ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2021 އިން ފެށިގެން ސްކޭމްކޮށްގެން 57 މިލިއަން ނަގާފައިވޭ: ފުލުހުން

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސްކޭމްކުރާ ފަރާތްތަކުން މިހާތަނަށް ޖުމުލަ ގޮތަކަށް 50 މިލިއަނަށްވުރެ އިތުރު އަދަދެއް ދިވެހި ރައްޔިތުން އަތުން އަތުލާފައިވާކަން ފުލުހުންގެ މުއައްސަސާއިން ހާމަކޮށްފިއެވެ.

ފުލުހުންގެ މުއައްސަސާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މުއައްސަސާއިންވަނީ މިވަގުތު ތަހުގީގުތައް ކުރެވެމުންދާ ހައި ޕްރޮފައިލް ބައެއް ކޭސްތަކާއި ބޮޑެތި މައްސަލަތަކުގެ ތަފްސީލުތައް ހިއްސާކޮށްފައެވެ.

ޕީޖީ ހުސައިން ޝަމީމަށް ބަޔަކު މީހުން ހަމަލާ ދީފައިވާ މައްސަލައަށް އަލިއަޅުވާ ފުލުހުން ވަނީ ޝަމީމްއަށް ދީފައިވާ ހަމަލާއަކީ ސީރިއަސް ހަމަލާއެއްކަން ކަށަވަރުކޮށްދީފައެވެ. އަދި އެ މައްސަލަ ބެލުމަށްޓަކައި އެ މުއައްސަސާގެ ހުރިހާ ވަސީލަތްތައް ބޭނުންކުރެވިގެންދާނެކަންވެސް ހިއްސާކުރިއިރު، މިހާރު ކުރަމުންދަނީ ހަމަލާ ދިން ފަރާތްތައް އައިޑެންޓިފައިކުރުމުގެ މަސައްކަތްތައްކަން ޗީފް ސުޕަރއިންޓެންޑެންޓް އޮފް ފޮލިސް އަހުމަދު ނާފިޒް ހާމަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މާރާ މާރީ ހިންގި މައްސަލަވެސް ބަލަމުންދާކަމަށާއި މަޖިލީހުގެ އިދާރާއިންނާއި އަނިޔާތައް ލިބިފައިވާ ފަރާތުން މައްސަލަ ހުށައަޅާފައިވާއިރު އެމްޑީޕީގެ މެމްބަރުންނަށާއި އާއިލާއަށް މަރުގެ އިންޒާރު ދިން މައްސަލަވެސް ބަލަމުންދާކަމަށެވެ.

ދިވެހިރާއްޖޭގައި ހިންގާ ސްކޭމްތަކުގެ މައްސަލައާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އިކޮނޮމިކް ޑިޕާޓުމެންޓުގެ ހެޑް، ސުޕަރއިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ މިވަގުތު އެ މުއައްސަސާ އެންމެ ކަންބޮޑުވާ އެއް މައްސަލައަކީ ސްކޭމްތަކުގެ މައްސަލަކަމަށެވެ.

އޭނާ ވިދާޅުވީ، 2021 ވަނަ އަހަރުގެ ތެރޭގައި ފުލުހުންގެ މުއައްސަސާއިން އެކަމުގެ ރިކޯޑުތައް ބަލަހައްޓަން ފެށީއްސުރެ 28،003 މައްސަލައެއް ހުށައެޅިފައިވާކަމަށެވެ. އަބްދުﷲ ވިދާޅުވީ، އެކަމުގެ ތެރެއިން ރައްޔިތުންނަށް ޖުމުލަ ގޮތެއްގައި 57 މިލިއަނަށްވުރެ އިތުރު އަދަދެއްގެ ގެއްލުންވެފައިވާކަމަށެވެ.

“ސްކޭމް މައްސަލަ މިގޮތުން އަޅުގަނޑުމެންނަށް އައިޑެންޓިފައިވާންފެށި ހިސާބުން ފެށިގެން، އަޅުގަނޑުމެން ވަކިން ބަލަން ފެށީ ދެހާހުގެ ތެރޭގައި 2021 ވަނަ އަހަރުން ފެށިގެން އަޅުގަނޑުމެން ރެކޯޑު ބަލަހައްޓަން ފެށިއިރުގައި މިހާތަނަށް އަޅުގަނޑުމެންނަށް ހުށައެޅިފައި އެބައޮތް 28،003 މައްސަަލައެއް 28،003 ސްކޭމްގެ އެކި އެކި ބާވަތުގެ ސްކޭމް މައްސަލަތައް ހުށައެޅިފައިވާއިރު އޭގެ ޖުމްލަ ގެއްލުން 57،800،000 ވަރު އެބަހުރި އަރާފައި” ސުޕަރއިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު

އެ މުއައްސަސާއިން ވަނީ އެފްއޭފްއެމްގެ ހިޔާނާތުގެ މައްސަލައިގައިވެސް ބައެއް ތަފްސީލުތައް ހިއްސާކޮށްފައެވެ. ޗީފް އިންސްޕެކްޓަރ ޔޫސުފް ލޫތު ވިދާޅުވީ، ފީފާއިން ފޮނުވި ދިހަ ހާސް ޑޮލަރު ކުންފުނީގެ އިސްވެރިއެއްގެ އަމިއްލަ ކަންކަމުގައި ބޭނުންކުރިކަމުގެ ހެކިތައް ލިބިފައިވާކަމަށެވެ. އަދި ދައުވާކުރުމަށް ފޮނުވާފައިވާކަންވެސް ހާމަކުރެއްވިއިރު، ކޮވިޑް ދުވަސްވަރު އެފްއޭއެމްއަށް ލިބުނު 1.9 މިލިއަނާއި ގުޅުން ހުރި މައްސަލައިގެ ތަހުގީގުތައްވެސް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

ފުލުހުންވަނީ އެމްޕީއެލް އާއި އެފްއެސްއެމްގެ މުއައްޒަފުންތަކެއް ބައިވެރިވެގެން ހިންގި ހިޔާނާތުގެ މައްސަލައިގެ މައުލޫމާތުތައްވެސް ހިއްސާކޮށްފައެވެ. އެގޮތުން 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް އެފްއެސްއެމް މެދުވެރިކޮށް އެމްޕީއެލްއަށް ތެޔޮ ގަތުމުގެ ތެރެެއިން ޑިލިވަރީ ނުކޮށް ފައިސާ ދޫކޮށްފައިވާ މައްސަލައިގައި 119 ޑެލިވަރީ އޯޑަރަަކަށް އެމްޕީއެލްއިން އެފްއެސްއެމްއަށް ޕޭމަންޓު ހަދާފައިވާކަން ސަމާލުކަމަށް އައިސްފައިވާކަމަށެވެ.

މިގޮތުގެ މަތިން އެމްޕީއެލްގައި މަސައްކަތްކުރާ 6.7 މިލިއަނަށްވުރެ އިތުރު އަދަދެއް އެމްޕީއެލް 2 މުއައްޒަފަކާއިަ އަދ އެފްއެފްއެމްގެ 3 މުއައްޒަފެއް ގުޅިގެން ނަގާފައިވާކަމަށް ހާމަކުރިއެވެ.

މީގެ އިތުރުން ފުލުހުންވަނީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތައްވެސް ހިއްސާކޮށްފައެވެ. ޗީފް ނާފިޒް ވިދާޅުވީ، މިވީ ދެ މަހެއްގެ ތެރޭގައި ފުލުހުންވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައިކަމަށެވެ. އެގޮތުން ޖުމުލަ 29 އޮޕަރޭޝަނެއް ހިންގުނުކަމަށާއި 50 ސަފާރީއެއް ބަލާ ފާސްކުރެވުނުއިރު، އޮޕަރޭޝަންތަކުގެ ތެރެއިން ޖުމުލަ ގޮތެއްގައި 135 ދިވެއްސަކު މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަތަކުގައި ހައްޔަރުކުރެވުނުކަންވެސް ހާމަކުރެއްވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: