ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަފީރުންގެ ގޮތުގައި ނިމިދިޔަ ސަރުކާރުން ފޮނުވި ނަން އަނބުރާ ނަގައިފި

މަޖިލީހުގެ 25 ވަނަ ޖަލްސާ ކުރިއަށް ދަނީ ފޮޓޯ: ރައްޔިތުންގެ މަޖިލީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބައެއް މުއައްސަސާތަކަށް އަދި ޤައުމުތަކުގެ ސަފީރުންގެ ގޮތުގައި އައްޔަންކުރަން ކުރީ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ނަންތައް މި ސަރުކާރުން އަނބުރާ ނަގައިފައިވާކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި މިއަދު 33 މެންބަރުން ތަޅުމަށް ވަޑައިގެންނަވާފައި ވާއިރު ގިން މަސައްކަތްތަކެއް އެޖެންޑާ ކުރެވިފައިވެއެވެ. އެގޮތުން އަސްލަމް ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އަށް އައްޔަން ކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުވި ނަންތައް މި ސަރުކާރުން އަނބުރާ ގެންދަވާފައިވާ ކަމަށެވެ. އަދި ރައީސް ސޯލިހު ނަން ފޮނުވި ހަތަރު ސަފީރެއްގެ ނަންތައް ވެސް އަނބުރާ ގެންގޮސްފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މަޖިލީހަށް ފޮނުވާފައިވާ ސަފީރުންގެ ތެރޭގައި ޕާކިސްތާނަށް ކަނޑައެޅި ސަފީރު ސެލީނާ ހަދީޖާ ނަޖީހާއި، ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކަނޑައެޅި ސަފީރު މިދްފާ ނައީމް އާއި، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އަށް ކަނޑައަޅާފައިވާ ސަފީރު ހުދާ އަލީ ޝަރީފްގެ އިތުރުން ބަންގްލާދޭޝް އަށް ކަނޑައެޅި ސަފީރު ޝިއުނީން ރަޝީދުގެ ނަން މިސަރުކާރުން ވަނީ އަނބުރާ ގެންގޮސްފައެވެ.

އަސްލަމް ފާހަގަކުރެއްވީ މިއަހަރު އޭޕްރިލް މަހު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް އައްޔަން ކުރައްވާފައިވާ ފާތިމަތު ޝިވްރީން އާއި މެއި މަހު އައްޔަން ކުރެއްވި މުހައްމަދު އާޒާދަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނިކޮށް އެ ދެބޭފުޅުން ވެސް މިހާރު އެ މަގާމްތަކުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

މި ނަންތައް އަނބުރާ ނެންގެވުމަށް ރައީސް ޑރ. .މުހައްމަދު މުއިއްޒު މިމަހު 22 ވަނަ ދުވަހު މަޖިލީހަށް ސިޓީފުޅެއް ފޮނުވާފައިވާކަން އަސްލަމް ވަނީ މަޖިލިސް ފައްޓަވަމުން އިއުލާންކުރައްވާފައެވެ. މީގެއިތުރުން މަޖިލީހުގެ ދައުރު ނިމިގެންދއިރުވެސް ނުނިމި ގިނަ މަސައްކަތްތަކެއް ހުރުމާއި ގުޅިގެން ދައުރުގެ މުއްދަތު ހަތެއް ޑިސެމްބަރުގެ ނިޔަލަށް އިތުރުކުރުމަށް ނިންމާފައިވާކަންވެސް އަސްލަމް އިއުލާންކޮށްލިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: