ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިފައިން މަސްދޯނިތަކަށް އެރި މައްސަލައިގައި އަދިވެސް އިންޑިއާ ޖަވާބެއް ނުދޭ!

ބޯޓުގައި ތިބިކަމަށް ބުނާ ސިފައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ބައިނަލްއަޣުވާމީ ކަނޑުތަކުގެ ގާނޫނާއި ގަވައިދުތަކާއި ހިލާފުވެ އިންޑިއާގެ ކޯސްޓުގާޑު ބޯޓަކުން ރާއްޖޭގެ މަސްދޯނިތަކަށް އަރައި ސުވާލު ކުރި މައްސަލައިގައި ލިއުމުން ޖަވާބުދާރީވުމަށް އެދި ދިވެހި ސަރުކާރުން އެދުމުން ވެސް އެކަމަށް އެއްވެސް އިޖާބައެއް ނުދޭކަން އެނގިއްޖެ އެވެ.

އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖޭގެ މަސްދޯނިތަކަށް އަރައި ސުވާލު ކުރިކަމަށް ސޯޝަލް މީޑިއާގައި އާންމުވިތާ މާގިނައިރުތަކެއް ނުވެ އެމްއެންޑީއެފް ވެސް ވަނީ ރަސްމީކޮށް އެފަދަ ރިޕޯޓެއް ލިބިގެން ވަގުތުން އެ ސަރަހައްދަށް ގޮސްފަ އެވެ. އެކަމާއި ގުޅޭގޮތުން ހުކުރު ދުވަހުގެ ރޭ އާންމު ކުރި ބަޔާނެއްގައި އެމްއެންޑީއެފް ބުނެފައި ވަނީ އެކަމުގެ ތަފްސީލު ދޭން އެދި ރާއްޖޭގެ ފޮރިން މިނިސްޓްރީން އެ ގައުމަށް ރަސްމީކޮށް ފޮނުވާފައިވާކަމަށެވެ. އެކަމަކު އެ ސިޓީއަށް 48 ގަޑިއިރު ވިއިރު ވެސް އެއްވެސް ޖަވާބެއް ނުލިބޭކަން ވަނީ އެނގިފަ އެވެ.

މި މައްސަލައިގައި އިންޑިއާ ސަރުކާރުން ވެސް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައި ތިން ދޯންޏަކަށް އަރައި ސުވާލު ކުރި މައްސަލަ ގޯސްވެފައި ވަނިކޮށް ސިފައިން ވަނީ އަނެއްކާވެސް ރޭ ދަންވަރުގެ ވަގުތެއްގައި ދޯންޏެއް ހުއްޓުވައި ސުވާލުކޮށްފަ އެވެ.

އާންމުވެފައިވާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި އެ މީހުން ތިބީ ހަތިޔާރާއި އެކު އެވެ. އަދި އެ މީހުން މަސައްކަތް ކުރީ ދޯނިތަކުގެ ސެޓްލައިޓް ނަމްބަރު ހޯދުމަށެވެ. އެކަމަކު އެމްއެންޑީއެފްގެ އިރުޝާދުގެ ދަށުން އެއްވެސް ނަމްބަރެއް ފަޅުވެރިން ސިފައިންނަށް ދީފައި ނުވެއެވެ.

ސިފައިން ވަނީ ފޯނުތަކުގައި ހުރި ވީޑިއޯތަކާއި ފޮޓޯތައް ވެސް ޑިލިޓުކޮށްފަ އެވެ. އެކަމަކު ހެކި ހޯދުމުގެ ގޮތުން ފޯނުން އެ ފޮޓޯތަކާއި ވީޑިއޯތައް ރިކަވާރ ކުރީކަމަށް މައުލޫމާތު ލިބެ އެވެ.

ގައުމީ ދިފާއީ ބާރުން ވަނީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ނަފާ ހޯދުމުގައި، ދިވެހި މަސްވެރިން ކުރަމުން އަންނަ މަސައްކަތުގައި ސާބިތުވެތިބުމަށް އެދިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: