ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމާމުކަމުގެ ދާއިރާއިން ޒުވާން ޖީލެއް ބިނާ ކުރުމަކީ އަމާޒެއް: ޑރ ޝަހީމް

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިމާމުކަމުގެ ދާއިރާއިން ޒުވާން ޖީލެއް ބިނާ ކުރުމަކީ އަމާޒުކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޒުވާން ޚަތީބުންގެ ޕްރޮގްރާމާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއީ ވަރަށް މާތް މަގުސަދެއްގައި ކުރިއަށް ގެންދެވޭ މަޝްރޫއުއެއްކަމަށެވެ.

ރަށް ރަށަށް ކުރެވިގެން ދިޔަ ދަތުރުތަކުން އެނގިގެން ދިޔައީ ޒުވާން ހަތީބުން ނެތްކަންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓްރީއާއ ބައްދަލުކޮށް ޚަތީބުންގެ މަދުކަން ކައުންސިލްތަކުންވެސް ފާހަގަކުރާކަމަށް ވިދާޅުވިއެވެ.

މި ދާއިރާގައި ޒުވާނުން ކުރި އަރުވަން ޖެހޭކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ގްރޭޑް 8،9،10 އަދި މަތީ ސާނަވީގައި އިސްލާމީ މުޤައްރަރު ވަރަށް ރަނގަޅުކަމަށެވެ. އެހެންކަމުން ޒުވާން ކުދިން ސްކޫލު ނިމޭއިރު އެމީހުންނަކީ އިމާމުކަން ކުރުމަށް ތައްޔާރަށް ތިބި ބައެއްކަމަށާއި، ތަމްރީނާއިއެކު އެކަން ކުރެވޭނެކަމަށް ވިދާޅުވިއެވެ.

މާލެ އަދި އަތޮޅު ތެރެއަށްވެސް ހާއްސަކޮށް ފަށާފައިވާ މި ޕްރޮގްރާމްގައި މޮސްކް މެނޭޖްމަންޓް، ހުތުބާ ކިޔުމުގެ ފަންނު، ޖަނާޒާގެ ކަންކަން، އިމާމުގެ އަހުލާގު، މިސްކިތުގެ ދައުރު، ނަމާދު ފިގުހުގެ ދާއިރާއިން ތަމްރީނު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއްވެސް އިމްތިހާނެއް ނޯންނައިރު، ގްރޭޑް 10، 11، 12 ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް، ހުތުބާ ކިއުމުގެ ހުއްދަ ދިނުމަށް އިސްލާމިކް މިނިސްޓްރީއިން ނިންމާފައިވާކަން ފާހަގަކުރެވެއެވެ. އެއީވެސް ޒުވާން އިމާމުންނާއި ހަތީބުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އެޅުއްވި ފިޔަވަޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: