ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވެސް ހަމައެއް ލަމައެއްނެތި ރައީސް އަޒުލު ނުކުރެވޭނެ: ޑރ. ޝަހީމް

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިމިޤުރާޠީ ހަމަތަކުގެ މަތިން ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައީސުލްޖުމުހޫރިއްޔާއަކު އެއްވެސް ހަމައެއް ލަމައެއްނެތި އަޒުލެއް ނުކުރެވޭނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރައިސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކު އަޒުލު ކުރެވެނީ މަޖިލީހުގެ 3 ބައި ކުޅަ ދެ ބައިގެ ވޯޓާއިއެކުގައެވެ. ސަރުކާރާއި ގުޅުމަށް 7 މެންބަރަކު އިސްތިއުފާދެއްވުމާއިއެކު އެމްޑީޕީއިން ވަނީ މަޖިލީހުގައި މެންބަރުންގެ އަދަދު ގުނާ ގޮތް ބަދަލުކޮށް އިސްލާހެއް ގެނައިސްފައެވެ.

އެގޮތުން މިހާރު އަދަދު ގުނަނީ އެ ހަތް މެންބަރުން ނުލައެވެ. އެހެންކަމުން މަޖިލީހުގައި ތިއްބަވާނީ 80 މެންބަރުންކަމަށްވާއިރު، ރައީސް އަޒުލުކުރުމަށް ބޭނުންވާ 54 މެންބަރުންގެ ވޯޓެވެ. މި އިސްލާހު ގެނައިރު އެމްޑީޕީގެ މެންބަރުން މަޖިލީހުގައި މި އަދަދަށް ތިއްބެވިއެވެ.

ނަމަވެސް އޭގެ ފަހުން 13 މެންބަރަކު އެމްޑީޕީއާއި ވަކިވެވަޑައިގެންފައިވާތީ، މިހާރު މަޖިލީހުގައި ތިއްބަވާނީ އެމްޑީޕީގެ 44 މެންބަރެކެވެ. ޑިމޮކްރެޓްސްއާއި އެމްޑީޕީއިން ގުޅިގެން މަސައްކަތް ފަށާފައިވާއިރު، ޑިމޮކްރެޓްސްގައި ތިއްބެވި 13 މެންބަރުންގެ ސޮޔާއިއެކު މި އަދަދު ހަމަވާނެއެވެ.

ރަނގަޅު ދަނޑިވަޅަކާއި ދިމާކޮށް މި މައްސަލަ މަޖިލީހަށް ވައްދާނެކަމަށް އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ޑރ ޝަހީމް ވިދާޅުވީ ދިމިޤުރާޠީ ހަމަތަކުގެ މަތިން ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައީސުލްޖުމުހޫރިއްޔާއަކު އެއްވެސް ހަމައެއް ލަމައެއްނެތި އަޒުލު ނުކުރެވޭނެކަމަށެވެ.

ޤާނޫނީ ވެރިކަން ހިންގަން ފުރުޞަތު ދޭންޖެހޭނެކަމަށްވެސް ވިދާޅުވިއެވެ. ރައީސް ޑރ މުއިއްޒު ވެރިކަން ކުރައްވަމުންގެންދަވަނީ ރައްޔިތުންނާއި ޤައުމަށްޓަކައިކަމަށް ޝަހީމް ވިދާޅުވިއެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ ޑރ ޝަހީމްއަށް ވަޒީރުކަމަށް ރުހުން ނުދިނުމަށް ނިންމާފައިކަންވެސް ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: