ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒު މަޖިލީހަށް އިއްވި ރިޔާސީ ބަޔާނުގައި ވަނީ ގައުމުގެ ހާލަތު އޮޅުވާލާފައި: ބިގޭ

އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން(ބިގޭ)
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މަޖިލީހަށް ހުށައެޅުއްވި ރިޔާސީ ބަޔާނުގައި ގައުމުގެ ހާލަތު އޮޅުވާލާފައިވާކަމަށް އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުގެ ލީޑަރ މުހައްމަދު ރަޝީދު ހުސައިން ވިދާޅުވެއްޖެއެވެ.

ރައިސް މުއިއްޒުގެ ރިޔާސީ ބަޔާނަށް ރައްދުދެއްވާ، މެޖޯރިޓީ ލީޑަރުގެ ހައިސިއްޔަތުން ވާހަކަދައްކަވަމުން މުހައްމަދު ރަޝީދު މިފަދައިން ވިދާޅުވީ ރައީސް މުއިއްޒު މަޖިލީހަށް އިއްވި ރިޔާސީ ބަޔާނަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތިން ޖަވާބްދާރީވެ ވަޑައިގަންނަވަމުންނެވެ.

ގައުމުގެ ހާލަތު ބަޔާން ކުރައްވާ ރައީސުލްޖުމްހުރިއްޔާ މަޖިލީހަށް ހުށައަޅުއްވަން ޖެހޭ ރިޔާސީ ބަޔާން ވާން ޖެހޭނީ ވަރަށް ފުރިހަމަ، ގައުމަށް ކުރިމަތިވެފައިވާ ކަންކަމުގެ ހަގީގަތް އެއްވެސް ފޮރުވުމެއް ނެތި މަޖިލީހަށް އިއްވާ ބަޔާނަކަށްކަމަށް މުހައްމަދު ރަޝީދު ހުސައިން ވިދާޅުވިއެވެ.

ނަމަވެސް ރައީސް މުއިއްޒު އިއްވެވި ބަޔާނުގައި ގައުމުގެ ހާލަތު ތެދުވެރިކަމާއިއެކު ބަޔާންކޮށްފައިނުވާކަމަށް ފާހަގަކޮށް މުހައްމަދު ރަޝީދު ހުސައިން ވިދާޅުވީއެ ރިޔާސީ ބަޔާނަކީ ގައުމުގެ ހާލަތު އޮޅުވާލާ ހުށައެޅި ބަޔާނެއްކަމަށެވެ.

މިއީ މިއަދު އަޅުގަނޑުމެން އިންތިހާއަށް ކަންބޮޑުވާކަމެއް. އިގްތިސާދަށް ބަލާއިރު، އިއްޒަތްތެރި ރައީސް، އިއްޒަތްތެރި މެންބަރުން، ރާއްޖޭގެ އިގްތިސާދީ ހާލަތު އަދި ފާއިތުވީ އަހަރުތަކުގައި ކަންކަން ހިނގާފައި ވާ ގޮތް ރައީސުލްޖުމްހުރިއްޔާ ބަޔާން ކޮށްފައިވަނީ މުޅިންވެސް ދޮގު މައުލޫމާތާއި، އަދި ކަންކަން މި އިއްޒަތްތެރި މަޖިލީހަށާއި ރައްޔިތުންނަށް އޮޅޭނެ ގޮތަށް.

މުހައްމަދު ރަޝީދު ހުސައިން ވިދާޅުވިއެވެ.

މިއީ ރައްޔިތުންނަށް މަކަރު ހަދައިގެން ވެރިކަމަށް އައި ސަރުކާރެއްކަމަށް އޭނާ ވިދާޅުވިއެވެ.

ނިމިދިޔަ ދައުރުގައި މުޅި ދުނިޔެވެސް މި ގަރުނުގައި ނުދެކޭފަދަ ބޮޑު ސިއްހީ އަދި އިގްތިސާދީ ކާރިސާއަކާއި ކުރިމަތިލާފައިވާކަމަށް ފާހަގަކޮށް މުހައްމަދު ރަޝީދު ހުސައިން ވަނީ ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ހާލަތަށް އަލިއަޅުއްވާލައްވާފައެވެ. ނަމަވެސް އެެ ހާލަތުން އަރައިގަނެވިފައި މިވަނީ އެކަމުގެ ހިތި އެއްވެސް ރައްޔިތަކަށް ކުރިމަތިލާން ނުޖެހޭ ގޮތަށްކަމަށް މުހައްމަދު ރަޝީދު ހުސައިން ވިދާޅުވިއެވެ. މިހާރުގެ ރައީސްވެސް އެކަން ފާހަގަކުރައްވާކަމަށާއި، ކޮވިޑް 19 އަށްފަހު ފާއިތުވީ 3 އަހަރު ރާއްޖޭގެ އިގްތިސާދު އަންނަނީ ބާރު ސްޕީޑުގައި ކުރި އަރަމުންކަމަށް އޭނާ ވިދާޅުވިއެވެ.

އެއަށްފަހު މުހައްމަދު ރަޝީދު ހުސައިން ފާހަގަކުރެއްވީ އޭރު އެމްޑީޕީގެ ސަރުކާރުން ކޮވިޑް 19 ގެ ބަލިމަޑުކަމުގައި ކުރިމަތިވީ ދަތިތަކުން އަރައިގަތުމަށްޓަކައި އެޅުއްވި ފިޔަވަޅުތަކެވެ.

ނަމަވެސް މިކަން ރައީސް މުއިއްޒު ސިފަކުރެއްވީ ސިޔާސީ ގޮތުން ކަމެއް ހާސިލް ކުރުމުގެ މަގްސަދުގައިކަމަށް ވިދާޅުވިއެވެ. އަދި އިގްތިސާދީ ހާލަތާއި ގުޅިގެން ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: