ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް ބޮޑުކުރުން: ބައެއް ގިންތިތަކަށް 6،000 ރުފިޔާ!

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދެމުން އަންނަ އިނާޔަތް ބޮޑުކުރުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދެމުން އަންނަ އިނާޔަތް ބޮޑުކޮށްފިއެވެ.

މިއީ މީގެ 12 އަހަރު ކުރިން މި އިނާޔަތް ތައާރަފުކުރުމަށްފަހު، އެއްވެސް ބަދަލެއް ގެނައި ފުރަތަމަ ފަހަރެވެ. މިކަމާއި ގުޅޭ ގޮތުން މައުލޫމާތުދެއްވަމުން ރައީސް އަފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ފާހަގަކުރިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޖެންޑަރ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ މިއަދު މިއީ ވަރަށް ދިގު އިންތިޒާރެއްގެ ނިމުމެއް އައި ދުވަހެއްކަމަށާއި، މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ގިނަ މަޝްވަރާތަކެއްކުރެވުނުކަމަށެވެ.

މިހާރު ދެމުން އަންނަ 2،000 ރުފިޔާއަކީ ކުޑަ އަދަދެއްކަމަށް ބުނެ އެތައް ބައެއްގެ ގިނަ ދުވަހެއްގެ ޝަކުވާއަކަށްފަހު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެމުން އަންނަ އިނާޔަތް މިއަހަރުގެ ތެރޭގައި ބޮޑުކުރާނެ ވާހަކަ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވީ މިއަހަރަށް އިއްވި ރިޔާސީ ބަޔާނުގައެވެ.

މި އިނާޔަތް ބޮޑުކޮށްފައިވަނީ ގިންތިކޮށެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެންސްޕާއިން ބުނީ މިހާރު ދެމުން އަންނަ 2000 ރުފިޔާގެ އިތުރުން 1000 ރުފިޔާގެ އިނާޔަތެއް ދޭން މި ސަރުކާރުން ނިންމާފައިވާކަމަށެވެ. މީގެ އިތުރަށް ލިބެނީ ވަކި ގިންތިތަކަށެވެ. އެއީ ނުކުޅެދުންތެރިކަމުގެ ސަބަބުން އަމިއްލައަށް ނޫޅެވޭ ނުވަތަ އެހެން މީހެއް ބަލަހައްޓަން ޖެހޭ މީހުންނަށެވެ. އެގޮތުން އެފަދަ ފަރާތްތަކަށް 2000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. އަދި އޭގެ އިތުރަށް ވަކި ގިންތިއެއްގެ ފަރާތްތަކަށް ނުކުޅެދުންތެރިކަމުގެ ސަބަބުން އަސާސީ ބޭނުންތަކަށް އާންމުކޮށް ބޭނުންކުރަން ޖެހޭ އިތުރު ތަކެތި، ކޮންސިއުމަބަލް ހޯދުމަށް އެހީތެރިވުމަށް 1000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. ނަމަވެސް މިއީ ހަމައެކަނި 65 އަހަރުން ދަށުގެ ފަރާތްތަކަށް ލިބޭ އިނާޔަތްތަކެކެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތަށް މިހާތަނަށް ރަޖިސްޓްރީކޮށްފައިވަނީ 11،371 މީހުންނެވެ.

މީގެ ތެރޭގައި:

  • ޖިސްމާނީ ނުކުޅެދުންތެރިކަން: 3،045 މީހުން
  • ސިކުނޑީގެ ނުކުޅެދުންތެރިކަން: 2،461 މީހުން
  • އެއް ނުކުޅެދުންތެރިކަމަށްވުރެ ގިނަ ނުކުޅެދުންތެރިކަން ހުންނަ މީހުން: 1،986 މީހުން
  • އަޑުއެހުމާއި ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަން: 1،517 މީހުން
  • ފެނުމުގެ ނުކުޅެދުންތެރިކަން: 876 މީހުން
  • އޯޓިޒަމް: 628 މީހުން- ނަފްސާނީ ނުކުޅެދުންތެރިކަން: 125 މީހުން
  • އުނގެނުމުގެ ނުކުޅެދުންތެރިކަން: 63 މީހުން

މިއަހަރުގެ މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތަށް 111.22 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: