ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

3 ރައީސެއްގެ ސެކްރެޓޭރިއޭޓްކަން ކުރެއްވި ފާތޭ މަޖިލީހުގެ ޗީފް އޮފް ބިއުރޯގެ މަގާމަށް!

ކުރީގެ 3 ރައީސެއްގެ ސެކްރެޓޭރިއޭޓްކަން ކުރައްވާފައިވާ ފާތިމަތު މުހައްމަދު ސޯލިހު (ފާތޭ)،
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ 3 ރައީސެއްގެ ސެކްރެޓޭރިއޭޓްކަން ކުރައްވާފައިވާ ފާތިމަތު މުހައްމަދު ސޯލިހު (ފާތޭ) ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯގެ މަގާމަށް އައްޔަން ކުރައްވައިފިއެވެ.

ދައުލަތަށް ހިދުމަތް ކުރެއްވުމުގެ މަސައްކަތް ފާތިމަތު ފެއްޓެވީ މީގެ 37 އަހަރު ކުރިން ފެބްރުއަރީ 1986 ގައެވެ. އޭނާ ވަނީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްއާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިތުރުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެވެސް ސެކްރެޓޭރިއޭޓްކަން ކުރައްވާފައެވެ. ރާއްޖޭގައި 30 އަހަރުގެ ދިގު މުއްދަތެއްގައި ވެރިކަން ކުރެއްވި ރައީސް މައުމޫނުގައި އަރިހުގައި ގިނަ ދުވަސްތަކެއް މަސައްކަތް ކުރައްވާފައިވާ ފާތިމަތު އަކީ ރައީސް ސާލިހުގެ އެއްބަނޑުއެއްބަފާ ކޮއްކޯފުޅެވެ.

ރައީސް ސާލިހުގެ ވެރިކަން ނިމުމާއިއެކު ފާތިމަދު ވަނީ ރައީސް އޮފީހުން ވަކިވެވަޑައިގެންފައެވެ.

މަޖިލީހުގެ އިދާރާގެ ޑިރެކްޓަ އޮފް ކޮމިއުނިކޭޝަންސް ހަސަން ޒިޔާއު މީޑިއާތަކަށް މައުލޫމާތުދެއްވާފައިވާ ގޮތުގައި، އެ އިދާރާގެ ޗީފް އޮފް ބިއުރޯގެ މަގާމަށް ފާތިމަތު އައްޔަން ކުރެއްވީ މަޖިލިހުގެ ރައީސްގެ މަސައްކަތްތަކަށް މުވައްޒަފުން ކަނޑައަޅަން މަޖިލީހުގެ ގަވާއިދުގެ ދަށުން މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: