގެންކަމަށް އޭނާ ވިދާޅުވިއެވެ.

ޒާތީ ވެގެން ވަކި ވަޒީރަކަށް، ނުވަތަ ވަޒީރުންތަކަކަށް ނުވަތަ ވަކި ގައުމަކުން ބުނީތީ ނުރުހުންވެ ވޯޓުދޭން ޖެހޭ ސަބަބެއް ނޫން. އަޅުގަނޑުމެންގެ ރައީސުލްޖުމްހުރިއްޔާވެސް މަސައްކަތް ކުރަނީ ދިވެހި ގައުމަށް ހިދުމަތް ކުރުމަށް. އަޅުގަނޑުމެންގެ ރައީސުލްޖުމްހުރިއްޔާ އެކުލަވާލާފައިވާ، މި ތަނަށް ފޮނުވާފައިވާ ކެބިނެޓު ވަޒީރުންވެސް މަސައްކަތް ކުރަނީ ދިވެހި ރައްޔިތުންގެ ހައްގުގައި.

ތާރިގު ވިދާޅުވިއެވެ.

ރައީސުލްމްހުރިއްޔާ އާއި އެމަނިކުފާނުގެ ކެބިނެޓުވެސް މަސައްކަތް ކުރަނީ ދިވެހި ގައުމަށްޓަކައި، ރައްޔިތުންގެ ހައްގުގައިކަމަށް ފާހަގަކުރައްވާ ތާރިގު ވިދާޅުވީ، އެހެންކަމުން ވަކި ގައުމަކުން އެދޭ ގޮތަށް ވޯޓު ދޭން ނުޖެހޭކަމަށެވެ.

އެމްޑީޕީގެ ތަސައްވުރާއި، ތަރައްގީގެ ޕްލޭން ޕީޕީއެމް/ޕީއެންސީ އާއި އެއްގޮތް ނުވެދާނެކަމަށާއި، ނަމަވެސް ރައްޔިތުން ނިންމާފައިވާ ނިންމުމާއި އެއްގޮތަށް ވަޒީރުނަނަށް ރުހުން ދޭން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: