ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެވެން ހުރި މަގުތައް ބަންދުކުރުމަށް އެމްޑީޕީއިން ފުރިހަމައަށް ތާއީދުކުރާނެ: ބިގޭ

އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެވެން ހުރި މަގުތައް ބަންދުކުރުމަށް އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުން ފުރިހަމައަށް ތާއީދު ކުރާނެކަމަށް، ޕާލިމެންޓް ގުރޫޕުގެ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

މަގޫދޫ އެއާޕޯޓު މަޝްރޫއު ހުއްޓާލި މައްސަލައިގައި ހުށައެޅި ކުއްލި މައްސަލައިގެ ބަހުސްގެ ފުރުސަތުގައި ވާހަކަދައްކަވަމުން، މުހައްމަދު ރަޝީދު ވިދާޅުވީ މި މައްސަލައަކީ ދާއިރާގެ ރައްޔިތުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ހުރި މައްސަލައެއްކަމަށެވެ. މި ދާއިރާގެ މެންބަރުކަން ކުރެއްވި ބޭފުޅުންގެ ކަންބޮޑުވުންވެސް މި މައްސަލައިގައި އެބަ އޮތްކަމަށް ވިދާޅުވިއެވެ.

ސަރުކާރުން މި ނިންމުން ނިންމާފައިވަނީ އިންސާފުން ބޭރުން އުސޫލުތަކާއި ހިލާފަށްކަމަށްވެސް މުހައްމަދު ރަޝީދު ވިދާޅުވިއެވެ. 70 އިންސައްތަ މަސައްކަތް ނިމިފައި އޮތް އެއާޕޯޓެއްގެ މަސައްކަތް ހުއްޓާލުމަކީ، މިއީ މުޅި ރާއްޖޭގެ ރައްޔިތުންގެ މަސްލަހަތާއި ގުޅިފައިވާ މައްސަލައެއްކަމަށްވެސް ވިދާޅުވިއެވެ.

އެ ދާއިރާގެ އިއްޒަތްތެރި މެންބަރު އަހުމަދު ހަލީމް ފާހަގަކުރެއްވީ މިކަމާއި ގުޅޭ ގޮތުން ގާނޫނެއް ހެދުމަށްޓަކައި ބިލެއް ހުށައަޅުއްވަން ބޭނުންފުޅު ވާހަކަ، އަދި އެހެން ބޭފުޅުންވެސް ބިލުތަކެއް ހުށައަޅުއްވާ ވާހަކައާއި، ހުށައަޅުއްވައިގެން އުޅުއްވާ ވާހަކަމިތާގަ ފާޅު ކުރެއްވި ހިޔާލުފުޅެއް. އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައެއް، އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން މިފަދަ ބިލްތަކަށް ފުރިހަމައަށް ސަޕޯޓު ދޭނަން.

މިފަދަ މައްސަލަތައް ހުއްޓުވުމަށް އެޅެން ހުރި ފިޔަވަޅުތަކާއި، ހުށައެޅެން ހުރި ބިލްތަކަށް އެމްޑީޕީގެ ޕާލިމެންޓް ގުރޫޕުން ފުރިހަމައަށް ތާއީދު ކުރައްވާނެކަމަށް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ ހައްގުތަކަށް އަރައިގެނެވެން ހުރި މަގުތައް ބަންދުކުރުމަށް އެމްޑީޕީ އަބަދުވެސް އޮންނާނީ ތައްޔާރަށްކަމަށް ވިދާޅުވިއެވެ. މިފަދަ އެތައްކަމެއް މި ސަރުކާރުން ކުރަމުންދާކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ. އެގޮތުން ސިއްހީ ނިޒާމުގެ ތެރެއިންވެސް މިފަދަ ކަންކަން ހިއްގަމުންދާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: