ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރުގެ އަސްކަރީ އުޅަނދުން ވަނީ ދިވެހި މަސްދޯންޏަށް އަރައި ފަޅުވެރިންނާ ސުވާލުކޮށްފައި: ޝިޔާމް

އަސުރުމާ-3 ދޯނި ހއ .ތުރާކުނުގެ އިރުމަތިން 72 މޭލު ބޭރުގައި
ޝެއާރކޮށްލާ ކަހަލަދޯ؟

އަވައްޓެރި އިންޑިއާގެ ސިފައިންތަކެއް ބޯޓެއްގައި ދިވެހިރާއްޖޭގެ މަސް ދޯންޏަކަށް އެރިކަމަށް ބެލެވޭތީ އެކަމާއި މެދު ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް ކަންބޮޑުވުންފާޅު ކުރައްވައިފި އެވެ.

ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ވަނިކޮށް، ބޭރުގެ އަސްކަރިއްޔާގެ ބޯޓެއް އެރިކަމުގެ މައުލޫމާތު ލިބުނުކަން ހާމަކުރީ އެމްއެންޑީއެފުންނެވެ. އެމްއެންޑީއެފުން ބުނީ ބޭރުގެ އަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން މަސްދޯންޏަށް އެރިކަމުގެ ރިޕޯޓު ލިބިގެން އެ ދޯނި އޮތް ސަރަހައްދަށް ދަތުރު ކުރަމުންދާ ކަމަށެވެ.

ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެއީ އދ. މަހިބަދޫގެ މަސްދޯންޏެއްކަމަށް ވާ އަސުރުމާ 3 ނަމަކަށް އުޅަނދެކެވެ.

ސޯޝަލް މީޑިއާގައި ވާގޮތުން މަސް ދޯންނަށް އަރާފައި ވަނީ އިންޑިއާ ނޭވީ ސިފައިންނެވެ.

ސިފައިން އެރުން ކުށްވެރި ކުރައްވައި ޝިޔާމް ވިދާޅުވީ އަސުރުމާ-3 ދޯނި ހއ. ތުރާކުނުގެ އިރުމަތިން 72 މޭލު ބޭރުގައި ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް ބޭރު ޤައުމެއްގެ އަސްކަރީ އުޅަނދަކުން އަސުރުމާ 3 އަށް އަރައި ފަޅުވެރިންނާ ސުވާލު ކުރިކަމަށެވެ. އަދި މިނިސްޓަރ ވިދާޅުވިގޮތުގައި އުޅަނދު ހަރަކާތްތެރި ވަމުން ދިޔައީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިކަން މިނިސްޓްރީގެ ވެސަލް މޮނީޓަރިންގ ސިސްޓަމްއިން ކަށަވަރުވެއެވެ. އަދި މިހާދިސާއާ ގުޅިގެން ކޯސްޑްގާޑާއި އުޅަނދުގެ ވެރިފަރާތާއި އެކު ގާތުން މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 13%ބޮޑު ޖޯކެއް 13%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ކޮންކަހަލަ ޓްރެކިން ޑިވެއިސް އެއް ތި ދޯނީގައި ހުރީ އެނގޭގޮތައް ކިޔާ ޟިޔާމް

  2. ފިޟަރީޒް މިނިސްޓްރީ ގައި ޑިވައިސް ބަހައްޓައިގެން މަސްވެރިން އުޅޭ ގޮތް ބަލަނީދޯ ބޯ ހަލާކު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: