ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތެރެޕިއުޓިކް ފަރުވާ ގާތުން ދެވުމުން ހެޔޮ އުފާވެރި ބަދަލުތަކެއް ވަނީ ގެނެވިފައި: ޖެންޑާ މިނިސްޓަރު

ބައިނަލްއަޤުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ޖެންޑާ މިނިސްޓަރު ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހާލަތު ރަނގަޅުކުރުމަށް މި ސަރުކާރުން ނިންމި އެންމެ މުހިންމު ސިޔާސަތަކީ ފޯމެއް ފުރާލައިގެން ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުންކަމަށް ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

2022 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރ. އަލިފުށީ ސްކޫލުގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށް ސަރުކާރުން ކުރަމުންދާ ބައެއް ކަންކަން ފާހަގަކުރައްވާފައެވެ.

އެގޮތުން 18 އަހަރުން ދަށުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލުގައި ގާއިމްކުރި ޗައިލްޑް ޑިވެލޮޕްމެންޓް ސެންޓަރ ފާހަގަކުރެއްވިއެވެ. އަދި އެކުދިންނަށް ލިބިފައިވާ ހުނަރުން އާމްދަނީ ލިބޭނެ މަގުފަހިކުރުމުގެ މަސައްކަތްތައް އަންނަނީ ކުރެވެމުންކަމަށް ވިދާޅުވެ މިނިސްޓަރު ފާހަގަކުރެއްވީ، މި ފުރުސަތުގެ ސަބަބުން އެ ފަރާތްތަކަށާއި، އެ ފަރާތްތަކުގެ އާއިލާއަށް ބޮޑު މައުނަވީ ބަދަލެއް ފެނިގެންދާނެކަމަށެވެ. އަދި އެފަދަ ކުދިން ކުރާ މަސައްކަތާއި، އުފައްދާ އުފެއްދުންތައް ފާހަގަކުރުމުގެ ގޮތުން ވަކި ހާއްސަ ލޯގޯއެއް ވަނީ ތައްޔާރުކޮށްފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށް ސަރުކާރުން ކަނޑައެޅި ސިޔާސަތުތަކުގެ ތެރެއިން އެންމެ މުހިންމު ސިޔާސަތެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ ފޯމެއް ފުރާލައިގެން ލުއި ފަސޭހަކަމާއިއެކު އެސްއެސްޓިވް ޑިވައިސްތަކާއި، ތެރެޕިއުޓިކް ފަރުވާތަކާއި، ހިދުމަތްތައް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމެވެ.

އަޅުގަނޑުމެންނަށް މިކަމުން ދަސްވި ފިލާވަޅަވަކީ މިފަދަ ވަރަށް ގިނަ ކުދިންގެ ދިރިއުޅުމަށް ތެރެޕިއުޓިކް ފަރުވާ ގާތުން ދެވުމުން ހެޔޮ އުފާވެރި ބަދަލުތަކެއް ގެނެވޭނެކަން

މިނިސްޓަރު ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އެންސްޕާއިންނާއި އާސަންދައިން ތެރެޕިއުޓިކް ހިދުމަތް ވަނީ 1300 މީހުންނަށް ފޮރުކޮށްދީފައެވެ. އަދި އެކަމަށްޓަކައި 68.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ސަރުކާރުގެ ވިސްނުން ހުރީ ރައްޔިތުންނާއި ގާތުން ހިދުމަތްދީ މުޖުތަމައުގައި އެންމެން ޝާމިލުކުރުމަށްކަމަށް ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުން ރަނގަޅުކުރުމަށްޓަކައި މިނިސްޓްރީއިން އިސްނަގައިގެން ކުރާ މުހިންމު އެއް މަސައްކަތަކީ ކޮމިއުނިޓީ ބޭސްޑް ރިހިބިލިޓޭޝަންކަމަށެވެ. އަދި މި ޕްރޮގްރާމުގެ މަގްސަދަކީ އެމީހަކު ދިރިއުޅޭ މުޖުތަމައުއެއްގައި އާންމުކޮށް ލިބެން ހުންނަ ވަސީލަތްތައް ބޭނުންކޮށްގެން އެމީހެއްގެ ޖިސްމާނީ އަދި ނަފްސާނީ ގާބިލުކަން އިތުރުކޮށް، ތަރައްގީކުރެވޭނެ މަގުފަހިކުރުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ޕްރޮގްރާމުތައް ހިންގުމުގެ ސަބަބުން އާންމު ދިރިއުޅުމަށް ބޭނުންވާ ހުނަރުތައް ދަސްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރަށު ފެންވަރުގައި ތަމްރީނު ދެވިފައިވާ، ކަމަށް ހޭލުންތެރި ބަޔަކު ތިބުމުން އެ މުޖުތަމައުއެއްގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މެދު ދެކޭގޮތް ބަދަލުވެގެންދާކަން 4 އަތޮޅެއްގައި ކުރެވުނު މަސައްކަތުން އެގިއްޖެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: