ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒު އުޅެނީ ގަނޫނުއަސާސީއަށް ގޮން ޖައްސަވަން: އަނަސް

ފޮޓޯ: ވަގުތު އިމޭޖަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުޅުއްވަނީ ގާނޫނުއަސާސީއަށް ގޮންޖައްސަވާ ރައްޔިތުން މަޖިލީހުގެ ބާރުތައް އަންޑަރމައިން ކުރައްވަން ކަމަށް އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަނަސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީން ރުހުން ނުދޭން ނިންމާ ކަނޑައަޅާފައިވާ ވަޒީރުން އަލުން މަގާމަށް އައްޔަނު ކުރައްވާ ފޮނުވުމުން އޭގެން ދޭހަވަނީ ގަނޫނުއަސާސީގައި ތަސައްވަރުކޮށްފައި ވާގޮތަށް ސަރުކާރު ހިންގަން ނޫޅުއްވާ މަންޒަރު ކަމަށެވެ.

އަނަސް ވިދާޅުވީ ވަޒީރުން އައްޔަން ކުރުމުގެ މައްސަލައިގައި ސުޕްރީމް ކޯޓުން 2010 ވަނަ އަހަރު މައްސަލައެއް ހިނގައިދިޔަގޮތުގެ ސަބަބުން ކަން ކުރަންޖެހޭ ގޮތް ލިޔެފައިވާނެ ކަމަށެވެ. އެހެން ކަމުން ސަރުކާރަކާއި ހަވާލުވެގެން ބަޔަކު އަންނައިރު މިފަދަ ކަންކަން ދުރާސާ ކުރަން ޖެހޭ ކަމަށް އަނަސް ވިދާޅުވިއެވެ.

އަނަސް ވިދާޅުވީ އެއްބާރު އަނެއް ބާރާއި ތަޅާފޮޅުން ފެށުމުން ކަން ހިނގާފައިވާގޮތަ މީގެ ކުރިންވެސް ފެނިފައިވާ ކަމަށެވެ.

ދައުލަތަށް އަރަނީ ކިހާވަރެއްގެ ލޮޅުމެއް ކަންވެސް އެނގޭނެ

މިއިން ކޮންމެ ފަހަރަކުވެސް ގަދަވެގެން ދަނީ ރައްޔިތުންގެ ބާރުކަން ވެސް އެނގިވަޑައިގަންނަވާ ކަމަށް އަނަސް ވިދާޅުވިއެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް އާދީއްތަ ދުވަހު ތާވަލު ކުރުމުން އިދިކޮޅު މައި ޕާޓީ އެމްޑީޕީއާއި، ޑިމޮކްރެޓްސް ނިންމާފައި ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށެވެ. އެކި ފަހަރު މަތީން ވޯޓު ނެގުން ތާވަލުކޮށްގެން ހިނގައިދިޔަ ހަމަނުޖެހުންތަކުގައި މެމްބަރުން ވަނީ ބަންޑާރަ ނައިބުކަމަށް އަހުމަދު އުޝާމް އަދި، ހައުސިން މިނިސްޓަރުކަމަށް ޑރ. އަލީ ހައިދަރުގެ އިތުރުން އިސްލާމިކް މިނިސްޓަރުކަމަށް ޑރ. ޝަހީމް އަލީ ސައީދަށް ރުހުން ނުދޭން ނިންމާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: