ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންނަށް ދޭންވާ ސަމާލުކަން ނުދެވުނުކަން ރައީސާއި އަރިސް މެމްބަރު ބިގޭ ގަބޫލު ކުރައްވާ!

އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިންނަށް ދޭންވާ އެންމެ ފުރިހަމަ ސަމާލުކަން ހުރިހާ ސަރުކާރުންވެސް ދީފައިނުވާ ކަމަށް ގަބޫލުކުރައްވާ ކަމަށް އަލިފުށީދާއިރާގެ މެމްބަރު މުހައްމަދު ހުސައިން ރަޝީދު (ބިގޭ) ވިދާޅުވެއްްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ގެންގުޅުނު، ބެޔަސް ނުބެޔަސް 10،000 ރުފިޔާގެ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުކިއައި އެމްޑީޕީގެ ޖަޒީރާ ރާއްޖެ މެނިފެސްޓޯގައި ހިމެނީ ގޭދޮށު މަސްފެކްޓްރީ ގާއިމު ކުރުމާއި މަހަށް ހަމަ އަގު ހޯދައި ދިނުމެވެ. އަދި ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަމަށް ބުނެ ފިޝަރީޒް މިނިސްޓަރަކަށް ކޯލިޝަން ޕާޓީ، އެމްއާރުއެމްގެ ސްލޮޓުގައި ހުންނެވި ޒަހާ ވަހީދު ރައީސް އޮފީހަށް ބަދަލުކޮށް އެ މަގާމަށް އައްޔަނު ކުރީ ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި ޑރ. ހުސެއިން ރަޝީދު ހަސަން އެވެ.

ޒަހާ މަގާމުން ވަކި ކުރުމާއި ހަމައަށް އޭނާއަކީ، އެންމެ ގިނައިން މަޖިލީހުގެ ތަޅުމަށް ހާޒިރު ކުރި ވަޒީރެވެ. އަދި އެ މަގާމަށް ޑރ. ހުސެއިން އައްޔަނު ކުރުމަށް ފަހު މިހާތަނަށް މަޖިލީހުގެ ތަޅުމަށް އެންމެ ގިނައިން ހާޒިރު ކުރި ވަޒީރަކީ އެއީ އެވެ. މަސްވެރިންނަށް ދިމާވާ ގޮންޖެހުންތަކާއި، ކަންބޮޑުވުންތައް ހައްލު ނުކުރެވުމާއި ބޭނުންވާ އައިސް ނުލިބުން އަދި މަސް ކިރުމުގައި ބޮޑެތި ދަތިތަކެއް ދިމާވަނީ ކޯލިޝަނުގެ އެހެން ޕާޓީއަކުން ވުޒާރާއާއި ހަވާލުވެ ހުރުމުގެ ސަބަބުންކަމަށް އެމްޑީޕީގެ މެމްބަރުން ވިދާޅުވެ އެވެ.

ރާއްޖޭގެ މަސްވެރިކަން ރަނގަޅުވުމާއި އެކު މަސްކިރާ އަދަދު ވަކިވަރެއްގައި ހިފެހެއްޓުމާއި އެހެން ގިނަ ދަތިތަކެއް މަސްވެރިންނަށް ކުރިމަތިވެފައި ވާތީ ކަންބޮޑުވުން ފާޅުކޮށް، މަޖިލީހަށް މިއަދު ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މައްސަލައެއް ހުށަހެޅުއްވި އެވެ. އަދި އެ މައްސަލަ މަޖިލީހަށް ބަލައިގަތުމުގެ ކުރިން، މިދިޔަ ހަފްތާގައި ވެސް މި މައުޟޫއަށް ވާހަކަ ދެކެވުނެވެ. މައްސަލަ ބޮޑުވެ، އެމްޑީޕީގެ މެމްބަރުން ވެސް ވަނީ ވަޒީރަށް ފާޑުވިދާޅުވެފަ އެވެ. އަދި ވަޒީރު މަސައްކަތް ކުރައްވަނީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ހޮރައިޒަން ފިޝަރީޒް ޕްރައިވެޓްގެ ދިފާއުގައިކަމަށް ވަނީ ވިދާޅުވެފަ އެވެ. ގއ.ހޯނޑެއްދޫން ދޫކޮށްފައިވާ ބިމުގައި ފެކްޓްރީއެއް އަޅައި، މަސްގަތުމުގެ މަސައްކަތް ހަވާލުކޮށްފައި އޮތީ އެ ކުންފުންޏާއި ނަމަވެސް މިއަދާއި ހަމައަށް މަސައްކަތް ފެށިފައި ނުވެ އެވެ.

މައްސަލައަށް ބަހުސް ކުރައްވަމުން، ރައީސް ސޯލިހާއި އަރިސް މެމްބަރެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ރަޝީދު ވިދާޅުވީ މަސްވެރިކަމުގެ މައްސަލައަކީ މާޒީވެ ދިޔަ 40 އަހަރުގެ ވެސް ކުރިން ރާއްޖޭގައި ކުރަމުން އައި މަސްވެރިކަމާއި މިހާރު ކުރަމުންދާ މަސްވެރިކަމާއި އަޅާބަލާއިރު ބޮޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާކަމަށެވެ.

” މިހާރު ރަނގަޅުކުރަންޖެހިފައިއޮތް މަސްވެރިކަމުގެ މައްސަލައަކީ މާޒީވެ ދިޔަ 40 ވަރަކަށް އަހަރަށް ވުރެވެސް ކުރިން ފެއްޓިގެން ރާއްޖެއަށް ކުރަމުންއައި މަސްވެރިކަމާ މިހާރުކުރަމުންދާ މަސްވެރިކަމާ އަޅާބަލާއިރު ގެންނަންޖެހިފައި ހުރި ބޮޑެތި ބަދަލުތަކެއްކަން އަޅުގަނޑު ގަބޫލުކުރަން. އެބަދަލުތައް ނުގެނެވި ގިނަދުވަސްތަކެއް ވެގެންމިދަނީ ހުރިހާ ސަރުކާރުތަކުންވެސް މަސްވެރިކަމަށް ދޭންވާ އެންމެ ފުރިހަމަ ސަމާލުކަން ދެވިފައިނެތުން ކަން އަޅުގަނޑުހަމަ ހިތުގެ އަޑިން ގަބޫލުކުރަން.” މެމްބަރު މުހައްމަދު ހުސައިން ރަޝީދު

ސަރުކާރުގެ ފަރާތުން ތިންވަނަ ޖީލުގެ މަސްދޯންޏެއް ފުރަތަމަ އަލަށް މިފްކޯއިން އުފައްދައިގެން ނެރެގެން ހޯރަފުށީގައި އޮތް މަސްވެރިންގެ ދުވަހު ތައާރަފް ކުރިއިރު އަމިއްލަ މަސްވެރިން، އޮޑިވެރިން އެއަށްވުރެ މާ ބޮޑެތި މަސްދޯނި ފަހަރު ހަދައިގެން ވުޖޫދަށް ނެރެ މަސްބާނަމުން ދިޔަކަމަށް ރަޝީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އޭރު ކެޕޭސިޓީ ނެތްކަމަށާއި ނަމަވެސް ކެޕޭސިޓީ އިތުރުކުރުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާކަމަށެވެ.

ފެލިވަރުގެ ސްޓޯރޭޖަކީ 500 މެޓްރިކްޓަނުގެ ސްޓޯރޭޖެއް ނަމަވެސް އެތަން 400 މެޓްރިކްޓަނުގެ ސްޓޯރޭޖަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން ދާކަމަށް ރަޝީދު ވިދާޅުވިއެވެ. ކޫއްޑޫގެ ސްޓޯރޭޖަކީ 2000 މެޓްރިކްޓަން އިން 4000 މެޓްރިކްޓަނުގެ ކޯލްޑް ސްޓޯރޭޖަކަަށް ބަދަލުރައީސް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން ސަރުކާރުން ގެންދާ ކަމަށާއި އަދި 1000 މެޓްރިކްޓަން ބްރައިން ފްރީޒިންގ ކެޕޭސިޓީ ގާއިމްކޮށްފައި ހުރިކަމަށް މެމްބަރު ވިދާޅުވިއެވެ.

ކަނޑުއޮތްގިރީގައި 200 މެޓްރިކްޓަން އަލަށް ގާއިމްކުރެވެމުންދާ ކަމަށާއި ގދ ތިނަދޫގައި 1000 މެޓްރިކްޓަން، މުލަކުގައި 500 މެޓްރިކްޓަން އާއި މީގެ އިތުރުން 50 ދޯނީގައި އާރު އެފްއެސް ޑަބްލިޔު ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތް  ސަރުކާރުން ދަނީ ކުރަމުން ކަމަށް މުހައްމަދު ހުސައިން ރަޝީދު ވިދާޅުވިއެވެ. އަދި އެސްޑީއެފްސީ ލޯނުގެ ދަށުން އާރުއެސް ޑަބްލިއު ސިސްޓަމް ތައާރަފްކުރަމުން ގެންދަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

2400 މެޓްރިކްޓަނުގެ ރީފާ ކެރިއަށް އެއް ވަނީ ރާއްޖެ ގެނެވިފައިކަމަށާއި  އޭގައި 300  މެޓްރިކްޓަނުގެ ސްޓޯރޭޖް ހުންނައިރު 100 މެޓްރިކްޓަނު ފިނިކުރެވޭ ގޮތަށް ހުންނަ ކަމަށް މުހައްމަދު ހުސައިން ރަޝީދު ވިދާޅުވިއެވެ.

ހުޅުދޫގައި 1200 މެޓްރިކްޓަންގެ ކޯލްޑް ސްޓޯރޭޖެއް ހުންނަ ކަމަށާއި އެތަނަށް އިތުރު 1500 މެޓްރިކްޓަން އިތުރު ކުރުމުގެ މަސައްކަތް ކުރެވުމުން ދާ ކަމަށާއި 600 މެޓްރިކްޓަން ބްރައިން ފްރީޒް ކުރެވެން ހުންނަ ކަމަށް މުހައްމަދު ހުސައިން ރަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: