ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަަކުގެ އިނާޔަތް ބޮޑުކުރަނީ

ރައީސް އިބްރާޙިމް މުހައްމަދު ސާލިހް / ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ މާލީ އެހީގެ މިންވަރު މުރާޖައާކުރައްވައި، އިތުރު އިނާޔަތްތަކެއް ތައާރަފްކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

ރައީސް މިގޮތަށް ނިންމެވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީ މުރާޖައާކުރުމާ ގުޅޭގޮތުން ސޯޝަލް ސާވިސް މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް  ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވަޒީރުން މަޝްވަރާކުރެއްވުމަށްފަހު ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީއާ ގުޅޭގޮތުން ނިންމެވި ނިންމެވުމާ ގުޅޭ ތަފްސީލުތައް ސަރުކާރުން ފަހުން ހާމަކުރާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އެހީގެ ގޮތުގައި މަހަކު 2,000 ރުފިޔާ ދޭން ފަށާފައިވަނީ މީގެ 12 އަހަރު ކުރިންނެވެ. މިއީ އެހީ ދޭން ފެށި ފަހުން މިއެހީ މުރާޖައާކުރެވޭ ފުރަތަމަ ފަހަރެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ މާލީ އެހީގެ މިންވަރު އިތުރުކުރައްވާނެ ކަމަށް ރައީސް ސޯލިހް މީގެކުރިން ވިދާޅުވެފައިވެ އެވެ. އަދި މިމަހުގެ ތެރޭގައި އެކަމުގެ ތަފްސީލް ހާމަކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ކުރިން ވިދާޅުވެފައިވެއެވެ.

ރައީސްގެ ވާހަކަފުޅުގައި އިޖުތިމާއީ ރައްކާތެރިކަން ގާއިމްކޮށްދިނުމުގައި ކައުންސިލްތަކުން ވީހާވެސް ބޮޑަށް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގަތެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް އުވާލައި އެ ކޮމިޓީތަކިުގެ މެންޑޭޓް ކައުންސިލްތަކަށް ގެނައުމަކީ އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަކީ ފުލްޓައިމް ބައެއްގެ ގޮތުގައި ހެދުމާ ގުޅޭގޮތުން ވިސްނަންޖެހޭ ކަމަށެވެ.

ރާއްޖޭގައި 36000 އަށްވުރެ ގިނަ މީހުން ނުކުޅެދުންތެރިކަން ތަޙައްމަލް ކުރަމުން އަންނަކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ

ވަރަށް ގަދަ
14%ވަރަށް ގަދަ 71%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: