ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރުހުން ނުދިން ވަޒީރުން އަލުން އައްޔަނު ކުރީ ގާނޫނާ ހިލާފަށްކަމަށް ބުނެ މައްސަލަ މަޖިލީހަށް!

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތްކަމަށް ފާސްކުރި ތިން ވަޒީރުން އަލުން މަގާމަށް އައްޔަނު ކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަޖިލީހަށް ހުށަހަޅައިފި އެވެ.

މައްސަލައިގައި ހުށަހަޅާފައިވާ ގަރާރުގައި ވަނީ، ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހަށް ރުހުން ހޯދުމަށްޓަކައި މަޖިލީހަށް ވެރިކަމުގެ ހުވާ ކުރެއްވިތާ ތިން ދުވަސް ފަހުން ފޮނުވާފައިވާ ކަމަށެވެ. އަދި އެކަމާއި މެދު ގޮތެއް ނިންމުމަށް މި މަހުގެ 29 ގައި ތާވަލުކުރުމުން މެމްބަރުންގެ ވޯޓުން ތިން ވަޒީރެއްގެ މައްޗަށް ރުހުން ނެތްކަމަށް ފާސްވި ކަމަށެވެ.

މި ގަރާރުގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގައި ރައީސުލްޖުމްހޫރިއްޔާ ހަވާލު ކަންތަކާއި ގާނޫނުއަސާސީންނާއި ގާނޫނުން ހަވާލުކުރެވޭ ކަންތައްތައް ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ މަޖިލީހެއް އޮންނަން ވާނެކަމަށް ވާކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ ވަޒީރުންނަށް ރުހުން ހޯދުމަށް އެ މާއްދާގެ (ށ) ގައި ބުނާއިރު އެ ނަންތައް އައްޔަނު ކުރާތާ ހަތް ދުވަހުގެ ތެރޭގައި މަޖިލީހަށް ރުހުން ހޯދަން ފޮނުވަން ޖެހޭކަން އީވާ ފާހަގަކުރި އެވެ.

ގާނޫނު ބަޔާން ކުރާ ގޮތަށް ރައީސް ނަންތައް ފޮނުވުމުން، ތިން ވަޒީރަކަށް ރުހުން ދޭން ނުފެންނަކަމަށް ފާސްވިއިރު އަލުން އެބޭފުޅުން މަގާމަށް ރައީސް އައްޔަނު ކުރެއްވިކަމަށް ގަރާރުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: