ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް މެމްބަރުންނަށް އަނިޔާވެ، މަރުގެ އިންޒާރުތައް ދިން މައްސަލަ ބަލަނީ

އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުކުރާ ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓު ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާގައި މެމްބަރުންނަށް އަނިޔާވި މައްސަލައިގެ ރިޕޯޓު ލިބިފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ވަޒީރުންނަށް ރުހުން ދިނުމާއި މެދު ގޮތެއް ނިންމުމަށް އާދީއްތަ ދުވަހު މަޖިލީގައި ކުރިޔަށް ދިޔަ ޖަލްސާގައި ހަމަނުޖެހުންތަކެއް ހިނގައި މެމްބަރުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ. އެ ދުވަހުގެ ޖަލްސާ ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރުމުން މެމްބަރުން ވަނީ މަޖިލީހުގެ ބައެއް ތަކެއްޗަށް ގެއްލުންވާ ގޮތަށް އަމަލުކޮށް މައިކުތައް ވެސް ނަގާފަ އެވެ.

ޖަލްސާ ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރުމުގެ ތެރޭގައި މަޖިލީހުގެ ކަންޑިތީމު ދާއިރާގެ މެމްބަރު ޝަހީމަށް އެކިވަރުގެ އަނިޔާތައް ލިބި އޭޑީކޭއަށް ގެންގޮސް ވަނީ ފަރުވާދީފަ އެވެ. ޝަހީމަށް އަނިޔާވީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އީސަ ދެމެދު ހިނގައިދިޔަ ކަންތަކެއްގެ ތެރެއިންނެވެ.

އެ މައްސަލަ މެމްބަރުންގެ ފަރާތުން ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާތީ ބަލައި ތަހުގީގު ކުރަން ޖެހޭ ކަންކަން ކުރިޔަށް ގެންދާކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނެފައި ވަނީ މެމްބަރުންނަށް މަގުމަތިން ދިމާކޮށް، ފުރައްސާރަ ކުރުމާއި މަރުގެ އިންޒާރުތައް ލިބެމުން ދާތީ އެ މައްސަލަ ވެސް ލިބިފައިވާ ކަމަށެވެ.

މި މަހުގެ 28 ވަނަ ދުވަހު ވަޒީރުންނަށް ރުހުން ދިނުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގައި ހިނގަމުން ދިޔަ މަސައްކަތްތަކުގެ ތެރޭގައި އެ މަޖިލީހުގެ އިދާރާގެ ތެރޭގައި ހިނގައިދިޔަ ބައެއް ޙާދިސާތަކާއި ގުޅިގެން މެމްބަރުންނަށް އަނިޔާވެގެން އަޅުގަނޑުމެންނާ ހަމައަށް މަޖިލީހުގެ ފަރާތުންނާ އަދި މެމްބަރުންގެ ފަރާތުން ހުށަހަޅާފައި ވާތީ އެ މައްސަލަ ވެސް މިދަނީ ބަލަމުން… އޭގެ ތެރޭގައި އަނިޔާވި މެމްބަރުންނާ، އެ މެމްބަރުންނަށް އިންޒާރުގެ މެސެޖުތައް ލިބުމާ ގުޅިގެން ކަންބޮޑުވުންތައް ހުރެގެން ރައްކާތެރިކަމަށް އެދި ހުށަހަޅާފައިވާ މައްސަލަތައް ވެސް ހިމެނޭ

ފުލުހުން ބުނީ މަރުގެ އިންޒާރު ލިބުމާއި، އަދި އެ ނޫން ވެސް ގޮތްގޮތުން ރައްކާތެރިކަމަށް އެދި ހުށަހެޅި މެމްބަރުންނަށް ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަމުގެ މައުލޫމާތުތައް ކަމާއިބެހޭ ފަރާތްތަކާއި ހިއްސާކޮށްފައިވާ ކަމަށެވެ.

އެ ދުވަހުގެ ޖަލްސާ ކުރިޔަށް ދިޔަ ވަގުތު ގްރީން ޒޯނަކަށް އާންމުން އެއްވެ މުޒާހަރާ ކުރަމުން ދިޔައިރު ފުލުހުން ގާނޫނީ ޒިންމާ އަދާނުކުރާ މައްސަލަ ވެސް ވަނީ މަޖިލީހުގެ 241 ކޮމިޓީއަށް ހުށަހަޅާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: