ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖެނޑަރއިން ކުރި ޒިޔާރަތުން ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ ހިދުމަތްތައް އެނގިގެންދިޔަ: ބިގޭ

ރައީސް ސާލިހު އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖެންޑާރ މިނިސްޓްރީގެ ފަރާތުން ރ އަލިފުށީގެ ގޭގެއަށް ކުރި ޒިޔާރަތުގެ ސަބަބުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ސަރުކާރުގެ ފަރާތުން ލިބެން ހުރި ހިދުމަތްތައް ސާފުވެގެންގޮސްފައިވާކަމަށް މަޖިލީހުގެ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު(ބިގޭ) ވިދާޅުވެއްޖެއެވެ.

ބައިންލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމަށް ރ އަތޮޅު އަލިފުށީގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރަޝީދު ވިދާޅުވީ، އަލިފުށީގައި އެ ދުވަސް ފާހަގަކުރުމަށް ޖެންޑަރ މިނިސްޓަރު އައިޝަތު އަހުމަދު ދީދީ އަދި ޓީމުން ނިންމެވިކަމަކީ ރަށު ރައްޔިތުން އެކަމާއި އުފާ ފާޅުކުރާ ކަމެއްކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ފަރާތުން އެނާ ޝުކުރު އަދާ ކުރައްވާ ކަމަށް ރަޝީދު ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އަލިފުށްޓަށް ކައިރި ކައިރިން ޒިޔާރަތް ކުރެއްވުމަކީވެސް އެ ރަށުގެ ރައްޔިތުންނަށް ލިބިގެންދާ އުފަލެއް ކަމަށެވެ.

ރަސްމިއްޔާތުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތްތަކަށް އަލިއަޅުއްވައި ރަޝީދު ވިދާޅުވީ، ސްޓޭޖުގެ މަތިން ފެނިގެންދިޔައީ ނުކުޅެދުންތެރިކަން ހުންނަ ކުދިންތަކެއްގެ ކިބައިގައި ހުރި ހުނަރުކަމަށެވެ. އަދި ރ އަތޮޅަކީ ނިސްބަތުން ގިނަ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުން އަތޮޅަކަށްވުމުން ކަމާއި ގުޅޭ މުހިންމު ދުވަހެއް އެ އަތޮޅުގައި ފާހަގަކުރުމުން ކުދިންނާއި ކުދިންގެ އާއިލާތަކުގެ ހޭލުންތެރިކަން އިތުރުވެ، އަޅާލުން އިތުރުވެގެންދިއުމުގެ ފުރުސަތު ފަހިވެގެންގޮސްފައިވާކަމަށް އެނާ ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ، ޖެންޑަރ މިނިސްޓަރު އަދި އެ މިނިސްޓްރީގެ ޓީމުން ކުރެއްވި މަސައްކަތްތައް އެނާ އަށް ގާތުން ފެނިގެންގޮސްފައިވާކަމަށެވެ. އެގޮތުން ގޭގެއަށް ކުރި ޒިޔާރަތުން އާއިލާތަކުގެ ދިރިއުޅުން ހުރި ގޮތާއި ހާލަތު އަދި ކުދިން ބެލެހެއްޓުމަށް ކުރަން ޖެހޭ މަސައްކަތްތައް އެނގިގެންދިޔަކަމަށް ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، ސަރުކާރުގެ ފަރާތުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ދޭ ހިދުމަތްތައް ބެލެނިވެރިންނަށް އެނގިގެންދިޔަކަމަށެވެ. އަދި އަލިފުށީގައިވެސް ގިނަ އަދަދެއްގެ ރައްޔިތުންނަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، ސަރުކާރުގެ ފަރާތުން ލިބެން ހުރި އިނާޔަތްތަކާއި ރައްކައުތެރިކަން އަދި އެހީތެރިކަން އެނގިގެންގޮސްފައިވާކަމަށެވެ. އެނާ ވިދާޅުވީ، ގިނަ ހިދުމަތްތަކެއް ފޯރުކޮށްދީފައިވާކަމަށެވެ.

މީގެ އިތުރުން އެނާ ވަނީ، ރައީސް ސާލިހާއި އިތުރު މެހެމާނުން ވަޑައިގަންނަވާތީ އަލިފުށީގެ ރައްޔިތުން ވެފައިވާ ތައްޔާރީތަކަށްވެސް އަލި އަޅުއްވާފައެވެ. އެނާ ވިދާޅުވީ، ވެފައިވާ ތައްޔާރީތަކުން ފެނިގެންގޮސްފައިވަނީ އަލިފުށީގެ ރައްޔިތުންގެ ހުނަރުކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: