ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެވަނަ ފަހަރަށް ފާސް ކުރި އިންތިހާބު ފަސް ކުރުމުގެ ބިލު، ރައީސް ދެން ޖެހޭނީ ތަސްދީގު ކުރަން: ބިގޭ

އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ތަސްދީގުނުކޮށް އަނބުރާ ފޮނުއްވާ ގާނޫނެއް ދެވަނަ ފަހަރަކަށް މަޖިލީހުން ފާސްކުރުމުން އެ ގާނޫނެއް ތަސްދީގުކުރައްވަން ރައީސްއަށް ޖެހިވަޑައިގަންނަވާނެކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރުމަށް ނިންމުމުން، އެ ތަސްދީގު ނުކޮށް ރައީސުލްޖުމްހޫރިއްޔާ ބިލު އަނބުރާ ފޮނުވާލާފައި ވަނީ ފަސް ނުކުތާއެއް ހިމެނުމަށް ފަހު އެވެ. އިންތިހާބު ފަސް ކުރުމަކީ، ރައްޔިތުންގެ އިތުބާރާ ގުޅުން ހުރި ބޮޑު ނިންމުމެއްގެ ގޮތުގައި ފާހަގަކޮށް އިސްލާހުތައް ހިމެނުމަށް 15ދުވަސް ފަހުން ރައީސް އެ ބިލު ފޮނުވުމުން އިތުރު އެއްވެސް ބަދަލެއް ނުގެނެސް ބިލު އަނެއްކާވެސް މަޖިލީހުން ފާސް ކުރީ 47 މެމްބަރުންގެ ވޯޓުންނެވެ.

މިއަދުގެ ޖަލްސާ ނިމުމާ އެކު އޮތް އެމްޑީޕީގެ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަޝީދު ވިދާޅުވީ، މިހާރު ސިޔާސީ ގޮތުން އެ އުފައްދަމުންދާ ސުވާލުތަކަށް އެއްވެސް ހުއްޖަތެއް ދައްކާނެ ސަބަބެއް ނެތްކަމަށެވެ. އޭނާ ވިދާޅުވީ، ތަސްދީގު ނުކޮށް އަނބުރާ ފޮނުވާލާ ގާނޫނެއް ނުވަތަ މައްސަލައެއް ދެވަނަ ފަހަރަކަށް އަދަދު ހަމަކޮށް މަޖިލީހުން ފާސްވެއްޖެއްޔާ ދެން ރައީސްއަށް އެ ގާނޫނެއް ތަސްދީގު ނުކުރައްވާ ދެއްކޭނެ އެއްވެސް ސަބަބެއް ނޯންނާނެކަމަށެވެ.

“މިހާރު މި ފާސްކުރި ފާސްކުރުމާއި ގުޅިގެން ތަސްދީގުނުކޮށް އަނބުރާ ފޮނުއްވާ މައްސަލައެއް ނޫނީ ގާނޫނެއް މަޖިލިސްއަށް އަންނަ ފަހުން ދެވަނަ ފަހަރަށް އެ އަދަދު ހަމަކޮށް ވޯޓުން ފާސްވެއްޖެ ކަމަށް ވަންޏާމުން ދެން ރައީސުލްޖުމުހޫރިއްޔާއަށް އެއްވެސް ސަބަބެއް ދެއްކެވޭކަށް ނޯންނާނެ އެ ގާނޫނެއް ތަސްދީގު ނުކުރައްވާ” މެމްބަރު ރަޝީދު

އެހެންކަމުން މިހާރު މި ފެންމަތިވެގެން އުޅޭ މައްސަލައަށް ގާނޫނީ އިމުގެ ތެރެއިން ސާފު ހަލެއް ލިބިގެންދިޔަ ތަން ފެނިގޮސްފައިވާކަމަށާއި ތިން ބާރު ވަކި ކުރެވިފައިވާ ގައުމެއްގައި އެއް ބާރުން އަނެއް ބާރަށް ނުފޫޒު ފޯރުވަމުންދާ މައްސަލައިގައި ކަންބޮޑުވެވަޑައިގަންނަވާކަމަށްވެސް ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ، އެގޮތަށް އެކަން އެއްގޮތަކަށްވެސް ނުކުރެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ. އަދި މީގެ ކުރިން މާޒީގައި ފެނިފައިވާ ފަދައިން މަޖިލީހުގެ އިންތިހާބުގައި ސަރުކާރުގެ މުއައްސަސާތަށް ހަރަކާތްތެރިކުރުވާފައިވާ ގޮތަށް އެކަން ކުރަމުންދާ މަންޒަރު އަލުން ފެންނަމުންދާކަމަށްވެސް ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ، އެމްޑީޕީއިން އެކަން ގަބޫލުނުކުރާކަމަށާއި ބަލައިނުގަންނަކަމެވެ. އަދި އެ ޕާޓީއާއި ރައްޔިތުންގެ މަޖިލީސް ބާރުވެރިކޮށް ބޭއްވުމުގެ ޒިންމާ ރައްޔިތުން ހަވާލުކޮށްފައިވާކަމަށްވުމުން އެކަން ކުރައްވާނެކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން ބުނެފައި ވަނީ ބިލު ތަސްދީގު ނުކޮށް ހިފެހެއްޓުމުގެ އިތުރު ބާރެއް ދެން ރައީސަށް ނޯންނާނެ ކަމަށެވެ. އެކަމަކު އެފަދަ ހާލަތެއްގައި ސުޕްރީމް ކޯޓަށް ވަޑައިގެންފާނަން ތޯ “ސަންގު” އިން ސުވާލު ކުރުމުން އެކަމަށް މެމްބަރުން ސީދާ ޖަވާބެއް ނުދެއްވަ އެވެ. ވިދާޅުވީ ގޮތެއް ނިންމާނީ ޕީޖީގައި މަޝްވަރާ ކުރުމަށް ފަހު މެމްބަރުން އިއްތިފާގުވާ ގޮތަކަށް ކަމަށެވެ.
އޭގެ ކުރިން ދެއްވި އޯޕެނިން ސްޓޭޓްމެންޓުގައި މަޖިލިސް ނައިބު ރައީސް އަހުމަދު ސަލީމާއި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވަނީ މަޖިލިސް އިންތިހާބުގެ ތާރީހު ބަދަލު ނުކުރާނަމަ އިލެކްޝަންސް ކޮމިޝަނުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާނެކަމަށް ބުނެފަ އެވެ. އެކަމަކު އެފަދަ ހާލަތެއްގައި ދެން އެދަނީ ގާނޫނީ ބޮޑު ހުސްކަމަކަށް ނޫން ތޯ ސުވާލު ކުރުމުން ޖަވާބުގައި ހިސާން ވިދާޅުވީ ބިލު ހިފެހެއްޓުމުގެ މާނައަކީ ރައީސުލްޖުމްހޫރިއްޔާ ގާނޫނުއަސާސީއާ ހިލާފުވުން ކަމަށެވެ. އެހެންކަމުން އޭގެ ނަތީޖާ އެނގިވަޑައިގަނަވާ ނޫން ތޯ ސުވާލު ކުރެއްވި އެވެ.
އިޝާރާތް ކުރައްވަނީ އަޒުލު ކުރުން ތޯ އަނެއްކާވެސް ސަންގުއިން ސުވާލު ކުރުމުން، އެއަށް ހިސާން ސީދާ ޖަވާބެއް ނުދެއްވަ އެވެ.
ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: