ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރުހުން ނުލިބުން ތިން ވަޒީރުންގެ ރުހުން ހޯދުމަށް އަލުން މަޖިލީހަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން ކަމަށްވާ ބަންޑާރަނައިބު އަހުމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން ހޯދުމަށް އަލުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއ ޖެނުއަރީ މަހުގެ 29 ގައި ވަޒީރުންނަށް ރުހުން ދިނުމަށް ވަނީ ބައްވާފައެވެ. އެ ޖަލްސާ ކުރިއަށް ނުގެންދެވި މެންބަރުންގެ ތރޭގައި ވަނީ ހަމަނުޖެހުންތަކެއްވެސް ހިނގާފައެވެ. ތިން ވަޒިރުން ފިޔަވާ އެހެން ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުން ވަނީ ފާސްވެފައެވެ. ނަމަވެސް މަޖިލީހުގައި ރުހުން ނުލިބުން ތިން ވަޒީރުން ރައީސް ވަނީ އަލުން މަގާމަށް އައްޔަނު ކުރައްވާފައެވެ.

މަޖިލީހުން ރުހުން ނުދިން ތިންވަޒީރުން އަލުން މަގާމަށް އައްޔަނު ކުރުމަކީ ގާނޫނުއަސާސީއަށް ގޮންޖެއްސެވުން ކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ މެންބަރުން ވަނީ ސިފަކުރައްވާފައެވެ.

މަޖިލީހުން ވަޒީރަކަށް ރުހުން ނުލިބިއްޖެ ހާލަތެއްގައި ދެން ކަން ކުރާނެގޮތެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް 2010 ވަނަ އަހަރު ސުޕްރީމް ކޯޓުން މިފަދަ މައްސަލަޔަކާއި ގުޅިގެން ކޮށްފައިވާ ހުކުމުގައި ވަނީ ރުހުން ނުލިބިއްޖެ ހާލަތުގައި ވަޒީރުންގެ މަގާމުގައި ނުތިބެވޭނެ ކަމަށެވެ. އެހެންކަމުން މި މައްސަލަ އާއި ގުޅިގެން ގާނޫނީ ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ.

ޤާނޫނު އަސާސީއާ ޚިލާފަށް ވަޒީރުން އަލުން އައްޔަންކުރުމަށްފަހު ހުވާ ކުރި ކަމަށް ބުނެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ މަޖިލީހަށް ޤަރާރެއް ހުށަހަޅާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނޭ ވަޒީރުންގެ ތެރެއިން 4 ވަޒީރަކަށް ރުހުން ނުދިނުމަށް އެމްޑީޕީ އަދި ޑިމޮކްރެޓްސްއިން ނިންމި ނަމަވެސް ވިޕްލައިނާ ޚިލާފަށް ބައެއް މެންބަރުން ވަނީ ވަޒީރުންނަށް ރުހުން ދީފައެވެ. އެހެންކަމުން މަޖިލީހުން ރުހުން ނުލިބުނީ ތިން ވަޒީރަކަށެވެ.

އުޝާމަށް ރުހުން ނުދޭން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 64 މެމްބަރުންގެ ތެރެއިން 44 މެމްބަރުން އެގޮތަށް ވޯޓު ދެއްވައިގެންނެވެ. އޭނާއަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ 24 މެމްބަރުންނެވެ. ޑރ.ޝަހީމަށް ރުހުން ދޭން ނުފެންނަ ކަމަށް، 31 މެމްބަރަކު ވޯޓު ދެއްވި އިރު އޭނާއަށް ރުހުން ދޭން ނުފެންނަ ކަމަށް، 30 މެމްބަރަކު ވޯޓު ދެއްވި އެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވައި އަށް މެމްބަރަކު ތިއްބެވި އެވެ. ހައިދަރަށް ރުހުން ދޭން ނުފެންނަ ކަމަށް 46 މެމްބަރަކު ވޯޓު ދެއްވި އިރު އޭނާއަށް ރުހުން ދޭން ނުފެންނަ ކަމަށް 24 މެމްބަރަކު ވޯޓު ދެއްވި އެވެ.

އީވާ ހުށަހެޅި ޤަރާރުގައި ބުނާގޮތުން މިއީ ސަރުކާރަށް އޮތް އިތުބާރު ގެއްލި މަޖިލީހަށް ދީފައިވާ ބާރު ކަނޑުވާލުން ކަހަލަ ކަމެެކެވެ. އަދި ރައީސް ގެ ފުރަތަމަ ރިޔާސީ ބަޔާނަށްފަހު މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ވަޒީރުން އަލުން މަގާމަށް އައްޔަނު ކުރައްވާފައިވާ މައްސަލައަށް އިޝާރާތްކުރައްވާ ވާހަކަ ދައްކަވާފައެވެ. އަސްލަމް ވިދާޅުވީ ދައުލަތުގެ ތިން ބާރަކީ ވަކި ކުރެވިފައިވާ ތިން ބާރު ކަމަށެވެ. އެހެން ކަމުން އެއްބާރުން އަނެއްބާރަށް އެ ބާރުތަކުގެ ވަރު ދައްކައިގެން ލިބޭނެ ހެވެއް ނުވަތަ މޮޅެއް ނޯންނާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ކޮންމެ ބާރަކުންވެސް އެ ބާރަކަށް ކަނޑައަޅައިފައިވާ ތަރަހައިގެ ތެރޭގައި ގާނޫނުއަސާސީ އާއި ގާނޫނީ ހަމަތަކުން ނިންމާ ނިންމުންތަކަށް އެހެން ބާރުތަކުން އިހުތިރާމް ކުރަން ޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ. އެކަން އެ އުސޫލުން ނުކުރުމަކީ ދައުލަތުގެ ހަމަ ގެއްލިގެން ހިނގައިދާނެ ސަބަބެއްކަމަށާއި އަދި އެއީ ދައުލަތަށް އެންމެ ފައިދާ ހުރި ގޮތެއް ނޫންކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: