ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުއްޖާއަށް އަނިޔާކުރި މައްސަލަ ބަލަން ފުލުހުން އަދި ޖެންޑާގެ ހާއްސަ ޓީމެއް ރަސްދޫއަށް!

ފުލުހުން ހުޅުމާލޭގައި ހަރަކާތްތެރިވަނީ: ފޮޓޯ/ ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިސްކިތެއްގެ ތެރޭގައި ކުޑަ ކުއްޖަކަށް އަނިޔާކުރި މައްސަލަ ތަހުގީގުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތް އަދި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓްގެ އިތުރުން ޑިޕާރޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ގެ އޮފިޝަލުން ހިމެނޭ ޓީމެއް އއ ރަސްދޫގައި ހަރަކާތް ތެރިވާން ފަށަފިއެވެ.

ޗީފް ސްޕޯކްސްޕާސަން އަހުމަދު ޝިފާން ވަނީ މިކަން “ސަންގަށް” ކަށަވަރުކޮށްދެއްވާފައެވެ.

ކުޑަ ކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ރޭގެ ވަގުތެއްގައި ސޯޝަލް މީޑިއާގައި ދައުރުވީއިރު، ގިނަ ފަރާތްތަކުން އަންނަނީ މި މައްސަލަ ތަހުގީގުކޮށް، އަވަހަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.

މައްސަލައާއި ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މި މައްސަލައިގައި ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަން ފުލުހުން ކުރަމުންދާކަމަށެވެ.

މިހާތަނަށް ފުލުހުން ކުރި މަސައްކަތުން، އެކަން ކުރިކަމަށް ތުހުމަތު ކުރެވޭ ކުދިން ވަނީ ދެނެގަނެވިފައި ކަމަށާއި އެއީ 13 އަހަރު އަދި 14 އަހަރުގެ ދެ ކުދިންން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 19%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 81%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޢެއްދޮރުން ވައްދާފަ އަނެއް ދޮރުން ނެރެލާނެ. ހަނާވާނީ އާންމުން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: