ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރުހުން ނުދޭން ނިންމި ވަޒީރުން އަލުން އައްޔަނުކޮށް، ނަން ނުފޮނުވޭނެކަމަށް ފިލްޒާ ވިދާޅުވޭ: އެމްޑީޕީ

މަޖިލީހުގެ ކައުންސެލް ޖެނެރަލް ފިލްޒާ އާއި، މެމްބަރު ރަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރުހުން ނުދޭން ނިންމި ވަޒީރުން އަލުން އެ މަގާމަށް އައްޔަނުކޮށް، މަޖިލީހުގެ ތަޅުމަށް އަލުން އަނބުރާ ނުފޮނުވޭނެކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ލަފާ ދީފައިވާކަމަށް އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެ އެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް އާދީއްތަ ދުވަހު ތާވަލު ކުރުމުން އިދިކޮޅު މައި ޕާޓީ އެމްޑީޕީއާއި، ޑިމޮކްރެޓްސް ނިންމާފައި ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށެވެ. އެކި ފަހަރު މަތީން ވޯޓު ނެގުން ތާވަލުކޮށްގެން ހިނގައިދިޔަ ހަމަނުޖެހުންތަކުގައި މެމްބަރުން ވަނީ ބަންޑާރަ ނައިބުކަމަށް އަހުމަދު އުޝާމް އަދި، ހައުސިން މިނިސްޓަރުކަމަށް ޑރ. އަލީ ހައިދަރުގެ އިތުރުން އިސްލާމިކް މިނިސްޓަރުކަމަށް ޑރ. ޝަހީމް އަލީ ސައީދަށް ރުހުން ނުދޭން ނިންމާފަ އެވެ.

އެކަމަކު އޭގެ ފަހުން އިއްޔެގެ އިރުއޮއްސުނު ފަހުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަ އެބޭފުޅުން އަލުން މަގާމުތަކަށް އައްޔަނު ކުރައްވައި ފަތްކޮޅު އަރުވާފަ އެވެ. އަލުން ވަޒީރުންނަށް މަގާމުގެ ހުވާކުރެވިދާނެ ތޯ، ގާނޫނީ ގިނަ ސުވާލުތަކެއް އުފެދިފައި ވަނިކޮށް ރައީސުލްޖުމްހުރިއްޔާ އަޒުލު ކުރުމުގައި އަމަލު ކުރާނެ ގޮތާއި މެދު ގަވައިދަށް ގެނައި އިސްލާހު ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.

މި މައްސަލައާއި، ވަޒީރުން އަލުން އައްޔަނު ކުރުމާއި ގުޅޭގޮތުން އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަޝީދު ވިދާޅުވީ، ފެންނަނީ ތިން ބާރުގެ ތެރެއިން އެއްބާރުން އަނެއް ބާރަށް ނުފޫޒު ފޯރުވުމަށް ކުރާ މަސައްކަތް ކަމަށެވެ. އެއީ ދުސްތޫރީ ހަޔާތުގައި އަނދިރި ދުވަސްތަކެއްގެ ގޮތުގައި ސިފަކުރައްވައި ރަޝީދު ވިދާޅުވީ މަޖިލީހުގެ ކަރަންޓު ވަޔަރުތައް ވަކިކޮށް، މައިކަށް ގެއްލުން ދިނުމަކީ އުސޫލާއި ގަވައިދާ ހިލާފު އަމަލެއް ކަމަށެވެ.

މަޖިލީހުގެ ރިޔާސަތަށް ފުރުސަތު ނުދިމުގެ ގޮތުން މަޖިލީހުގެ ސަރުކާރު މެމްބަރުން ކެންޑިނޭޅި މަސައްކަތް ކުރަމުން ދިޔައިރު، ދައުރުން ބޭރުން ވަޒީރުންނަށް ރުހުން ދޭން މަސައްކަތް ފެށުމުން ވެސް އެކަމަށް ވެސް އެޅީ ހުރަސްކަމަށް ރަޝީދު ވިދާޅުވި އެވެ. އޭގެ ކުރިން އެކި ގޮތްގޮތުން އެމްޑީޕީއަށް އެ މައްސަލައިގައި ފާޑުކިއުން އަމާޒުވިކަމަށާއި، ޕާޓީގެ ޕާލިމަންޓު ގުރޫޕުގެ މަޝްވަރާތަކަށް ފަހު ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމީ ސަބަބުތަކަށް ރިއާޔަތް ކުރުމަށް ފަހުކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވި ގޮތުގައި މަޖިލީހުގެ ސަރަހައްދަށް އެއްވެ މުޒާހަރާތައް ކުރި އާންމުންގެ ތެރޭގައި ސަރުކާރުގެ އިސް މަގާމުތައް އަދާކުރަމުން ގެންދާ ނައިބު ވަޒީރުންނާއި ސިޔާސީ މަގާމުތަކުގައި ތިބި މީހުން ހިމެނެ އެވެ.

ބައެއް ވަޒީރުންނަށް ރުހުން ނުދޭން ފާސްވުމުން، ސަރުކާރުން މި ނިންމެވީ އެ ވަޒީރުންނަށް އަލުން މަގާމު ދެއްވުމަށް ފޮނުވަންކަމަށް އެނގިފައި އޮތީ… އެކަމަކު ގާނޫނު ހަދާ މަޖިލީހުން، ގާނޫނު ހަދަން ތިބި މީހުންނާއި މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ ބައްދަލުވުމެއްގައި އަޅުގަނޑުމެން ވެސް ބައިވެރިވިން، އެ މަޖިލީހުގައި ކައުންސިލް ޖެނެރަލް ވެސް ވަރަށް ސާފުކޮށް ވިދާޅުވި ރުހުން ނުލިބުނު ވަޒީރުންގެ ނަންތައް އަލުން އަނބުރާ ނުފޮނުވޭނެކަމަށް

މި މައްސަލައިގައި އަމަލު ކުރާނެ ގޮތަކާއި މެދު ގޮތް ނިންމާނީ، ރަޝީދު ވިދާޅުވި ގޮތުގައި މަޝްވަރާއަށް ފަހު ޕާލިމަންޓު ގުރޫޕަށް އެއްވެސްވެވޭ އަދި އެންމެ ރަނގަޅު ގޮތަށް ބެލުމަށް ފަހު އެވެ.

ވަރަށް ގަދަ
36%ވަރަށް ގަދަ 18%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 9%ވަރަށް ދެރަ 36%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: